ޔުނައިޓެޑުން ވުޑްވާޑް ދިއުމަކީ ޓެން ހާގަށް މޮޅެއް: ވެން ގާލް

Jun 8, 2022, 7:55 AM
ޔުނައިޓެޑްގެ ކޯޗު ޓެން ހާގް.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ކޯޗު ޓެން ހާގް.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (ޖޫން 8) - މެންޗެސްޓާ ޔުނައިޓެޑްގެ އެގްޒެކްޓިވް ވައިސް ޗެއާމަންގެ މަގާމުން އެޑް ވުޑްވާޑް ދިއުމަކީ ޔުނައިޓެޑްގެ އާ ކޯޗު އެރިކް ޓެން ހާގަށް ލިބުނު ފުރަތަމަ މޮޅު ކަމަށް ޔުނައިޓެޑަށް ކުރިން ކޯޗުކޮށްދިން ނެދަލެންޑްސްގެ ކޯޗު ލުއީ ވެން ހާލް ބުނެފި އެވެ.

އެމެރިކާގެ މަހުޖަނު އާއިލާގެ އިސް މެމްބަރު، މެލްކަމް ގްލޭޒާ އަށް ޔުނައިޓެޑް ގަތުމަށް 2005 ވަނަ އަހަރު ލަފާދިން މީހުންގެ ތެރޭގައި ވުޑްވާޑް ހިމެނެ އެވެ. އޭރު ވުޑްވާޑަކީ އަރަމުން އައި، އިންވެސްޓްމަންޓް ބޭންކަރެކެވެ. ގްލޭޒާގެ ފަރާތުން ޔުނައިޓެޑަށް އެންމެ ފުރަތަމަ ވުޑްވާޑް ހިދުމަތްކުރަން ފެށީ އެޑަވައިޒަރީ ރޯލެއްގައި ހުރެ އެވެ.

އެކަމަކު، މަޑުމަޑުން ވުޑްވާޑްގެ ރޯލު ބަދަލުވެ، ފަހުން 2007 ވަނަ އަހަރު ޔުނައިޓެޑްގެ ކޮމާޝަލް އަދި މީޑިއާ ކަންތައްތަކުގެ އެންމެ އިސް ވެރިޔެއްގެ ޒިންމާ ހަވާލުކުރި އެވެ. ވުޑްވާޑްގެ މޭސްތިރި ކަމުގެ ދަށުގައި ޔުނައިޓެޑްގެ ބްރޭންޑްގެ އަގު އެތައް ގުނައެއް އުފުލިގެން ދިއުމާ އެކު 2012 ވަނަ އަހަރު ޔުނައިޓެޑްގެ ސީއީއޯ/އެގްޒެކްޓިވް ވައިސް ޗެއާމަންގެ މަގާމުގައި ހުރި ޑޭވިޑް ޖިލް ރިޓަޔާކުރުމުން އެ މަގާމަށް ވުޑްވާޑް އައްޔަނުކުރި އެވެެ. އޭގެ ފަހުން ޔުނައިޓެޑްގެ އެ ނުފޫޒު ގަދަ މަގާމުގައި ހުރީ ވުޑްވާޑް އެވެ. ކްލަބްގެ މުހިންމު ނިންމުންތަކުގެ ކޮންޓްރޯލް އޮތީ ވުޑްވާޑް އަތުގަ އެވެ.

Advertisement

ޔުނައިޓެޑްގެ ކޯޗުކަމާ 2014 ވަނަ އަހަރު ހަވާލުވިއިރު، ވެން ހާލް (ވ) އާއި ވުޑްވާޑް ސަލާމްކުރަނީ.

ވުޑްވާޑްގެ ނުފޫޒާ ހެދި ޔުނައިޓެޑްގައި މަަސައްކަތްކުރި ގިނަ ކޯޗުންނަށް އެކަށީގެންވާ ކުރިއެރުމެއް ނުހޯދުނެވެ. އޭގެ ތެރޭގައި ވެން ހާލް އާއި ހޯސޭ މޮރީނިއޯ ހިމެނެ އެވެ. ވުޑްވާޑްގެ މުށުތެރޭގައި ޔުނައިޓެޑްގެ ޓްރާންސްފާގެ ކަންތައްތަކަށް ފައިސާ ހަމަޖެއްސުމާއި ފަހު ބަސްބުނުމުގެ ބާރު އޮތުމުން ޔުނައިޓެޑްގެ ޓްރާންސްފާ ކަންތައްތައް ގިނަ ފަހަރު ގޮސްފައި ހުރީ "ކްލަބަށް ގެއްލުންވާ" ގޮތަށެވެ.

މިދިޔަ ފެބްރުއަރީ މަހު ޔުނައިޓެޑުން އިއުުލާނުކުރީ ވުޑްވާޑް ކްލަބް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. އެއީ ޔޫރަޕިއަން ސުޕަ ލީގުގެ މައްސަލައިގެ ތެރޭގަ އެވެ. މި މަހު، އެއް ވަނަ ދުވަހު ވުޑްވާޑް މަގާމުގެ ޒިންމާތައް ދޫކޮށްލުމުން ޔުނައިޓެޑުން ވަނީ ރިޗާޑް އާނޯލްޑް އެ މަގާމަށް ހަމަޖައްސައިފަ އެވެ.

ވެން ހާލް ބުނީ ވުޑްވާޑް ދިއުމަކީ ޓެން ހާގްގެ ކޯޗުކަމުގައި ޔުނައިޓެޑަށް ލިބުނު ފުރަތަމަ މޮޅު ކަމަށެވެ.

"އަހަންނަށް ސިފަވަނީ ވުޑްވާޑް ދިއުމަކީ ޓެން ހާގްގެ ފުރަތަމަ މޮޅުގެ ގޮތުގައި، ދެން ބަލަމާ ޓްރާންސްފާ ބާޒާރުގައި ފަހުގެ މޮޑަލަށް ޔުނައިޓެޑުން މަސައްކަތް ކުރަން ފެށީމަ އަންނަ ބަދަލު، އަހަރެން ވަރަށް ޕޮޒިޓިވް މި ބަދަލާ މެދު،" ވެން ހާލް ބުންޏެވެ.

ވެން ހާލް ބުނީ ޔުނައިޓެޑުން ރަނގަޅު މިސްރާބަށް ގޮސްދާނެ ކަމުގެ ފުރަތަމަ މަންޒަރަކީ އެ ކްލަބްގެ ކޮންޓްރެކްޓްގައި ތިބެ، ބޮޑު މުސާރަ ހޯދުމަށް ފަހު މަދު މެޗު ކުޅޭ ގިނަ ކުޅުންތެރިންތަކެއް ކޮންޓްރެކްޓް ނިންމާލުމަށް ފަހު ޓީމު ދޫކޮށް ދިއުން ކަމަށެވެ.

މީގެ އިތުރުން ޔުނައިޓެޑްގެ ޓްރާންސްފާތަކުގައި ޓެން ހާގުގެ ބަސް ވިކޭ ގޮތަށް ކްލަބްގެ ސިސްޓަމް އޮތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވެން ހާލް ދެކެ އެވެ.

ޔުނައިޓެޑްގެ މަގާމުން ވަކިވި، ވުޑްވާޑަކީ އެ ކްލަބްގެ ސަޕޯޓަރުންގެ ނުރުހުން ވެސް ވަރަށް ބޮޑަށް އަމާޒުވި ފަރާތެކެވެ. އެ ގޮތުން 2020 ވަނަ އަހަރުގެ ޖެނުއަރީ މަސް ތެރޭ ޔުނައިޓެޑްގެ ސަޕޯޓަރުންގެ ގްރޫޕެއް ވަނީ ކްލަބްގެ ބައެއް ކަންކަމާ މެދު ހިތްހަަމަނުޖެހިގެން ވެން ހާލް ދިރިއުޅޭ ގެޔަށް އަލިފާން ބޯޅަ އުކައިފަ އެވެ. އެއީ އެ ފަހަރު ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިން ގަންނަން ދެކޮޅު ހަދަނީ ވުޑްވާޑް ކަމަށް މީޑިއާގައި އަޑުފެތުރުމާ ގުޅިގެން ޔުނައިޓެޑްގެ ސަޕޯޓަރުންގެ ގްރޫޕަކުން ކުރި ކަމެއް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox