އާ ބަދަލާ އެކު ވޮލީބޯޅަ އިން ރަން ވަނަ ހޯދޭނެ ކަމަށް އުއްމީދު ކުރަން: ނައިބު ރައީސް

Jun 2, 2022, 11:14 AM
އާ ބަދަލާ އެކު ވޮލީބޯޅަ އިން ރަން ވަނަ ހޯދޭނެ ކަމަށް އުއްމީދު ކުރަން: ނައިބު ރައީސް

ގައުމުގެ ކުރިއެރުމަށް ކުޅިވަރަކީ ވެސް ވަރަށް މުހިންމު އެއް ބައި ކަމަށާއި، ރާއްޖޭގެ ވޮލީބޯޅަ މުޅިން ތަފާތު އެހެން ހަރުފަތަކަށް ގެންދިއުމަށް ވޮލީބޯޅަ އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ތައުރީފު ކުރައްވައިފި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމުން) ވަނީ މި ފަހަރުގެ ސީޒަނަށް ގެނެވުނު މައިގަނޑު ބަދަލުތަކާ އެކު އާ ސީޒަނަށް ތައްޔާރީތައް ފަށައިފަ އެވެ. އެ ގޮތުން އެކުލަވާލި 18 ބިދޭސީ ކުޅުންތެރިންގެ ރާއްޖޭގެ ހަ ކުލަބަށް ބަހާލައި އާ ސީޒަންގެ ލޯގޯ ވެސް މިހާރު ވަނީ ލޯންޗު ކޮށްފަ އެވެ. މި މަހު ފިރިހެން ޑިވިޝަނުގެ، ސީޒަން ފަށާނީ އެސޯސިއޭޝަން ކަޕުންނެވެ. އޭގެ ފަހުން ގައުމީ މުބާރާތާއި ގައުމީ ލީގު ކުރިއަށްދާނެ އެވެ.

Advertisement

ވޮލީ ސީޒަންގެ ފިރިހެން ޑިވިޝަނުގެ މުބާރާތްތައް ފެށުމުގެ ކުރިިން ބޭއްވި "ވީއޭއެމް ޑްރާފްޓް 2022"ގައި ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، އައު ބަދަލާ އެކު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ރާއްޖޭގެ ވޮލީބޯޅަ އެހެން ހަރުފަތަކަށް ކުރިއަށް ޖެހިލަން ކުރާ މަސައްކަތުގައި ބޮޑު ބަދަލެއް އަންނާނެ ކަމަށް ލިބޭ އިތުބާރު ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ރާއްޖެ އިން ކުޅިވަރުން ރަން ވަނަ ހޯދުމަކީ ވެސް މުހިންމު ކަމެއް ކަމަށާއި، މުޅިން ތަފާތު އެހެން ހަރުފަތަކަށް ވޮލީބޯޅަ ގެންދިޔުމަށް އާ ގޮތަކަށް ކަންތައްތައް ވެސް ކުރަންޖެހޭ ކަމަށެވެ. އެ ގޮތުން ރޭ މި ކުރިއަށް ގެންދެވުނު "ވީއޭއެމް ޑްރާފްޓް" އަކީ ގިނަ ގޮތްގޮތުން ދިވެހި ވޮލީއަށް ކުރިއެރުން އަންނާނެ ތަފާތު ކަމެއްގެ ގޮތުގައި ނައިބު ރައީސް ދެކިލައްވަ އެވެ.

"އަބަދު އެއްކަމެއް ކުރާކަމަށްވަންޏާ އަބަދުވެސް ތިބޭނީ އެއް ހިސާބެއްގައި. ރަން ވަނަ ހޯދަން އެހެން ގޮތަކަށް މަސައްކަތް ކުރަން އެބަޖެހޭ. މޮޅު ކުޅުންތެރިންނާ އެކު ފަރިތަކުރަން އެބަ ޖެހޭ. އެ ފުރުސަތު ހޯދައިދޭނެ އެބަ ޖެހޭ. ކުޅިވަރަށް ޝައުގުވެރިވާ ގޮތަށް، ކުޅިވަރު ކުޅޭ ހިތްވާ ގޮތަށް އަދި ބެލުންތެރިން ބަލާ ހިތްވާ ގޮތަކަށް މި ޑިޒައިންކޮށްގެން ކުރެވެން އެބަޖެހޭ." ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބީ ހޯދުމަށް މަސައްކަތްތައް ކުރަން އެބަޖެހޭ ކަމަށެވެ. ކުޅިވަރުން ލިބޭ އެއްޗަކުން ފުއްދައިގެން ކަންކަން ކުރެވޭނެ ގޮތްތަކެއްވެސް ހޯދަން އެބަ ޖެހޭ ކަމަށާއި އާ ބަދަލުތަކާ އެކު މި ކަން ކަމަށް ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ބިދޭސީ ކުޅުންތެރިންނާ އެކު، ރާއްޖޭން ވޮލީގައި ހާސިލުކުރަން ބޭނުންވާ ކާމިޔާބީ ހާސިލުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، ދިވެހި ކުޅުންތެރިން މި ލިބޭ ތަޖުރިބާގެ އަލީގައި ގައުމީ އެދިއެދި ތިބި ކާމިޔާބީ ރާއްޖެ އަށް ހޯދައިދޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"ގައުމުގެ ކުރިއެރުމަށް ކުޅިވަރަކީވެސް ވަރަށް މުހިންމު ބައެއް، އަޅުގަނޑުގެ އުއްމީދަކީ ވޮލީބޯޅައިން ހޯދަން ބޭނުންވާ ލަނޑުދަނޑި ކާމިޔާބުވުން. ދިވެހިންނަށް ރަން މެޑަލްއަށް ވާދަކުރެވޭނޭ. ދުރަށް ދެވޭނެ، ރަން ވަނަ ހޯދޭނޭ. އެކަމާއި އަޅުގަނޑު ޝަައްކެއް ނުކުރަން" ފައިސަލް ނަސީމް ވިދާޅުވި އެވެ.

ވޮލީބޯލް އެސޯސިއޭޝަނުން ރޭ ބޭއްވި ސީޒަން ޑްރާފްޓް ނައިޓްގައި މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފު ވިދާޅުވީ ކޮންމެ ކުޅިވަރަކަށް ވެސް ސަރުކާރުން ގެންނަން ބޭނުންވާ ވަރުގެ ބަދަލެއް މަޑުމަޑުން ގެނެވޭކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.

"ޓީޓީ މުބާރާތް ބާއްވައި ނިމުނުއިރު، ކުޅިވަރަށް ގެންނަން ބޭނުންވި ކަހަލަ ބޮޑު ބަދަލެއް ގެނެވުނު ކަމުގެ އިހުސާސް. މިހާރު މިކުރެވެނީ ވޮލީބޯޅަ ބަދަލުކުރުމުގެ މަސައްކަތް. މިހާރު އެބަ އިހުސާސްކުރެވޭ ބަދަލުވާނެކަން." މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ ވޮލީ އެހެން ހަރުފަތަކަށް ގެންދިޔުމަށް ކުރިން ނުކުރެވި ހުރި ގިނަ ކަންކަން މި ދައުރުގައި މިހާތަނަށް ވެސް ކުރެވިއްޖެ ކަމަށެވެ. މިހާރު އޮތީ ދެން ކުރެވޭނެ ކަންކަން ހޯދައި އެކަން ކަމަށް އަމާޒު ކުރުން ކަމަށާއި ރޭ ރާއްޖޭގެ ވޮލީ އަށް ގެނެވުނު ބަދަލަކީ އަނެއްކާ ވެސް ކުޅިވަރުގެ ހަމަހަމަކަން ގާއިމްކުރަން ކުރާ މަސައްކަތަށް އިތުރުވާ އެއް ބޮޅު ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ތަފާތު ބައިވަރުކަންކަން ކުރެވިއްޖެ. ޔޫރަޕްގައި ކޭމްޕްކޮށްފި. ފްރެންޑްލީ ގިނަ މެޗުތައް ކުޅެވިއްޖެ. 50 އަކަށް ވޮލީކޯޓު. އިންޑޯ އެބަދޭ. މާލޭގައި ޓްރެއިނިން ސެންޓަރުގެ މަސައްކަތްވެސް އެބަ ކުރެވޭ. އެކަމަކުވެސް އަދިވެސް އެ ބޭނުންވާ ކާމިޔާބީ ނުލިބިގެން މިއުޅެނީ." އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފުޓްބޯޅަ ކްލަބްތަކަށް ފައިސާގެ އެހީ ޔޫތު މިނިސްޓްރީން ދޭތީވެ، އެ ވާހަކަ އެހެން ކުޅިވަރަށް ހާއްސަ ކްލަބްތަކުން ދައްކާ ކަމަށާއި ވޮލީ ކްލަބްތަކަށް ސަރުކާރުން އެކި ގޮތްގޮތުން ދޭ އެހީތެރިމަކަކީ އެހެން ކުޅިވަރުތަކަށް ވެސް މުހިިންމު ފެށުމެއް ކަމަށެެވެ.

މަހުލޫފު ވިދާޅުވީ މި ފަހަރު މި ގެނެވުނު ބަދަލާ އެކު ކުރިއަށް ހުރި މުބާރާތްތަކުން ދިވެހި ޓީމުން ރަން ވަނަތައް ހޯދައި ރާއްޖެ އަށް ރީތި ނަން ހޯދައިދޭނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އެ ގޮތުން މި އަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތާއި، އަންނަ އަހަރުގެ ސާފް ގޭމްސް އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން އެ މަންޒަރު ފެންނާނެކަމަށް އުއްމީދު ކުރާކަމަށް މަހުލޫފު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox