އެސޯސިއޭޝަން ކަޕް: އީގަލްސް އާއި ހިންމަފުށި މޮޅުވެ ސެމީގެ އުއްމީދު ދަމަހައްޓައިފި

May 30, 2022, 7:40 AM
ރޭގެ މެޗުގެ ތެރެއިން އީގަލްސްގެ މަޒިއްޔާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ރޭގެ މެޗުގެ ތެރެއިން އީގަލްސްގެ މަޒިއްޔާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ވޮލީބޯޅަ އެސޯސިއޭޝަން ކަޕުގައި ކުލަބް އީގަލްސް އާއި ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބުން އެންމެ ފަހުން ކުޅުނު މެޗުތައް ކާމިޔާބުކޮށް ސެމި ފައިނަލްގެ އުއްމީދު ދަމަހައްޓައިފި އެވެ.

މި އަހަރުގެ އެސޯސިއޭޝަން ކަޕަށް ވަރުގަދަ އަށް ތައްޔާރުވި އީގަލްސް ފުރަތަމަ މެޗުން މޮޅުވި ނަމަވެސް ދެ ވަނަ މެޗުގައި ވަނީ ޕޮލިސް ކުލަބް އަތުން ބަލިވެފަ އެވެ. ހިންމަފުށި ވެސް ފުރަތަމަ މެޗުން މޮޅުވިއިރު، ދެ ވަނަ މެޗުގައި ވަނީ ކުލަބު ވޮލީބޯލް އަތުން ބަލިވެފަ އެވެ.

ރޭ ކުޅުނު މެޗުން އީގަލްސް މޮޅުވުމުން އެ ޓީމަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. އެ ޓީމަށް ބާކީ އޮތީ ސިފައިންނާ ދެކޮޅަށް ކުޅޭ މެޗެވެ. ސެމީ ފައިނަލުން އެ ޓީމަށް ޖާހަ ލިބެން އޮތީ ސިފައިން އަތުން މޮޅުވެގެންނެވެ.

ހިންމަފުއްޓަށް ބަލާއިރު އެ ޓީމަށް ވެސް ތިން މެޗުން ލިބުނީ ހަ ޕޮއިންޓެވެ. ހިންމަފުއްޓަށް ބާކީ އޮތީ ޗެމްޕިއަން ކުލަބް ވެމްކޯއާ ދެކޮޅަށް ކުޅޭ މެޗެވެ. ވެމްކޯ އިން ވަނީ އެ ޓީމު މިހާތަނަށް ކުޅުނު ދެ މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގައި އީގަލްސްގެ ތިން ވަނަ މެޗުގައި އެ ޓީމު ނުކުތީ ހާފްލައިންލިންކޭޖާ ދެކޮޅަށެވެ. ސީދާ ތިން ސެޓުން އީގަލްސް މޮޅުވި މި މެޗުގައި ކޯޗު މުނާ މުނީރު (މުންނަ) ވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް މެޗުގެ އެކި ހިސާބުތަކުގައި ފުރުސަތު ދީފަ އެވެ. ފަހު ސެޓުގެ ބޮޑު ބައި އެ ޓީމުން ކުޅުނީ ލަންކާ ކުޅުންތެރިޔާ ދިނޭޝާ ބެންޗަށް ލައިގެންނެވެ.

މެޗުގެ ސެޓުތައް އީގަލްސް އިން ގެންދިޔައީ 25-12, 25-6 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އީގަލްސްގެ ސެޓަރު ފާތިމަތު މަޒިއްޔާ އެވެ.

ހިންމަފުށިން ރޭ ކުޅުނު މެޗު ކާމިޔާބުކުރީ އަލްމާ ސްޕޯޓްސް ކުލަބާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ހިންމަފުށިން ގެންދިޔައީ 25-17، 25-23 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ހިންމަފުށީގެ ފާތިމަތު ރަޝީދާ އެވެ.

މުބާރާތުގައި މިރޭވެސް ދެ މެޗެއް ކުޅޭނެ އެވެ. 20:15ގައި ފަށާ މެޗުގައި ވާދަކުރާނީ ކުލަބު ވޮލީބޯލް އާއި ޔޫތު ނިއުޖެނެރޭޝަނެވެ. މިރޭ ކުޅޭ ފަހު މެޗުގައި ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން ނުކުންނާނީ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox