ރާއްޖޭގައި ކޮކާ-ކޯލާ އިން ދެމެހެއްޓެނިވި ސިޔާސަތުތައް ތަންފީޒުކުރާނެކަމުގެ އަޒުމް އާކޮށްފި

Jun 7, 2022, 4:07 AM
ރާއްޖޭގައި ކޮކާ-ކޯލާ އިން ދެމެހެއްޓެނިވި ސިޔާސަތުތައް ތަންފީޒުކުރާނެކަމުގެ އަޒުމް އާކޮށްފި

އާދީއްތަ ދުވަހު ފާހަގަ ކުރި ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން، ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކޮށް، ޕްލާސްޓިކަށް ސާކިއުލާ އިކޮނޮމީއެއް އުފެއްދުމުގައި، ޒިންމާދާރު ވިޔަފާރިއެއްގެ ގޮތުން އެ ކުންފުނީގެ ދައުރު އަދާކުރާނެކަމުގެ ޔަގީންކަން ކޮކާ-ކޯލާ އިން ދީފި އެވެ.

އަހަރެއްގެ މައްޗަށް އަށް މިލިއަން ޓަނަށް ވުރެ ގިނަ ޕްލާސްޓިކް ކަނޑުތަކަށް އުކާލާއިރު، އޭގެ ދެބައިކުޅަ އެއްބަޔަކީ އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލާފައި ހުންނަ ޕްލާސްޓިކެވެ. މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އާއި އެންޖީ ކެޕިޓަލް އިން ރާއްޖޭގައި ޕްލާސްޓިކް ފުޅި ބޭނުން ކުރުމުން ކުރާ އިޖުތިމާއީ އަދި އިގްތިސޯދީ އަސަރުގެ އެސެސްމަންޓެއް ހެދި އިރު، ޕްލާސްޓިކް ކުންޏަކީ ރާއްޖޭގައި އުކާލެވޭ ޖުމްލަ ކުނީގެ ގާތްގަނޑަކަށް 12 ޕަސެންޓެވެ. ތަފާތު ބުއިންތައް ބަންދުކުރެވޭ ޕެޓް ފުޅިތަކަކީ ޕްލާސްޓިކް ކުނީގެ ގާތްގަނޑަކަށް 10 ޕަސެންޓް ނުވަތަ ޖުމްލަ ކުނީގެ އެއް ޕަސެންޓެެވެ.

ނަމަވެސް ރާއްޖެ އަކީ 99 ޕަސެންޓް ކަނޑު އަދި އެއް ޕަސެންޓް ބިމުގެ މައްޗަށް އެކުލެވިފައިވާ ގައުމެކެވެ. މިފަދަ ނާޒުކު ގޮތަކަށް ރާއްޖެ އުފެދިފައި ވާއިރު، ކަނޑަށް ލިބޭ ކޮންމެ ގެއްލުމެއްގެ އަސަރު މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފެތުރިގެންދާނެ އެވެ. ތަކެތި ބަންދުކޮށްފައި ހުންނަ ޕެކޭޖިން ކުންޏަށް އުކާލުން އިތުރުވުމުގެ ސަބަބުން ދުނިޔެ އާއި ރާއްޖޭގައި ކުރިމަތިވެފައިވާ ކާރިސާ ހައްލުކުރުމުގައި ކޮކާ-ކޯލާގެ ވެސް ޒިންމާއެއް އޮތް ކަމުގައި ކޮކާ-ކޯލާ އިން ދެކެ އެވެ.

އެހެންކަމުން، 2018 ގައި ކޮކާ-ކޯލާ އިން ވަނީ "ވާލްޑް ވިތައުޓު ވޭސްޓް"ގެ ނަމުގައި ދެމެހެއްޓެނިވި ޕެކޭޖިން އަށް ބަދަލުކުރުމަށްޓަކައި ހާއްސަ މަޝްރޫއެއް ފަށާފަ އެވެ. މިއީ، 2030 އަންނަންވާއިރަށް، ކޮކާ-ކޯލާ އިން ވިއްކާ ކޮންމެ ފުޅިއެއް އަދި ދަޅެއް ބޭނުންކުރުމަށް ފަހު އެއްކޮށް ރީސައިކަލް ކުރުމުގެ އަޒުމްގައި ހިންގޭ މަޝްރޫއެކެވެ.

ރާއްޖޭގައި ކޮކާ-ކޯލާ އިން އަންނަނީ ޕްލާސްޓިކް ކުނީގެ މައްސަލަ އަށް ހަރުދަނާ ހައްލެއް ހޯދައި، 100 ޕަސެންޓް ރީސައިކަލް ކުރެވޭ ޕެޓް ޕެކޭޖިންގެ ވަށައިގެން ސާކިއުލާ އިކޮނޮމީއެއް އުފެއްދުމަށް ޑިޒައިނަށް ބަދަލު ގެނެސް، އުކާލާ ފުޅި އެއްކޮށް އަދި އެކި ބައިވެރިންނާ އެކު ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ދުނިޔޭގެ އެތައް ބައެއްގެ ލޯބިލިފައިވާ ބުއިން، ސްޕްރައިޓުން އެ ބްރޭންޑުގެ މަޝްހޫރު ފެހި ކުލައިގެ ފުޅި ދޫކޮށްލައި އެތެރެ ފެންނަ، ސާފު ފުޅިއަކަށް ވަނީ ބަދަލުކޮށްފަ އެވެ. މިއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ކޮކާ-ކޯލާ ބްރޭންޑުގެ އުފެއްދުންތައް 100 ޕަސަންޓު ރީސައިކަލް ކުރެވޭ ޕެކޭޖިން އަށް ބަދަލުކުރުމަށް ކޮކާ-ކޯލާ އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ. ސެޕްޓެމްބަރު 2021 ގައި ރާއްޖޭގައި ތައާރަފްކުރި މި އެތެރެ ފެންނަ ފުޅިއަކާ އެކު، ބޭނުންކޮށް ނިންމާފައި ހުންނަ ފުޅި އެއްކޮށް، ރީސައިކަލްކޮށް އަދި އަލުން ބޭނުންކުރުން އިތުރުވުމުގެ ފުރުސަތު ބޮޑުވެ، ރާއްޖޭގައި ޕްލާސްޓިކް ކުންޏާ ގުޅޭ ގޮތުން އަމަލުކުރެވޭ ގޮތް ވަށާޖެހޭ އިގްތިސާދީ ސިޔާސަތެއްގެ މަތިން ބިނާކުރެވިގެންދާނެ އެވެ. ސަތޭކަ ޕަސަންޓު ރީސައިކަލް ކުރެވޭ އެތެރެ ފެންނަ ސްޕްރައިޓް ފުޅީގެ ސަބަބުން، ބޭނުންކުރުމަށް ފަހު އުކާލާ ފުޅީގެ ވެލިއު އިތުރުކުރެވޭނެ އަދި ތަފާތު އެހެނިހެން ބޭނުންތަކަށް އެ ފުޅި ބޭނުންކުރެވޭނެ ފުރުސަތު ފަހިވެގެންދާނެ އެވެ.

މީގެ އިތުރުން، ދިވެހިންނަށް އެންމެ ކަމުދާ ބޯފެން ބްރޭންޑް ކަމަށްވާ ބޮނަކުއާ ވެސް ވަނީ އެތެރެ ފެންނަ، ސާފު ފުޅިއަކަށް ބަދަލުވެފަ އެވެ. މި ދެ ބަދަލާ އެކު، ރާއްޖޭގައި ވިއްކާ ކޮކާ-ކޯލާގެ މިހާރު އުފެއްދުންތަކެއް ކުރިއަށް ވުރެ ބޮޑަށް ރީސައިކަލް ކުރެވޭ، އެތެރެ ފެންނަ ޕެކޭޖިންގައި މިހާރު ލިބެން ހުންނާނެ އެވެ.

ކޮކާ-ކޯލާ އިން ވަނީ ރާއްޖޭގައި އެ ކުންފުނީގެ އުފެއްދުންތައް ބަންދުކުރާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ) މެދުވެރިކޮށް، ޕްލާސްޓިކް ކުނި ނައްތާލުމަށް އަމަލީ ގޮތުން ހައްލު ހޯދުމަށް މަސައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާތަކާ އެކު ވަރުގަދަ ޕާޓްނާޝިޕްތަކެއް ވެސް އެކުލަވާލާފަ އެވެ. ކޮކާ-ކޯލާއަކީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (އެމްއޯޕީއޭ) އިން ހިންގާ ޕްލާސްޓިކް ރިވާސް ލޮޖިސްޓިކްސް ޕްރޮޖެކްޓް އަދި އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ މައިގަނޑު އެއް ބައިވެރިޔާ އެވެ.

ކޮކާ-ކޯލާ ކުންފުންޏާ ގުޅިގެން އެމްއޭޑަބްލިއުސީން އަންނަނީ މިހާރަށް ވުރެ ދެމެހެއްޓެނިވި އަދި އެންމެންނަށް ފައިދާކުރާ ކުރިމަގެއް ބިނާކުރުމަށް ފިޔަވަޅުތަކެއް އަޅަމުން. އާންމު ފަރުދުންގެ ދިރިއުޅުމާއި، މުޖުތަމައުތަކުގައި އަދި އަޅުގަނޑުމެންގެ ދުނިޔެއަށް ވެސް ރަނގަޅު ބަދަލުތަކެއް ގެނެސްދިނުމަކީ އަޅުގަނޑުމެންގެ ތަސައްވުރެއް. ބޭނުންކުރުމަށް ފަހު އުކާލާ ޕެޓް ފުޅިއާ ގުޅޭ ގޮތުން އަމަލުކުރެވޭ ގޮތް ވަށާ ޖެހޭ އިގްތިސާދީ ސިޔާސަތެއްގެ މަތިން ބިނާކުރުން ހަލުއިކުރުމަށް އަޅުގަނޑުމެންގެ ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރުމަށް އަޅުގަނޑުމެން އުންމީދުކުރަން،" މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވި އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށި ޕްލާސްޓިކް ރިވާސް ލޮޖިސްޓިކްސް ޕްރޮޖެކްޓް އަދި އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ ދަށުން، ކޮކާ-ކޯލާ އިން ވަނީ، 100 ޕަސެންޓް ރީސައިކަލް ކުރެވޭ އަދި ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ޕެޓް ޕްލާސްޓިކަށް އާ ދިރުމަށް ގެނެސްދިނުމަށްޓަކައި އަމިއްލަ އިސް ނެގުމުގެ މަތިން އެކްސްޓެންޑެޑް ޕްރޮޑިއުސަރު ރެސްޕޮންސިބިލިޓީ (އީޕީއާރު) ސިޔާސަތު ރާއްޖޭގައި ތަންފީޒުކުރަން ފަށާފަ އެވެ. މި މަޝްރޫއުތަކުގެ ޒަރިއްޔާއިން 2021 ވަނަ އަހަރު 45،800 ކިލޯގެ ޕެޓް ވަނީ އެއްކުރެވިފަ އެވެ. މި އަހަރުގެ ތެރޭގައި މި މަޝްރޫއުތައް ފުޅާކުރަމުން އަންނައިރު، އިތުރު ރަށްތަކާއި ރެސްޓޯރެންޓްތަކުން ހުސް ފުޅި އެއްކުރުމުގެ މަސައްކަތް ކުރެވެމުން ދެ އެވެ.

"ޒިންމާދާރު ބައިނަލްއަގުވާމީ ބްރޭންޑެއްގެ ހައިސިއްޔަތުން، ކުނި މަދުކުރުމުގެ އިތުރަށް، ވަސީލަތްތަކާއި ތަކެތި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރުމާއި ރިސައިކަލްކުރުމުގެ އަސާސް އަޅުގަނޑުމެން ބަލައިގަނެ، އެ މަގުން މަސައްކަތް ކުރަން. އަދި އ.ދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމުގައި ވެސް އަޅުގަނޑުމެން މި ތިބީ ވަރަށް ސާބިތުކަންމަތީ. ރާއްޖޭގައި ސާކިއުލަ އިކޮނޮމީއެއް އުފެއްދުމަށް އަޅުގަނޑުމެންގެ ބައިވެރިންނާއި ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަށް އުއްމީދުކުރަން،" ކޮކާ-ކޯލާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވި އެވެ.

ނިމިގެން ދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޮކާ-ކޯލާ އިން ވަނީ މޯޕާއާ ގުޅިގެން ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮޖެކްޓް އިފްތިތާހުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ ރިސޯޓުތަކުން ހުސް ޕެޓް ފުޅިތައް އެއްކޮށް ރީސައިކަލް ކުރުމުގެ އިތުރުން، އާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި ފުޅިތައް ކަނޑުތަކަށް ނުވަންނާނެކަން ކަށަވަރުކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ފުޅާކޮށްފަ އެވެ. މި އާ މަޝްރޫއުގެ ޕާޓްނަރުންގެ ގޮތުގައި ފަސް ރިސޯޓު އޮޕަރޭޓަރުން މިހާރު ހިމެނޭއިރު، މި މަޝްރޫއުގެ ދަށުން އެންމެ ހަ މަސްދުވަހުގެ ތެރޭގައި 1،000 ކިލޯއާ ގާތްކުރާ އަދަދަކަށް ޕެޓް ފުޅި ވަނީ އެއްކުރެވިފަ އެވެ.

އެއްކުރާ ޕެޓް ފުޅިތައް – މުޅި ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ރީސައިކަލްކުރެވޭ ޕްލާސްޓިކްގެ ބާވަތް – ޕާލޭ މޯލްޑިވްސްއާ ހަވާލުކޮށްގެން ރީސައިކަލްކޮށް، ބްރޭންޑުތަކުގެ ބޫޓާއި ފަތަން ދާއިރު ލާ ހެދުން އަދި އެހެނިހެން ހެދުން ފަދަ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ތަކެއްޗަށް ބަދަލުކުރެ އެވެ. މި އިސްނެގުންތަކުގެ ސަބަބުން ޕްލާސްޓިކަށް ސާކިއުލަ އިކޮނޮމީއެއް އުފެއްދުމަށާއި، ރައްޔިތުންގެ ދިރިއުޅުމާއި މުޖުތަމައާއި އަޅުގަނޑުމެންގެ ދުނިޔެއަށް ތަފާތު ގެނެސްދޭ އަދި އެންމެންގެ ހިއްސާ އޮންނަ މުސްތަގްބަލެއް ބިނާކުރުމަށް ކޮކާ-ކޯލާ އިން ގެންގުޅޭ ތަސައްވުރަށް އިތުރު ބާރެއް ލިބިގެންދެ އެވެ.

ކޮކާ-ކޯލާ އިން އަންނަނީ ކޮންމެ މުނާސަބަތަކަށް ވެސް އެކަށޭނަ ބުއިންތައް، ޕެޓް ފުޅީގެ އިތުރުން، އަނބުރާ ގެންދެވޭ އަދި ނުގެންދެވޭ ބިއްލޫރި ފުޅި ފަދަ ތަފާތު ޕެކޭޖިންތަކުގައި ރާއްޖޭގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. ކޮކާ-ކޯލާގެ ހުރިހާ ޕެކޭޖިން އަކީ ވެސް 100 ޕަސެންޓް ރީސައިކަލް ކުރެވޭ ޕެކޭޖިން އެކެވެ. ކޮކާ-ކޯލާ އިން އަބަދު ވެސް މަސައްކަތް ކުރަމުން ދަނީ ސާފު އަދި ރީތި ރާއްޖެއެއް ބިނާކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox