ޝައްކެއް ނެތް، ބެލޮންޑިއޯ ލިބެންޖެހޭނީ ބެންޒެމާ އަށް: މެސީ

May 30, 2022, 5:06 PM
ޝައްކެއް ނެތް، ބެލޮންޑިއޯ ލިބެންޖެހޭނީ ބެންޒެމާ އަށް: މެސީ

ޕެރިސް (މެއި 30) - ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް މި ފަަހަރު ލިބެން ޖެހޭނީ ރެއާލް މެޑްރިޑްގެ ކަރިމް ބެންޒެމާ އަށް ކަމަށް އެ އެވޯޑް ހަތް ފަހަރު ހޯދާފައިވާ ޕީއެސްޖީގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.

ބެންޒެމާ އަކީ މިދިޔަ އަހަރު ވެސް އެ އެވޯޑް ހައްގުވާ ކުޅުންތެރިއެއް ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އެކަމަކު، މެސީ އެ އެވޯޑް ހޯދިއިރު، ބެންޒެމާ ދިޔައީ ހަތަރު ވަނަ އެވެ. އެއީ މެސީ އާއި ރޮބަޓް ލެވަންޑޯސްކީ އަދި ޖޯޖީނިއޯގެ ފަހަތުންނެވެ.

މި ސީޒަނުގައި ރެއާލަށް 44 ގޯލު ޖަހައިދީ އެ ޓީމަށް ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ހޯދައިދޭން އެންމެ އިސް ރޯލެެއް ކުޅުނީ ބެންޒެމާ އެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ބެންޒެމާ ދެއްކި ތަފާތު މޮޅު ކުޅުމަށް ބަލާއިރު، އޭނާ ހުރި ލެވަލާ ގާތްކުރެވޭނެ ކުޅުންތެރިއަކު ނެތެވެ. ބެންޒެމާ ވެސް ވަނީ ކްލަބް ލެވަލްްގައި ކުރި މަސައްކަތަށް ބަލާއިރު، ބެލޮންޑިއޯ ހައްގުވާނެ ހުރިހާ ކަމެއް ކުރެވިއްޖެ ކަމަށް ބުނެފަ އެވެ.

ޓައިކް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ ބެލޮންޑިއޯގެ ފޭވަރިޓަކީ ބެންޒެމާ ކަމަށެވެ.

"ޝައްކެއް ވެސް ނެތް، މި ފަހަރު ބެލޮންޑިއޯ ލިބެންޖެހޭނީ ބެންޒެމާ އަށް. ވަރަށް ސާފުކޮށް ފެންނަން އެ އޮތީ ޗެމްޕިއަންސް ލީގު ފަދަ މުބާރާތެއްގައި ބެންޒެމާ ދެއްކި ތަފާތު، ލީގާއި ޗެމްޕިއަންސް ލީގު ރެއާލުން ހޯދިއިރު، ބެންޒެމާ އެ ފެނުނީ ތަފާތުކޮށް،" މެސީ ބުންޏެވެ.

ރެއާލުން މި ފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު، ނޮކައުޓް ބުރުގައި ވަނީ ޗެލްސީ އާއި ޕީއެސްޖީ އަދި މެންޗެސްޓާ ސިޓީ ކަޓުވާލައިފަ އެވެ. ފައިނަލުގައި ރެއާލް މޮޅުވީ ލިވަޕޫލް އަތުން 1-0 އިންނެވެ.

މެސީ ބުނީ ރެއާލުން ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ކަޓުވާލިއިރު، ފަހު ވަގުތު އެ ދެއްކި ހިތްވަރަކީ ހަގީގަތުގައި ޗެމްޕިއަނެއްގެ ރޫހު ކަމަށެވެ. އަދި އެ މެޗުން ޕީއެސްޖީ ބަލިވި ގޮތުން އެ ކްލަބްގެ ސަޕޯޓަރުން އެ ޓީމުގެ ތަރިންނަށް ނުރުހުން ފާޅުކުރިއިރު، އެ ކަމާ ބެހޭގޮތުން ވާހަކަ ދައްކަން މެސީ ބޭނުމެއް ނުވި އެވެ.

ފްރާންސް ފުޓްބޯލް ގަޒިންގެ ފަރާތުން މީގެ ކުރިން ކަލަންޑަރު އަހަރަކު އެއްފަހަރު ދެމުން އައި ބެލޮންޑިއޯ އެވޯޑް ސީޒަނަކު އެއްފަހަރު ދޭ ގޮތަށް އެވޯޑްގެ ފޯމެޓް ބަދަލުކުރީ މިދިޔަ މާޗް މަހުގަ އެވެ. މި ބަދަލާ އެކު މި އަހަރުގެ ބެލޮންޑިއޯ ހަފްލާ އޮންނާނީ ސެޕްޓެމްބަރު ނޫނީ އޮކްޓޫބަރުގަ އެވެ. އެވޯޑަށް ކުޅުންތެރިން ރޭންކް ކުރާނީ މި އަހަރުގެ ޖުލައިގެ ނިޔަލަށް ބަލައިގެންނެވެ.

ބެލޮންޑިއޯ އެވޯޑްގެ ފޯމެޓް ބަދަލުކުރަން ފްރާންސް ފުޓްބޯލް އިން ނިންމާފައިވަނީ ޖަޖުންގެ އަދަދު ވެސް މަދު ކުރުމަށް ފަހު އެވެ. މީގެ ކުރިން 170 ޖަޖުންގެ މެދުގައި އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާ ހޮވި ނަމަވެސް ދެން އެ އެވޯޑަށް އިންސާފުކުރާނީ 100 ޖަޖުން/ނޫސްވެރިންގެ ޕެނަލުންނެވެ. އަދި އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ހޮވުމުގައި ކުރިން 100 ޖަޖުން ވޯޓުލި ނަމަވެސް މިހާރު އޮތްގޮތުން އެ އަދަދު ވަނީ 50 އަށް ކުޑަކޮށްފަ އެވެ.

ފުޓްބޯޅައިގެ އެންމެ ދުވަސްވީ އަދި ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ބެލޮންޑިއޯ އަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ހަމައެކަނި ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު، އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ފަހުން 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ.

ބެލޮންޑިއޯ އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ. ކޮވިޑް-19 ގެ ސަބަބުން 2020 ވަަނަ އަހަރު ބެލޮންޑިއޯ ހަފްލާ ނުބާއްވަ އެވެ. މިއީ ފްރާންސް ފުޓްބޯލް އިން އެކްރެޑިޓްކުރާ ނޫސްވެރިންނާއި ފުޓްބޯޅަ ކޯޗުން ވޯޓު ދީގެން ހޮވާ އެންމެ މޮޅު ކުޅުންތެރިއަކަށް ދޭ އެވޯޑެކެވެ. މި ފަހަރު ބެލޮންޑިއޯ އެވޯޑަށް ގެނައި ބަދަލުގެ ސަބަބުން މި ބްރޭންޑް އިތުރަށް ވަރުގަދަވާނެ ކަމަށް އެވޯޑް އިންތިޒާމްކުރާ ފްރާންސް ފުޓްބޯލް އިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox