ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލް: ސިޓީ އަށް އޮތީ ސީޒަން ކާމިޔާބު ކުރުމުގެ އަމާޒެއް

Jul 7, 2022, 5:58 AM
ސިޓީގެ މެޗެއްގެ ތެރެއިން އެ ޓީމުގެ ކޯޗު ނަލަ ހުސެއިން ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ސިޓީގެ މެޗެއްގެ ތެރެއިން އެ ޓީމުގެ ކޯޗު ނަލަ ހުސެއިން ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ސްޕޯޓްސް ކްލަބް ސިޓީން ދިވެހި ސިފައިންގެ ކްލަބް ވާދަކުރާ މެޗަށް ނުކުންނައިރު، މިއީ ދެ ޓީމަށް ވެސް ހާއްސަވާނެ ކުރިމަތިލުމެކެވެ. ސިޓީން ނުކުންނާނީ ގައުމީ ތަށި ފުރަތަމަ ފަހަރަށް އުފުލާލައި، ވޮލީބޯޅަ ސީޒަން ކާމިޔާބުުކުރުމުގެ އަމާޒުގަ އެވެ. އަނެއްކޮޅުން، އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބުން މި ފަހަރު ތަށި އުފުލާލައި، އަންނަ އަހަރު މި މުބާރާތް މިލްކުކުރުމުގެ ފުރުސަތު ހޯދަން އޮތީ ކެތްމަދުވެފަ އެވެ.

"އަލްހަމްދުލިއްލާހި ޝުކުރު، ވަރަށް ރަނގަޅު ފައިނަލަކަށް ދެވިފައި މި އޮތީ ސިޓީގެ ތާރިހުގައި ވެސް އަލަށް ކަންނޭނގެ، ސީޒަންގެ ތިން ތަށްޓާ ދިމާލަށް މި ދެވެނީ، މިހާރު މި އޮތީ ﷲ އިރާދަކުރެއްވިއްޔާ ފައިނަލަށް ގޮސްފައި، ކުރިން ވެސް ދެއްކިހެން މި ޓީމުގެ ހިތްވަރާއި ފަންވަރު މީގެއިން މި ފެންނަނީ، އަސްލު، މުޅި ޓީމު ވެސް ޓީމެއްގެ ގޮތުގައި މި އޮތީ،" އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަމާއި ގައުމީ ލީގުގެ ތަށި ސިޓީ އަށް ހޯދައިދިން ކޯޗު ނަލަ ހުސެއިން ޝަރީފް ބުންޏެވެ.

ވޮލީބޯޅަ އަށް ހާއްސަ ކްލަބެއްގެ ގޮތުގައި، ސިޓީ 2009 ވަަނަ އަހަރު ވުޖޫދުވުމާ ހަމައިން ފެށިގެން ގަވާއިދުން ވޮލީބޯޅަ މުބާރާތްތަކުގައި ވާދަކުރި ނަމަވެސް ފުރަތަމަ ޑިވިޝަން ތަށްޓެއްގައި އަތްލުމުގެ ނަސީބު ލިބުނީ މި ފަހަރު އެވެ.

މި ސީޒަނުގެ އެސޯސިއޭޝަން ކަޕާއި ގައުމީ ލީގު ޗެމްޕިއަންކަން ސިޓީން ހޯދައި، ގައުމީ ފައިނަލަށް ތައްޔާރުވަމުން އަންނައިރު، މި ފަހަރުގެ ސީޒަނުގައި ސިޓީ ބަލިވީ 11 މެޗު ކުޅެގެން އެންމެ މެޗަކުންނެވެ. އެއީ އެސޯސިއޭޝަން ކަޕް ލީގު ބުރުގައި ވެމްކޯ އަތުންނެވެ. އެންމެ ފަހުން ހަ މެޗަށް ބަލާއިރު ސިޓީ އަތުން ގެއްލުނީ އެންމެ ސެޓެކެވެ.

މި ފަހަރުގެ ސީޒަނުގައި ގުޑީސް ސްޕޯޓްސް ކްލަބަށް ފުރަތަމަ ކުޅުނު އަލީ އާމިރު (ދިގު އައްޔަ)، ހުސެއިން ވިޝާމް (ބުޅިކެ) އަދި ހަސަން ނިލާމް (ޕާޓޭ) ވަނީ ގައުމީ މުބާރާތަށް ސިޓީ އަށް ބަދަލުވެފަ އެވެ. ގައުމީ މުބާރާތުގެ ފުރަތަމަ ސެމީގައި ސިޓީން ސީދާ ތިން ސެޓުން ސިފައިން ބަލިކުރި މެޗުގެ ފަހު ސެޓަށް ސިޓީން ދިގު އައްޔަ ބޭނުންކުރި އެެވެ.

ނަލަ ހުސެއިން ބުނީ އާ ކުޅުންތެރިން ޓީމާ ގުޅުނު ނަމަވެސް، ސިޓީ އޮތީ އެސޯސިއޭޝަން ކަޕާއި ގައުމީ ލީގާ އެއްގޮތަށް އެއް ޖޯޝެއްގައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބުނު ކުޅުންތެރިންނަކީ ވަރަށް ބޮޑު އެއްޗެއް، އެ މީހުންނަކީ ވަރަށް މޮޅެތި ކުޅުންތެރިން، އަހަރެމެންނަށް ވާނެ ގޮތެއް ބުނަން ނޭނގޭ، އިންޖަރީއެއް ވެސް ވެދާނެ، އިންޖަރީއެއް ވެއްޖިއްޔާ އެ ތިބީ އެ މީހުން، ޓީމު އިންނާނީ ޓީމެއްގެ ގޮތުގައި، އެ މީހުން ވެސް އައިސް ޓީމާ އެކު ރަނގަޅަށް އުޅޭތީ އެއީ ޓީމަށް ލިބުނު ޕްލަސް ޕޮއިންޓެކޭ ބުނާނީ،" ނަލަ ހުސެއިން ބުންޏެވެ.

ސިޓީ ޓީމުން މި ސީޒަނުގައި މިހާތަނަށް ހޯދަމުން އައި ކާމިޔާބީގައި ނަލަ ހުސެެއިން ކުޅުންތެރިންނަށް ފަހު ކްރެޑިޓް ދެނީ ކޯޗިން ސްޓާފުންނަށެވެ. ކުޅުންތެރިއެއްގެ ގޮތުގައި ޓީމުގައި ހިމަނާފައިވީ ނަމަަވެސް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ސެޓަރު، އިޝާން މުހައްމަދު (ބަޓިސް) ވެސް ސިޓީ ޓީމުގެ ކޯޗިން ސްޓާފުންނަށް އެހީތެރިވުމުގައި މުހިންމު ރޯލެއް ކުޅެ އެވެ.

"(ބަޓިސް) ވަރަށް ވަރަށް މުހިންމު ރޯލެއް އެބަ އަދާކުރޭ، އަޅުގަނޑަށް ނައްޓައިގެން ދާ ތަންކޮޅު، ވަރަށް ބޮޑަށް ވަރަށް ގާތުން ބަލަމުން ކިޔައިދެމުން، ވަރަށް ފަސޭހަ، އެއްވެސް ކަހަލަ ނުރުހުންވުމެއް އެއްވެސް ކަހަލަ މައްސަލައެއް ނެތި، ވަރަށް ރަނގަޅަށް އެ ހުރީ،" ނަލަ ހުސެއިން ބުންޏެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ސިފައިންނާއި ސިޓީ ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox