ގުޑީސްގެ ކޯޗަކަށް ގައުމީ ޓީމުގެ ކުރީގެ ކޯޗު މިލޮރަޑް

Jun 1, 2022, 4:54 PM
ގުޑީސް އަށް ގެނައި ކޯޗު މިލޮރަޑް: މިލޮރަޑަކީ މިހާތަނަށް ރާއްޖޭގެ ކްލަބަކަށް ކޯޗުކޮށްދޭނެ އެންމެ މަތީ ފެންވަރުގެ ބިދޭސީ ކޯޗު.

ގުޑީސް އަށް ގެނައި ކޯޗު މިލޮރަޑް: މިލޮރަޑަކީ މިހާތަނަށް ރާއްޖޭގެ ކްލަބަކަށް ކޯޗުކޮށްދޭނެ އެންމެ މަތީ ފެންވަރުގެ ބިދޭސީ ކޯޗު.

މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި ގުޑީސް ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމަށް މިހާތަނަށް ގެނައި އެންމެ މަތީ ފެންވަރުގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗް ހަމަޖައްސައިފި އެވެ.

ގުޑީސްގެ ކޯޗަކަށް މިލޮރަޑް ހަމަޖެއްސިއިރު، މިއީ ރާއްޖޭގެ ލޯކަލް ވޮލީ ޓީމަކުން މަތީ ފެންވަރުގެ ކޯޗެެއް ފެންނާނެ ފުރަތަމަ ފަހަރެވެ. މިލޮރަޑް ވަނީ 2019 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް ގައުމީ ފިރިހެން ޓީމަށް ކޯޗުކޮށްދީފަ އެވެ. އެ ގޮތުން ގައުމީ ޓީމުން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށްފައިވަނީ މިލޮރަޑްގެ އިރުޝާދުގެ ދަށުންނެވެ.

މިލޮރަޑް، ގައުމީ ފިރިހެން ޓީމަށް އިރުޝާދުދިންއިރު، އަންހެން ޓީމަށް ވެސް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

Advertisement

ޔޫގޯސްލާވިއާ އާއި ސާބިއާ ޓީމުގެ ސެޓަރަކަށް މީގެ ކުރިން ކުޅުނު މިލޮރަޑް އޭނާގެ ކޯޗިން ކެރިއަރު ފަށާފައިވަނީ 1989 ވަނަ އަހަރު އެވެ. ސާބިއާގެ އެކި ޓީމުތަކަށް ކޯޗުކޮށްއިރު އަށް ފަހަރު އެ ގައުމުގެ ޗެމްޕިއަންކަން ހޯދައިދިނުމަށް ފަހު އޭނާގެ ފުރަތަމަ ބޮޑު މަސައްކަތަކީ ޔޫގޯސްލާވިއާ ޖޫނިއާ ޓީމުތަކުގެ ކޯޗުކަމެވެ.

އޭގެ ފަހުން، ޔޫގޯސްލާވިއާ ޓީމު ގޮވައިގެން 1996 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި އެވެ. ފަހުން ބަލްގޭރިއާގެ ކްލަބްތަކަށް ކޯޗުކޮށްދީ އެ ގައުމުގެ ޗެމްޕިއަންކަން ވެސް ހޯދައި ބަލްގޭރިއާ ގައުމީ ޓީމާ ހަވާލުވީ 2002 ވަނަ އަހަރު އެވެ. އަދި އެ ޓީމު ގޮވައިގެން ވޯލްޑް ލީގުގެ ފަސް ވަނަ ހޯދި އެެވެ. އޭނާ އީރާން ޓީމާ ހަވާލުވީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން ޔޫއޭއީގެ ކްލަބްތަކުގައި ވެސް ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ.

ގުޑީސްގައި މި ފަހަރު ހިމެނޭ ފާހަަކޮށްލެވޭ ކުޅުންތެރިންނަކީ، ގައުމީ ޓީމުގެ ސެޓަރު، ހުސެއިން ވިޝާމް (ބުޅިކެ) އާއި އޭނާގެ ކޮއްކޮ، ހަސަން ނިލާމް (ޕާޓޭ) ހިމެނެ އެވެ.

ސިޓީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ފެނިގެންދާނީ ލަންކާގެ ވޮލީބޯޅަ ކޯޗު ސްމިތު ޖަޔާލާލް.

ސިޓީގެ ބެންޗުން ލަންކާގެ ވޮލީ ތަޖުރިބާކާރެއް

މި ފަަހަރުގެ ވޮލީބޯޅަ ސީޒަނުގައި ޓީމުތަކަށް ކޯޗުކޮށްދޭން މެޖޯރިޓީ ތިބީ ދިވެހި ކޯޗުންނާއި ކޯޗިން ސްޓާފުންނެވެ. އެހެން ނަމަވެސް ބޭރުގެ ދެ ތަޖުރިބާކާރަކު ވެސް ވޮލީ ސީޒަނުގައި ހަރަކާތްތެރިވާނެ އެވެ. އެ ގޮތުން ގުޑީސްގެ ކޯޗު މިލޮރަޑްގެ އިތުރުން ދެން ފެންނާނެ ބިދޭސީ ކޯޗަކީ، ސިޓީގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ، ސުމިތު ޖަޔަލާލް އެވެ.

ސުމިތު، 55، ވަނީ މީގެ ކުރިން ލަންކާގެ އެކި ލެވަލްގެ ޓީމުތަކަށް ކޯޗުކޮށްދީފަ އެވެ. އެ ގޮތުން ލަންކާ ގައުމީ އަންހެން ޓީމުގެ ހެޑް ކޯޗުގެ މަގާމުގައި ދާދި ފަހުން ވެސް ހުރި ސުމިތު ވަނީ ލަންކާގެ ފިރިހެން ޓީމުގެ ވެސް ޓެކްނިކަލް ޓީމުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އަދި ލަންކާގެ ވޮލީބޯޅައިގެ ޑިވެލޮޕްމަންޓް މަސައްކަތްތަކުގައި އަބަދުވެސް ހަރަކާތްތެރި ފަރާތެކެވެ.

މި ފަހަރުގެ ރާއްޖޭގެ ވޮލީ ސީޒަނުގައި ސިޓީގެ ބެންޗުގައި، ސުމިތު ހުންނާނީ އެ ޓީމުގެ ކޯޗު ހުސެއިން ޝަރީފްގެ އެހީތެރިއަކަށެވެ. ކޯޗު ހުސެއިން ޝަރީފްގެ އެހީތެރިއަކަށް ސުމިތު ހުރުމަކީ އެ ޓީމުން މި ފަަހަރުގެ ސީޒަނުގައި ކާމިޔާބު ހޯދަން ކުރާ މަސައްކަތަށް ލިބޭނެ ހިތްވަރެކެވެ. ސިޓީ ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ، ގައުމީ ޓީމުގެ ވައިސް ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox