ވޮލީ އަށް ނެރެދިން ސިޓީ ޓީމަށް ހުޒާމްގެ ކެޕްޓަންކަމުގައި ހޯދައިދިނީ ރެކޯޑް ކާމިޔާބެއް

Jul 8, 2022, 9:04 AM
ރޭގެ ފައިނަލަށް ފަހު ހުޒަންޓެ ގައުމީ ތަށި ހިފައިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ރޭގެ ފައިނަލަށް ފަހު ހުޒަންޓެ ގައުމީ ތަށި ހިފައިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ވ. އަތޮޅުން އިންޓަ ސްކޫލް މުބާރާތަށް 2009 ވަނަ އަހަރު އައި އަލީ ހުޒާމް (ހުޒަންޓެ)، ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު 2019 ވަނަ އަހަރު ހޯދިއިރު، އޭނާގެ މި ކާމިޔާބީގެ ދަތުރުގައި އެންމެ ފުރަތަމަ ދުވަސްވަރު އެހީތެރިވި އެއް ޓީމަކީ ސްޕޯޓްސް ކްލަބް ސިޓީ އެވެ.

ސިޓީ ޓީމުގެ ހިންގުންތެރިޔާ، މިހާރު ވޮލީބޯލް އެސޯސިއޭޝަންގެ ނައިބު ރައީސް އަލީ އަޝްރަފް (އަސްރާ)ގެ އެހީތެރިކަމުގައި ވޮލީ އަށް ނުކުތްއިރު، އޭގެ ފަހުން ގަވާއިދުން ރާއްޖޭގެ ވޮލީބޯޅަ ސީޒަނުގައި އަންނަނީ ކުޅެމުންނެވެ.

ރާއްޖޭގައި ހުޒަންޓެ ކާމިޔާބު ނުކުރާ ގައުމީ ލެވަލްގެ މުބާރާތެއް ނެތެވެ. އެކަމަކު، މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތް، އެސޯސިއޭޝަން ކަޕް، ގައުމީ ލީގު އަދި ގައުމީ މުބާރާތް، ހުޒަންޓެގެ ކެޕްޓަންކަމުގެ ދަށުން ސިޓީ ހޯދުން، އޭނާ ގުނަނީ "ހާއްސަ" ކަމެއްގެ ގޮތުގަ އެވެ. މިއީ ސިޓީން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ތަށްޓެއް ހޯދި ފުރަތަމަ ސީޒަނެވެ. ފުރަތަމަ ފަހަރު ވެސް މި ވަނީ ސީޒަން ކާމިޔާބުކޮށްފަ އެވެ.

"ފުރަތަމަ ކަމަކަށް ހަމަ އަލްހަމްދުލިއްލާހި، ދެން މިއީ މި ގޮތަށް އަލަށް ހަދައިގެން ނުކުތް، ޓީމެއް ފުރަތަމަ ޑިވިޝަނުގައި މި ހިސާބަށް އަލަށް އައި ފުރަތަމަ ފަހަރު. މުޅި ޓީމާއި މުޅި މެނޭޖްމަންޓާއި ހެޔޮ އެދޭ ފަރާތްތަކުން ކޮށްދިން ބުރަަ މަސައްކަތުގެ ނަތީޖާ، ޓީމެއްގެ ގޮތުގައި ކުޅެ މި ހިސާބަށް އާދެވުނީމަ މިއީ އޭގެ ނަތީޖާ،" ރޭ ގައުމީ މުބާރާތުގެ ފައިނަލް މެޗަށް ފަހު "އަދަދު" އަށް ދިން އިންޓަވިއުގައި ހުޒަންޓެ ބުންޏެވެ.

"މީ އަނެއްހެން ބުނަންޏާ މާ ބޮޑު ބަޖެޓެއް އޮވެގެން ހިންގާ ކްލަބެއް ނޫން، މި ކްލަބްގެ ބޮޑަކަށް އެންމެންނަށް ވެސް އެނގޭ އަސްރާ މިހުންނަނީ، އޭނަގެ ވަރަށް ބުރަ މަސައްކަތޭ ބުނެވޭނީ މި ކްލަބް މި ހިސާބަށް ގެނައުމަށްޓަކައި ކުރި ހުރިހާ ކަމެއް، އަހަރެމެން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،"

ރޭގެ މެޗުގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވި މާޒް ސަލީމް (ކ) އާއި ހުޒަންޓެ (މ) އަދި އަސްރާ ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ

މީގެ ކުރިން ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކޮށް ރެކޯޑެއް ހަދާފައިވަނީ 2010 ވަނަ އަހަރު ދިވެހި ސިފައިންގެ ކްލަބުންނެވެ. ސިޓީން މި ވަނީ މި ފަހަރުގެ ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކޮށް ސިފައިންގެ އެެ ރެކޯޑާ ހަމަކޮށްފަ އެވެ.

ވޮލީގެ ތެރެއަށް 2009 ވަނަ އަހަރު ނުކުތް ސިޓީ، އޭގެ 13 އަހަރު ފަހުން، ރާއްޖޭގެ ވޮލީ ސީޒަން ކާމިޔާބުކުރި ރެކޯޑާ މި ހަމަކުރީ އެ ކްލަބްގެ ތެރެއިން ވޮލީ އަށް މަގުކޮށައިދިން ކުޅުންތެރިއެއްގެ ކެޕްޓަން ކަމުގަ އެވެ. ސިޓީގެ މި ކާމިޔާބު ސީޒަނުގައި ހުޒަންޓެ، ވަނީ ލީގާއި ގައުމީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އެކަމަކު، އޭނާ މީގެ ބޮޑު ކްރެޑިޓެއް ދެނީ މުޅި ޓީމަށެވެ.

"ކުރިން ވެސް ބުނިން ކަންނޭނގެ ކެޕްޓަނެއްގެ ހައިސިއްޔަތުން، ވަރަށް ބޮޑު އުންމީދެކޭ، ވޮލީ އަށް އަހަރެމެން ވެސް ނެރެދޭން ވަރަށް މަސައްކަތް ކޮށްދިން ޓީމެއް ސިޓީ އަކީ، އެހެންވީމަ އަހަރެން ގަބޫލުކުރާ ގޮތުގައި މި ކޮށްދެވުނީ އެ މީހުންނަށް، އެ ޓީމަށް ވަރަށް ބޮޑު ކަމެއް،" ގައުމީ ޓީމުގެ ވައިސް ކެޕްޓަނެއްގެ ގޮތުގައި މި ވަގުތު ހުރި ހުޒަަންޓެ ބުންޏެވެ.

ސިޓީގެ ކާމިޔާބީގައި އެ ޓީމުގެ ކޯޗު ނަލަ ހުސެއިން ޝަރީފް ވެސް ވަނީ އެ ކްލަބަށް މި ފަހަރުގެ ވޮލީ ޑްރާފްޓް ސިސްޓަމްގެ ތެރެއިން ލިބުނު ތިން ބިދޭސީ ކުޅުންތެރިން ކަމަށްވާ ވިނާޔަކް ރޮކާޅޭ އާއި ވިނީތު ކުމާރް އަދި ހަރްދީޕް ސިންގް އަށް ތައުރީފުކޮށްފަ އެވެ. ހުޒަންޓެ ވެސް ބިދޭސީ ކުޅުންތެރިން ޓީމުގައި ކުރި މަސައްކަތް ފާހަގަކުރި އެެވެ.

"ރާއްޖޭގެ ވޮލީ ކެރިއަރުގައި ވަރަށް ބޮޑު ކާމިޔާބެއް، ސީޒަނެއްގެ ތިން ތަށި އަދި އަލަށް ކަންނޭނގެ އަޅުގަނޑުގެ ކެޕްޓަން ކަމުގައި މި ހާސިލްކުރެވުނީ، ވަރަށް ބޮޑަށް ހިތްހަމަޖެހޭ، ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ހާއްސަކޮށް މި ޓީމަށް ބޭރުން ގުޅުނު ތިން ކުޅުންތެރިންނަށް. ވަރަށް އަހުލާގު ރަނގަޅު، ވަރަށް ޓީމާ ގުޅޭ ވަރަށް ޓީމް ވޯކް ރަނގަޅު، މުޅި ޓީމު ވެސް ރަނގަޅު އެހެންވެ، މި ހިސާބަށް މި ޓީމު އައީ،"

ގައުމީ މުބާރާތުގެ ފައިނަލަށް ފަހު ބުޅިކެ (ކ)، ހުޒަންޓެ (މ) އަދި ޕާޓޭ.-- ފޮޓޯ: އިމޭޖަސް،އެމްވީ

ކުޅުންތެރިއެއްގެ ގޮތުގައި ޓީމުގައި ހިމަނާފައިވީ ނަމަަވެސް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ސެޓަރު، އިޝާން މުހައްމަދު (ބަޓިސް) ވެސް ސިޓީ ޓީމުގެ ކޯޗިން ސްޓާފުންނަށް އެހީތެރިވުމުގައި މުހިންމު ރޯލެއް ކުޅެ އެވެ. މި ކާމިޔާބީގައި ބަޓިސްގެ ދައުރު ވެސް ހުޒަންޓެ ވަނީ ކިޔައިދީފަ އެވެ.

"ބަޓިސް އަށް ވެސް ޝުކުރު އަދާކުރަން، ބަޓިސް، އެންމެ ޕްރެޝަރު ގަޑީގައި ގިނަ ކުޅުންތެރިން ގެނެސްގެން އެ ޕްރެޝަރު ހޭންޑަލް ކުރަން ކުޅުންތެރިންނާ ވާހަކަ ދައްކައި މިސްޓޭކް ހެދުނީމަ އެ ކިހިނެއް ވާކަމެއްތޯ އަބަދުވެސް ކިޔައިދޭ، ބެންޗަށް ފޭބީމަ، ވަރަށް ބޮޑު ހިތްހަމަޖެހުމެއް، އެ ކަހަލަ ސީނިއާ މޮޅު ކުޅުންތެރިއެއް ޓީމުގަ ހުރުން އެއީ،" ހުޒަންޓެ ބުންޏެވެ.

އެންމެ ފަހުން ގައުމީ މުބާރާތް 2020 ވަނަ އަހަރު ބޭއްވިއިރު، ހުޒަންޓެ ހުރީ އެ ދުވަހު ބަލިވި ޕޮލިސް ކްލަބް ޓީމުގަ އެވެ. މި ފަހަރު ސިޓީއާ އެކު ގައުމީ މުބާރާތް ކާމިޔާބުކުރިއިރު، ހުޒަންޓެ އަށް ދެން އޮތް އުފަލަކީ އެއްބަޑު އެއްބަފާ ދެ ކޮއްކޮއާ އެއް ޓީމެއްގައި ހުރެ ގައުމީ ތަށި ދެ ވަނަ ފަހަރަށް ހޯދުމެވެ.

ހުޒަންޓެ އާއި އޭނާގެ ދެ ކޮއްކޮ، ހަސަން ނިލާމް (ޕާޓޭ) އާއި ހުސެއިން ވިޝާމް (ބުޅިކެ)، ތިން ބެއިން އެއް ޓީމަކަށް ކުޅެގެން ގައުމީ ތަށީގައި އެންމެ ފުރަތަމަ އަތްލީ 2018 ވަނަ އަހަރު ޕޮލިހުގަ އެވެ. އޭގެ ފަހުން، މި ފަހަރު ގައުމީ މުބާރާތް އެކުގައި ކާމިޔާބުކުރިއިރު، ސީޒަނުގެ ފުރަތަމަ ދެ މުބާރާތުގައި ޕާޓޭ އާއި ބުޅިކެ ކުޅުނީ ގުޑީސް ސްޕޯޓްސް ކްލަބަށެވެ. ސިޓީ އާއި ގުޑީސް އަކީ ދާދި އެއް މެނޭޖްމަންޓެއްގެ ތެރެއިން ހިނގަމުން އަންނަ ދެ ކްލަބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox