ހުލާސާކޮށް އިއްޔެ: އެނދުމަތިކުރާ މީހުން ގިނަވެ ކޮވިޑްގެ ނުރައްކާ ބޮޑުވުން

ހުލާސާކޮށް އިއްޔެ: އެނދުމަތިކުރާ މީހުން ގިނަވެ ކޮވިޑްގެ ނުރައްކާ ބޮޑުވުން

ރާއްޖޭގައި ކޮވިޑް ކޭސްތައް ފެންނަ މިންވަރު އަނެއްކާ ވެސް އިތުރުވާން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އިއްޔެ އެވެ.

ރާއްޖޭން ކޮވިޑް ފެނުމާއެކު މާލެ ސިޓީ ލޮކްޑައުންކޮށް 2020 ވަނަ އަހަރު ތެރޭ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން ދިޔަ އެވެ. އެކި ދުވަސްވަރު ކޮވިޑްގެ ކޭސްތައް އިންތިހާއަށް ގިނަވުމުން ވަރަށް ހަރުކަށި އުސޫލުތައް ވެސް ގެންގުޅުނެވެ.

ނަމަވެސް, މި އަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑްގެ ހާލަތު އާންމު ހާލަތަކަށް އައިކަން އިއުލާންކުރި އެވެ. އަދި ދެ އަހަރަށްފަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި, މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނަ އެވެ.

އޭގެފަހުން, ރާއްޖޭގައި ކޮވިޑް ކޭސްތައް ފެންނަ މިންވަރު ދަށްވެފައި އޮތުމަށްފަހު އަނެއްކާވެސް ކޭސްތައް ގިނަވަމުންދާކަން ތަފާސްހިސާބުތަކުން ވަނީ ދައްކާފަ އެވެ. އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހަފުތާ ކޮވިޑްގެ 142 ކޭސް ފެނިފައިވާ ކަމާއި އެއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 69 ޕަސެންޓްގެ އިތުރުވުމެއް ކަމަށެވެ.

"...މިއާއެކު ސާމްޕަލް ޕޮސިޓިވިޓީ އާއި ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައި," އެޗްޕީއޭއިން ބުންޏެވެ.

މިދިޔަ މެއި މަހު އެނދުމަތިކޮށްގެން ކޮވިޑް ބަލީގައި ފަރުވާދީފައިވަނީ ޖުމްލަ 15 މީހުންނަށެވެ. ނަމަވެސް, މި ޖޫން މަހުގެ މިހާތަނަށް 12 މީހަކު އެނދުމަތިކޮށްގެން ފަރުވާދޭން ޖެހުނުކަން އެޗްޕީއޭއިން ފާހަގަކުރެ އެވެ.

އެހެންވެ, އެޗްޕީއޭއިން ވަނީ ކޮވިޑުން ރައްކާތެރިވުމަށް ސަމާލުވުމަށް އަންގާފަ އެވެ. އެގޮތުން;

  • ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީހާ އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓް ކުރުން
  • މާސްކް އެޅުން: ހާއްސަކޮށް ބަލީގެ އަލާމާތްތައް ހުރި ފަރާތްތަކުން އަދި ބަލީގެ ސަބަބުން ނުރައްކާވެދާނެ ފަރާތްތަކާއި އެފަދަ ފރާތްތަކާއެކު ދިރިއުޅޭ ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގަ އާއި އެތަންތަނަށް ޒިޔާރަތް ކުރާއިރު.
  • ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުވާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުން: 12 އަހަރުން މަތީގެ ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒް އަދި 18 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ދެ ޑޯޒް ފުރިހަމަކޮށް، ހަ މަސްވެފައިވާ މީހުން ބޫސްޓާ ޖެހުން.

އެޗްޕީއޭއިން ބުނި ގޮތުގައި ޕެންޑެމިކްގެ ހާލަތު އަދިވެސް ދެމިއޮތްއިރު ބައެއް ގައުމުތަކުގައި ވެސް ކޮވިޑްގެ ހާލަތު އަނެއްކާވެސް ދަނީ ގޯސްވަމުންނެވެ. ނަމަވެސް, ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވިޔަ ނުދިނުމަށްޓަކައި ބަލީގެ ނުރައްކާ މީހުންނާއި އެހެން މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ބައެއް މުހިންމު ހަބަރުތައް

  • އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިންތަކާ ހިތްހަމަނުޖެހޭކަން ފާޅުކުރައްވައި, އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އެ ވިޕްލައިންތަކާ ހިލާފަށް އަމަލު ކުރައްވާނެކަން އިއުލާނުކުރެއްވީ އިއްޔެ އެވެ.
  • ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ހިންގާ ޝަރީއަތުގައި، ޔާމީންގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބޭރުކޮށްލަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ހައިކޯޓަށް ބަލައިނުގަންނަން ނިންމީ އިއްޔެ އެވެ.
  • ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ނިންމީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިންތަކާ ހިތްހަމަނުޖެހޭކަން ފާޅުކުރައްވައި, އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އެ ވިޕްލައިންތަކާ ހިލާފަށް އަމަލު ކުރައްވާނެކަން އިއުލާނުކުރައްވަމުން ވިދާޅުވީ:

...އާންމު މެންބަރުންނަށް ސާފުވާނެ އަޅުގަނޑުމެން އެގޮތަށް ވޯޓުލާ ސަބަބު, އަޅުގަނޑު އުއްމީދުކުރަނީ އާންމު މެންބަރުން އަޅުގަނޑުމެން ޕާޓީން ވަކި ނުކުރާނެ ކަމަށް,

ދުވަހުގެ ފޮޓޯ

ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ދިވެހި ސިފައިންގެ ކްލަބާއި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލުކުރި މެޗުގައި ގައުމީ ޓީމުގެ ސްޕައިކަރު ހުޒަންޓޭ ބޯޅަ ފޮނުވާލަނީ. އެންމެފަހުގެ ޗެމްޕިއަން ކަމަށްވާ ސިފައިންގެ ކްލަބް އަތުން ސްޕޯޓްސް ކްލަބް ސިޓީ މޮޅުވީ ސީދާ ތިން ސެޓުން --- ފޮޓޯ: އަދަދު
ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ދިވެހި ސިފައިންގެ ކްލަބާއި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލުކުރި މެޗުގައި ގައުމީ ޓީމުގެ ސްޕައިކަރު ހުޒަންޓޭ ބޯޅަ ފޮނުވާލަނީ. އެންމެފަހުގެ ޗެމްޕިއަން ކަމަށްވާ ސިފައިންގެ ކްލަބް އަތުން ސްޕޯޓްސް ކްލަބް ސިޓީ މޮޅުވީ ސީދާ ތިން ސެޓުން --- ފޮޓޯ: އަދަދު

ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ދިވެހި ސިފައިންގެ ކްލަބާއި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލުކުރި މެޗުގައި ގައުމީ ޓީމުގެ ސްޕައިކަރު ހުޒަންޓޭ ބޯޅަ ފޮނުވާލަނީ. އެންމެފަހުގެ ޗެމްޕިއަން ކަމަށްވާ ސިފައިންގެ ކްލަބް އަތުން ސްޕޯޓްސް ކްލަބް ސިޓީ މޮޅުވީ ސީދާ ތިން ސެޓުން --- ފޮޓޯ: އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox