ދަރަނި ރިސްޓްރަކްޗާ ކުރާ ނަމަ މާކެޓަށް ފެންނާނީ ރާއްޖެ ބަނގުރޫޓްވާ ކަމަށް: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، މީގެ ކުރިން ބޭއްވި  މީޑިއާ ބްރީފިންއެއްގައި ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ދަރަރި ރިސްޓްރަކްޗާ ކުރަންޏާ މާކެޓަށް ފެންނާނީ ރާއްޖެ ބަނގުރޫޓުވާތަން ކަމަށް.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، މީގެ ކުރިން ބޭއްވި މީޑިއާ ބްރީފިންއެއްގައި ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ދަރަރި ރިސްޓްރަކްޗާ ކުރަންޏާ މާކެޓަށް ފެންނާނީ ރާއްޖެ ބަނގުރޫޓުވާތަން ކަމަށް.

ރާއްޖޭގެ ދަރަނި ރީސްޓްރަކްޗާ ކުރަން އުޅެފިނަމަ ބައިނަލް އަގުވާމީ ޑެޓް މާކެޓަށް ފެންނާނީ ރާއްޖެ "ޓެކްނިކަލް ޑިފޯލްޓް" އަކަށް ދާ ކަމަށް (ބަންގުރޫޓްވާ ހެން) ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މެމްބަރުންނަށް މައުލޫމާތު ދެއްވަމުން އަމީރު ވިދާޅުވީ ދަރަނި މެނޭޖްކުރަން ރާއްޖޭން މިހާރު އަމަލުކުރަމުން އަންނަ ގޮތްތައް، ދަރަނި ރީ ސްޓްރަކްޗާކުރުމަށް ވުރެ ރަނގަޅު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދަރަނި މެނޭޖްކުރަން ރާއްޖޭން ގެންގުޅެނީ "މާކެޓް ފްރެންޑްލީ" ގޮތް ތަކެކެވެ.

"ޑެޓް ރީ ސްޓްރަކްޗަރިން އެއް އެހެން ގޮތަކަށް ހިންގައިފި ނަމަ މާކެޓަށް ފެންނާނީ ވަރަށް ބޮޑަށް އަޅުގަނޑުމެން ޓެކްނިކަލް ޑިފޯލްޓަކަށް ދާ ގޮތަކަށް[ ބަންގުރޫޓުވުމާ ދިމާލަށް ދާގޮތަށް]،" އޭނާ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ސަރުކާރުން އަމަލުކުރި ގޮތުގެ ތަފްސީލު އަމީރު މިއަދު ވެސް ދެއްވި އެވެ. އެއީ ބައެއް ލޯނުތައް ދައްކަން ކުރިން ދީފައި އޮތް މުހުލަތަށް އަހަރުތަކެެއް އިތުރުކުރުމެވެ. މުހުލަތު އިތުރުކުރި އެއް ލޯނަކީ އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރު އަނބުރާ ދައްކަން ފަށަށް ޖެހޭ ގޮތަށް އޭޑީއެފްޑީން ދީފައިވާ 100 މިލިޔަން ޑޮލަރުގެ ލޯނެކެވެ. އެ ލޯނަށް ތިން އަހަރު ދުވަސް އިތުރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި 250 މިލިޔަން ޑޮލަރުގެ ޓްރެޒަރީ ބޮންޑަށް، އޭރުގެ ލައިބިލިޓީ މެނޭޖްމެންޓް އެކްސަސައިޒެއްގެ ތެރެއިން އަޅުގަނޑުމެން މިހާރު ވާނީ އިތުރު ފަސް އަހަރުދުވަސް ހޯދާފައި. އެއީ މާކެޓް ފްރެންޑްލީ ގޮތްތަކަކީ،" އަމީރު ވިދާޅުވި އެވެ.

ރީސްޓްރަކްޗާ ކުރެވޭނީ އައިއެމްއެފްގެ ޕްރޮގްރާމަކުން، ގެއްލުން ބޮޑުވާނެ

މިނިސްޓަރު ވިދާޅުވި ގޮތުގައި ދަރަނި ރިސްޓްރަކްޗާ ކުރަން ފުރަތަމަ ދެވޭނީ ވެސް އިންޓަނޭޝަނަލް މިނިޓަރީ ފަންޑް (އައިއެމްއެފް) ގެ ޕްރޮގްރާމެއްގެ ތެރެއިންނެވެ. އޭނާ އެވިދާޅުވި ފަދަ ޕްރޮގްރާމަކުން ދަރަނި މެނޭޖްކުރާ ނަމަ ޖެހޭނީ އައިއެމްއެފް އިން ކަނޑައަޅާ ގޮތްތަކަށް އިގުތިސާދީ ކަންތައްތައް ހަމަޖައްސާށެވެ.

"ނަތީޖާއަކަށް ވާނީ ރާއްޖޭގެ މާލީ ނިޒާމަށް [ބައިނަލް އަގުވާމީ މުޖުތަމައުގައި] އޮންނަ އިތުބާރު ގެއްލިގެން ދާނެ. ހަމަ އެކަނި ސަރުކާރަކަށް ނޫން، ރާއްޖޭގެ ޕްރަައިވެޓް ސެކްޓާއަށް ވެސް ލޯނު ދޭން ބޭރުގެ ފަރާތްތަކުން، ބޭންކްތަކުން ޖެހިލުންވާނެ، ނުދޭނެ،" އަމީރު ވިދާޅުވި އެވެ.

އެގޮތަށް ކަންތައް ކޮށްފިނަމަ ލޯނުގެ އިތުރުން ހިލޭ އެހީ ހޯދަން ވެސް ދަތިވާނެ ކަމަށާއި ކަރެންސްޕޮންޑެންޓް ބޭންކިން އަށް ވެސް އަސަަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކަރެސްޕޮޮންޑެންޓް ބޭންކްތަކަކީ އަކީ ރާއްޖޭގެ ބޭންކްތަކުގައި ހުންނަ ފައިސާ، އެހެން ގައުމުތަކުން ނެގުމާއި، ކާޑުން ވިޔަފާރި ކުރުން ފަދަ ކަންކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ބޭންކްތަކެވެ.

"އަދި ދޭދޭ ގައުމުތަކާ އޮންނަ ވިޔަފާރިއަށް އަސަރުކުރާނެ،" އޭނާ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ސަރުކާރުން ބަލާފައި ވާނީ ވީހާވެސް މާކެޓް ފްރެންޑްލީކޮށް ދަރަނީގެ ކަންތައް ހަމަޖެއްސޭތޯ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox