މި އަހަރަށް އެފްއޭއެމުން ފާސްކުރީ އަށް މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެއް

Jun 6, 2022, 2:42 PM
އެފްއޭއެމުން މިއަދު ބޭއްވި ކޮންގްރެސްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމުން މިއަދު ބޭއްވި ކޮންގްރެސްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި 8.6 މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެއް ފާސްކޮށްފި އެވެ.

މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ވަނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި، މާލީ ހިސާބުތަކުގެ އިތުރުން ކުރިއަށް އޮތް އަހަރުގެ ބަޖެޓު ވެސް ފާސްކޮށްފަ އެވެ. ގިނަ ކުލަބުތަކަކާ އެކު ކުރިއަށް ގެންދިޔަ ކޮންގްރެސްގައި އެފްއޭއެމުން ސަސްޕެންޑްކޮށްފައި އޮތް ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ސަސްޕެންޝަން އުވާލަން ވަނީ ނިންމައިފަ އެވެ. އަދި ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ސަސްޕެންޝަނާއި ގުޅޭގޮތުން ގޮތެއް ނިންމުމުގެ ބާރު ވަގުތީ ގޮތުން އެފްއޭއެމްގެ އެކްސްކޯއަށް ދިނުމަށް ކުލަބުތަކުގެ ތާއީދާއިއެކު ވަނީ ނިންމާފަ އެވެ.

މާލީ ގޮތުން ގިނަ ގޮންޖެހުންތަކަކާ އެކު މި ވަގުތު ހިންގަމުން އަންނަ އެފްއޭއެމްގެ މި އަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 88.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

"ކުރިން ކުރާ ވަރަށް ގިނަ ކަންކަން މަޑުޖައްސާލަން މި ނިންމަނީ، އެއީ އެފްއޭއެމް ބްރީތް ކުރާނެ ސްޕޭސް އެބަ ބޭނުންވޭ، މިއަހަރު ތެރޭގައި އަޅުގަނޑުމެން ކުރީގަ ކުރާ ބައެއް ޚަރަދުތައް ނުކުރާން މި ވިސްނަނީ، ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ސީދާ ބޭނުންވޭ ކަންކަން ފިޔަވައި އެހެން ކަންކަން ނުކުރަން މި ނިންމީ. އެގޮތަށް ބަލައިގެން ބަޖެޓު މި އެކުލަވާލީ." ބައްސާމް ވިދާޅުވި އެވެ.

މި އަހަރު އެފްއޭއެމް އަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 80.4 މިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ލިބޭނެ ކަމަށް ބެލެވެނީ ސްޕޮންސަރުންގެ އަތުންނެވެ. ސްޕޮންސަރުންގެ އަތުން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 43.7 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ފީފާއިން ލިބޭނެ އާމްދަނީގެ ގޮތުގައި 24.3 ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފަ އެވެ. އޭއެފްސީ އިން 6.2 މިލިއަން ލިބޭއިރު، ސަރުކާރުން އެފްއޭއެމަށް ދޭނެކަމަށް ބެލެވެނީ 3.7 މިލިއަން ރުފިޔާ އެވެ.

އެފްއޭއެމަށް 80.4 މިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވުނަސް ޚަރަދުގެ ގޮތުގައި 88.9 މިލިއަން ރުފިޔާ ހޭދަ ވާނެކަމަށް ވަނީ ބަޖެޓުކޮށްފަ އެވެ. އެންމެ ބޮޑު ޚަރަދެއް ހިނގާނެކަމަށް ބެލެވެނީ އެފްއޭއެމްގެ ޓުވާޑްސް ފިއުޗަ ޕްރޮގްރާމަށެވެ. މިގޮތުން މި ޕްރޮގްރާމަށް އެކަނި 29.3 މިލިއަން ރުފިޔާ ޚަރަދުވާނެ އެވެ. އެފްއޭއެމުން ހިންގާ މުބާރާތްތަކާއި، ގައުމީ ޓީމްގެ އެކި ޚަރަދުތަކަށް 22.1 މިލިއަން ރުފިޔާ ހޭދަވާނެކަމަށް ބެލެވެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމްގެ މި ވަގުތުގެ މާލީ ހާލަތާއި އެހެނިހެން ކަންކަމަށް ރިއާޔަތްކޮށް ބަޖެޓު ހެދުމުގައި ކުރަން ހުރި ބައެއް ކަންކަން މި ވަގުތަށް މަޑުޖައްސާލަން ނިންމާފައިވާ ކަމަށެވެ.

"ބަޖެޓު ހެދިއިރު މިއީ ދަރަނި ބަޖެއްޓެއް. އެކަމަކު، އަޅުގަނޑަށް ޔަގީންކަން އެބައޮތް މި އަހަރު ނިމޭއިރު، މި 8.6 މިލިއަން ދަރަނި ބަޖެޓު އަރަނި ބަޖެޓަކަށް ބަދަލުކޮށްލެވޭނެ ކަމުގެ" ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ ކޮވިޑުގެ ސަބަބުން ނިމިޔަ އަހަރު އެފްއޭއެމަށް މާލީ ގޮތުން ގިނަ ގޮންޖެހުންތަކާއި ދިމާވި ކަމަށެވެ. ނަމަވެސް ކުލަބުތަކަށް ދޭން ޖެހޭ ފައިސާ އާއި އެހެނިހެން ކަންކަމުގެ 95 ޕަސެންޓް ކޮށްދެވިފައިވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"ކޮވިޑާ އެކު ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ކުރަމުން އައި ކަމަކީ ޚަރަދުތައް ކުޑަކުރަން މަސައްކަތްތައް ކުރުން، އޭގެ ތެރޭގައި މިސާލަކަށް ސްޓާފުން މަދުކުރުން، މުސާރަ ކުޑަކުރުން ނުވަތަ ކުލަބުތަކަށް ދޭން ޖެހޭ ފައިސާ މަދުކުރުން. މިކަހަލަ ކަންކަންކަން އެބަހުރި އެކި ގައުމުތަކުން ކޮށްފައި،" ބައްސާމް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އޭރު އަޅުގަނޑުމެންނަށް ވިސްނުނީ އެފްއޭ ވެސް އެ ވަގުތު ފައިނެންޝިއަލީ ވަރުގަދަ ދަނޑިވަޅަކާއި ދިމާވީމަ އެ ފިޔަވަޅުތައް ނާޅަން. އެ ވަގުތު އެކަން ކުރިނަމަ ވަރަށް ގިނަ ކުޅުންތެރިން މަގުމަތިވީސް ކަންނޭނގެ. ކުލަބުތަކަށް ވެސް އުނދަގޫތަކެއް ވީސް ކަންނޭނގެ. އެހެންވެ، އެފްއޭއިން ބޭނުންނުވީ މި ބުނި ކަހަލަ ފިޔަވަޅެއް އަޅަން. ވީ އެންމެ ރަނގަޅަކަށް އެ ހާލަތުގައި ހުރިހާ އެންމެންނަށް އެކަން ކޮށްދިނިން،"

ބައްސާމް ވިދާޅުވީ އެފްއޭގެ ސަލާމަތަށޭ ކިޔާފައި އޭރު ފިޔަވަޅު ނޭޅުމުގެ ސަބަބުން ފުޓްބޯޅަ ޓީމަކާއި ކުޅުންތެރިންނަށް އޭގެ ފައިދާ ކުރިކަމަށެވެ. ނަމަވެސް އެފްއޭ މި ވަގުތު އޮތީ އެކަމުގެ ސަބަބުން މާލީ ގޮތުން އުނދަގޫ ހާލަތެއްގައި ކަމަށް ބައްސާމް އެއްބަސްވެވަޑައިގެންނެވި އެވެ.

ބައްސާމް ވިދާޅުވީ މިއަދު ނިމުނު ކޮންގްރެސްއާ އެކު ކުރިއަށް އޮތް ހަފްތާ އެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް އަނެއްކާވެސް ހަމައަކަށް އެޅި މި އަހަރުގެ ސީޒަނަށްވެސް ކުލަބުތަކަށް އެފްއޭއެމުން ދޭން ޖެހޭ އެހީތެރިކަން ދެވި ހުރިހާ ކަމެއް ވެސް ބޭނުންވާ ގޮތަށް ކުރިއަށްދާނެ ކަމަށެވެ.

"އެފްއޭ ސަލާމަތްކުރަންށޭ ކިޔާފަ އެކަހަލަ ފިޔަވަޅު ނޭޅީ. އެ ދުވަހު އެކަން ނުކުރީތީ މިއަދު އެފްއޭ މިހާލަތުގައި މިއޮތީ. އެކަމަކުވެސް މިއަދު މިކޮންގްރެސްގައި ނިމުނު ކަންކަމާއިއެކު އަނެއްކާވެސް ފެށޭ ހަފްތާއެއްގެ ތެރޭގައި ކަންކަން ހަމައަކަށް އެޅޭނެކަމުގެ ޔަގީންކަން އެބައޮތް."

ބައްސާމް ވިދާޅުވީ އެފްއޭއެމްގެ ދަރަނީގެ ބޮޑުބައެއް ވެސް މިހާރު އަދާކުރެވިއްޖެ ކަމަށާއި، ވަރަށް އަވަހަށް ދެން ހުރި ބައި ވެސް ހަމައަކަށް އެޅުވޭނެ ކަމަށެވެ. އަދި މި މަސްތެރޭގައި ކުލަބުތަކަށް ވެސް ފައިސާ ހަވާލުކުރެވޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އުނދަގޫ ހާލަތަކުން ނުކުމެ، ރާއްޖޭގެ ފުޓްބޯޅަ ރަނގަޅު ހާލަތަކަށް ދާއިރު މުޅި ފުޓްބޯޅަ އާއިލާގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ބައްސާމް ވިދާޅުވި އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox