އިހަވަންދިއްޕޮޅުގައި އެސްޓީއޯއިން ތެޔޮ ސްޓޯރޭޖެއް އަޅަނީ

May 30, 2022, 5:45 PM
ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ އެމްޑީ އަމްރު ވާހަކަ ދައްކަވަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ އެމްޑީ އަމްރު ވާހަކަ ދައްކަވަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް އަޅަން ނިންމާފައިވާކަން އެސްޓީއޯއިން ހާމަކޮށްފި އެވެ.

އެސްޓީއޯގެ ވިޔަފާރި ފުޅާކުރުމުގެ ތެރެއިން ތެޔޮ ރައްކާ ކުރާ ސްޓޯރޭޖާއި އިންޓަނޭޝަނަލް ބަންކަރިން ކުރަން ނިންމާފައިވާ ކަން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު އިއުލާނުކުރެއްވީ ރޭ ކޮރޮސްރޯޑްސްގައި ކުރިޔަށް ދިޔަ އަހަރީ އާންމު ޖަލްސާގަ އެވެ.

ހިއްސާދާރުންނާ މި ޕްރޮޖެކްޓުގެ ތަފުސީލުތައް ހިއްސާކުރައްވަމުން އަމްރު ވިދާޅުވީ, މި ސްޓޯރޭޖުގެ މަސައްކަތް ކުރަން ނިންމި މައިގަނޑު ސަބަބަކީ އެސްޓީއޯގެ ތެޔޮ ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރުމެވެ.

"އަޅުގަނޑުމެންގެ ފިއުލް ޓާމިނަލް, ވަރަށް ޒަމާންވެއްޖެ އެ ރަށުގަ ހަދާފަ ހުންނަތާ. މިހާރު ރާއްޖޭގެ ރިސޯޓްތައް ވެސް ތިންގުނަ އިތުރުވެއްޖެ. ރާއްޖޭގެ ކޮންސަމްޕްޝަން ވަރަށް ބޮޑު ތަން ބޮޑުވެގެން ހިނގައްޖެ. އެހެން ނަމަވެސް އަޅުގަނޑުމެންނަކަށް ނެތް އެ ރަށް އިތުރަށް ބޮޑުކުރެވޭކަށް" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯއިން މިހާރު އެއްގަމުގައި ތެޔޮ ރައްކާކުރަން ބޭނުންކުރަނީ މާލެ ކައިރިން އޮންނަ ފުނަދޫ އެވެ. އެންމެ ފަސް ހެކްޓަރުގެ މި ރަށުގައި ހުންނަ 14 ޓޭންކުގައި އެއްފަހަރާ ރައްކާކުރެވެނީ 48،000 މެޓްރިކު ޓަނުގެ ޑީސަލް އަދި 10،000 މެޓްރިކު ޓަނުގެ ޕެޓްރޯލެވެ.

މިއީ ކުރީ ސަރުކާރުން 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ތެޔޮ ރައްކާކުރާ މިންވަރު އިތުރުކުރަން ހިންގި "ފުނަދޫ އެކްސްޕެންޝަން ޕްރޮޖެކްޓު"ގެ ތެރެއިން އިތުރުކުރެވުނު ކެޕޭސިޓީ އެވެ.

އިހަވަންދިއްޕޮޅު ހޮވީ ލޮކޭޝަނަށް ބަލާފައި، އަޅާނީ ފްލޯޓިން ސްޓޯރޭޖެއް

ކުރިން ވާހަކަދެކެވުނީ ފުނަދޫގައި ހުންނަ ސްޓޯރޭޖު ތިލަފުއްޓަށް ބަދަލުކުރާ ގޮތަށެވެ.

މި ނިންމުން ބަދަލުކޮށް، އެންމެ އުތުރުން އޮންނަ އިހަވަންދިއްޕޮޅުގައި ސްޓޯރޭޖު އަޅަން ނިންމީ ލޮކޭޝަނުގެ ގޮތުން ލިބޭ ފައިދާތަކަށް ބަލާފައި ކަމަށް އަމްރު ވިދާޅުވި އެވެ.

ތެޔޮ ރައްކާކުރާ ފުނަދުއަށް ޓޭންކަރެއް ގާތްކޮށްފަ: މިހާރު ފުނަދޫގައި ރައްކާކުރެވެނީ އެއްފަހަރާ 58،000 މެޓްރިކް ޓަނުގެ ތެޔޮ. -- ފޮޓޯ: އެސްޓީއޯ
ތެޔޮ ރައްކާކުރާ ފުނަދުއަށް ޓޭންކަރެއް ގާތްކޮށްފަ: މިހާރު ފުނަދޫގައި ރައްކާކުރެވެނީ އެއްފަހަރާ 58،000 މެޓްރިކް ޓަނުގެ ތެޔޮ. -- ފޮޓޯ: އެސްޓީއޯ

ތެޔޮ ރައްކާކުރާ ފުނަދުއަށް ޓޭންކަރެއް ގާތްކޮށްފަ: މިހާރު ފުނަދޫގައި ރައްކާކުރެވެނީ އެއްފަހަރާ 58،000 މެޓްރިކް ޓަނުގެ ތެޔޮ. -- ފޮޓޯ: އެސްޓީއޯ

އިހަވަންދިއްޕޮޅު އޮންނަ އަށް ޑިގްރީ ޗެނަލްއަކީ އިންޑިއާ ކަނޑުން މެދުއިރުމަތީގެ ގައުމުތަކަށާއި އެފްރިކާ ބައްރަށާއި މިސްރުގެ ސުއޭޒް ކެނަލް ހުރަސްކޮށް ޔޫރަޕަށްދާ އާގު ބޯޓުފަހަރު އެންމެ ގިނައިން ދަތުރުކުރާ ސަރަހައްދެވެ.

އަމްރު ވިދާޅުވި ގޮތުން ނަމަ ދުވާލެއްގެ މައްޗަށް 300 އަށް ވުރެ ގިނަ އާގު ބޯޓުފަހަރު މި ކަނޑުއޮޅި ބޭނުންކުރެ އެވެ. އެކަމަކު މި އާގު ބޯޓުފަހަރަށް ބަންކަރިން (ތެޔޮ އެޅުން) ހިދުމަތް ދޭނެ ރަނގަޅު ތަނެއް މި ސަރަހައްދުގައި އަދި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ ވިސްނުމަކީ މި މަސައްކަތް ކުރަން ފްލޯޓިން ސްޓޯރޭޖެއް އެޅުމެވެ. ފްލޯޓިން ސްޓޯރޭޖަކީ ހަރަދުގެ ގޮތުން އާ ބަނދަރެއް އެޅުމަށް ވުރެ ހަރަދު ކުޑަ ކަމެކެވެ.

ފްލޯޓިން ސްޓޯރޭޖުގެ ގޮތުގައި އެންމެ އާންމުކޮށް ގެންގުޅެނީ ބޮޑެތި ތެޔޮ ޓޭންކަރުތަކެވެ. އެކަމަކު ޖަޕާނާއި ކޮރެއާ އަދި ސްކެންޑެނޭވިއާ ސަރަހައްދުގެ ގައުމުތަކުގައި ބޮޑެތި ފްލޯޓިން ޓާމިނަލްތައް އަޅައިގެން ވެސް ތެޔޮ ސްޓޯރޭޖުތައް ގާއިމުކޮށްފައިވެ އެވެ.

ޖަޕާނުގެ ނަގަސާކީގައި ހުންނަ ކަމިގޯޓޯ ފްލޯޓިން އޮއިލް ސްޓޯރޭޖް ބޭސް: މިއީ ގިނަ އަދަދަކަށް ތެޔޮ ރައްކާކުރެވޭ ސްޓޯރޭޖެއް. -- ފޮޓޯ: މިޓުސުބިޝީ މޮޓޯސް
ޖަޕާނުގެ ނަގަސާކީގައި ހުންނަ ކަމިގޯޓޯ ފްލޯޓިން އޮއިލް ސްޓޯރޭޖް ބޭސް: މިއީ ގިނަ އަދަދަކަށް ތެޔޮ ރައްކާކުރެވޭ ސްޓޯރޭޖެއް. -- ފޮޓޯ: މިޓުސުބިޝީ މޮޓޯސް

ޖަޕާނުގެ ނަގަސާކީގައި ހުންނަ ކަމިގޯޓޯ ފްލޯޓިން އޮއިލް ސްޓޯރޭޖް ބޭސް: 1988 ގައި ހުޅުވި މި ސްޓޯރޭޖަކީ ދުނިޔޭގެ ފުރަތަމަ ފްލޯޓިން އޮއިލް ސްޓޯރޭޖު. -- ފޮޓޯ: މިޓުސުބިޝީ މޮޓޯސް

ނަމަވެސް ޕްރޮޖެކްޓު ފަށާ ކަން އިއުލާނުކުރުމުގެ އިތުރަށް، މާ ގިނަ މައުލޫމާތުތަކެއް ނުދޭތީ މިކަމަށް ހިނގާނެ ހަރަދަކާއި ސީދާ ލޮކޭޝަނަކާއި މި ސްޓޯރޭޖު ވުޖޫދަށް އަންނާނެ ދުވަހެއް ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox