ރައީސް ސޯލިހުގެ ކެންޑިޑެންސީ ކުރިއަށް ގެންދެވޭނީ ގާސިމް ނިންމާ ގޮތަކަށް: ނަޝީދު

ރައީސް, ގާސިމް އަދި ނަޝީދާއެކު: ނަޝީދު ވިދާޅުވި ގޮތުގައި ރައީސްގެ ކެންޑިޑެންސީގެ އުއްމީދު އޮތީ ގާސިމާ ގުޅިފައި - ފޮޓޯ: ފަޔާޒު މޫސާ / ސަން އޮންލައިން

ރައީސް, ގާސިމް އަދި ނަޝީދާއެކު: ނަޝީދު ވިދާޅުވި ގޮތުގައި ރައީސްގެ ކެންޑިޑެންސީގެ އުއްމީދު އޮތީ ގާސިމާ ގުޅިފައި - ފޮޓޯ: ފަޔާޒު މޫސާ / ސަން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެންޑިޑެންސީ އޮންނާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމަވާ ގޮތެއްގެ މައްޗަށް ކަމަށް ވިދާޅުވެ, އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވައިފި އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ޝައުގުވެރިވެވަޑައިގަންނަވާކަން އިއުލާން ކުރައްވާފަ އެވެ. އަދި, ކޯލިޝަންއާއެކު އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމަށް އެމަނިކުފާނަކީ ޗޮއިސް ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވެރިކަމުގައި ހުންނެވީ ޖުމްހޫރީ ޕާޓީ, އެމްއާރްއެމް އަދި އަދާލަތު ޕާޓީ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި, އެމްޑީޕީއަށް އެކަނި އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ އެވެ. އެހެންވެ, ކޯލިޝަންއާއެކު އިންތިހާބަށް ނުކުތުން މުހިންމު ކަމަށް ވިދާޅުވި އެވެ. ރައީސް މީގެކުރިން ވެސް ވަނީ ކޯލިޝަންގެ މުހިންމުކަން ފާހަގަ ކުރައްވައި އަބަދުވެސް ކޯލިޝަން ދެމެހެއްޓުމަށް ބާރުއަޅުއްވާފަ އެވެ.

Advertisement

ރިޔާސީ އިންތިހާބަށް ރައީސް, ކޯލިޝަނާއެކު ނުކުންނެވުމަށް ނިންމައިގެން ހުންނެވި ނަމަވެސް, ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވަނީ ރިޔާސީ ރޭހަށް އޭނާ ނުކުތުމާމެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ވިދާޅުވެފަ އެވެ. މީގެކުރީ އިންތިހާބުތަކުގައި ވެސް ވާދަކުރައްވާފައިވާ ގާސިމަކީ, ކޮންމެ ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރުމުގައި ވެސް މުހިންމު ލީޑަރަކަށް އޮތީ ވެފަ އެވެ.

އިއްޔެ ރައީސް ސޯލިހު ވަނީ ގާސިމާއި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް މާމިގިނޔަށް ވަޑައިގެންފަ އެވެ. ރައީސްގެ އަރިސް ހުރިހާ ބޭފުޅުންހެން ވަޑައިގެން އެ ބައްދަލުވުމަކީ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް އަޑު ފެތުރިފައިވާއިރު, އެކަމާ އެމްޑީޕީގެ ނަޝީދު ފަޅީގެ ބޭފުޅުން ރުހުން ވެސް ފާޅުކުރެއްވި އެވެ. ނަޝީދު ވެސް ވަނީ އެ ބައްދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

އެމްޑީޕީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވީ ރައީސް ސޯލިހު, އެކެންޑިޑެންސީ އިއުލާން ކުރެއްވީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު, އެމަނިކުފާނާއެކު ތިބޭނެ ކަމަށް ނިންމަވައިގެން ކަމަށެވެ. އެކަމަކު, ފެނުނީ ޖުމްހޫރީ ޕާޓީން އަދި އަދާލަތު ޕާޓީއާ ވެސް އެމްޑީޕީން މަޝްވަރާކޮށްފައި ނުވާކަން ކަމަށެވެ.

"ރައިސުލްޖުމްހޫރިއްޔާ ކެންޑިޑެންސީ އިއުލާން ކުރެއްވުމާއެކު ފުރާވަޑައިގަންނަވަން ޖެހިވަޑައިގަތީ މާމިގިއްޔަށް, އެހެނަސް ޖުމްހުރީ އަދި އެގޮތަށް ނިންމިތަކެއް ނުފެނޭ, މިހާރު ރައިސުލްޖުމްހޫރިއްޔާގެ ކެންޑިޑެންސީގެ އުއްމީދު އެގޮތަކަށް ވެސް ކުރިއަށް ގެންދެވޭނީ ޖުމްހޫރީ ޕާޓީ ނިންމާ ގޮތެއްގެ މައްޗަށް," ނަޝީދުގެ މެސެޖްގައިވެ އެވެ.

އަންނަ ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ނަޝީދު ވިދާޅުވި ގޮތުގައި, 2023 ގައި ރިޔާސީ ކެންޑިޑޭޓެއް އެމްޑީޕީން އަދި ނުނިންމަ އެވެ. އެހެން ނަމަވެސް, ކެންޑިޑެންސީގެ އުއްމީދު ހުރި ހުރިހާ ބޭފުޅުން ވެސް މަސައްކަތް ކުރަންވީ ކަމާއި ރައީސް ސޯލިހު ނޫން ކެންޑިޑޭޓުން ވެސް ނުކުންނަވީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރޭ ރިޔާސީ ކެންޑިޑެންސީގެ ބަހުސް ބޮޑުވެފައިވާއިރު, ނަޝީދު ވަނީ ޕްރައިމަރީއެއް ބާއްވައި ކެންޑިޑޭޓަކު ކަނޑައެޅުމަށް ގޮވާލައްވާފަ އެވެ. އެ ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވާނަމަ, އެކަމަށް ރައީސް ސޯލިހު ނުކުންނަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ނަޝީދު މީގެކުރިން ވިދާޅުވެފައިވެ އެވެ.

ނަމަވެސް, ރައީސް ސޯލިހު ވަނީ އެކަން އޮތީ އެހެން ނޫންކަން ހާމަކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި, އެންމެ ރަނގަޅު ޑިމޮކްރަޓިކް ގޮތަކީ, ޕްރައިމަރީއެއް ބޭއްވުން ކަމަށާއި ނަމަވެސް, ކެންޑިޑޭޓެއް ކަނޑައަޅާނީ ކޮންގްރެސްއިން ކަމަށެވެ. އަންނަ އޯގަސްޓް މަހު ބާއްވާ ކޮންގްރެސްގައި ޕްރައިމަރީއަކާ ނުލާ ދެވަނަ ދައުރަކަށް ރައީސް ސޯލިހަށް ޓިކެޓް ދިނުމަށް އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ރިޔާސީ އިންތިހާބެއްގެ އުއްމީދުގައި ނަޝީދު ހުންނެވި ނަމަވެސް, އެމަނިކުފާނު ބޭނުން ވަނީ އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ވެރިކަން ކުރާ ނިޒާމް ބަދަލުކުރުމުގެ ވޯޓެއް ބޭއްވުމަށެވެ. އަދި, އެއަށްފަހު ބޮޑު ވަޒީރެއްގެ މަގާމަށް ވަޑައިގަންނަވަން ނަޝީދު ބޭނުންވާއިރު, ރައީސް ސޯލިހަށް ވެސް އެންމެ ރަނގަޅުވާނެ ގޮތަކީ, އެއީ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. ނަމަވެސް, ނިޒާމާމެދު އިންތިހާބެއް ބޭއްވުމަށް މިހާތަނަށް ރައީސް ސޯލިހު އެއްބަސްވެވަޑައިގެންފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox