ކަރެކްޝަނުން ފަރުވާކުޑަ ކުރާތީ ކަންބޮޑުވަން: ނަޝީދުގެ ވަކީލުން

ނަޝީދު: ކަރެކްޝަނުން ފަރުވާކުޑަ ކުރާ ކަމަށް ބުނެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ނަޝީދު: ކަރެކްޝަނުން ފަރުވާކުޑަ ކުރާ ކަމަށް ބުނެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާ ދިން މައްސަލާގައި ދައުވާ ކޮށްފައިވާ މީހުން މިއަދު މާފުށީ ޖަލުން މާލޭގެ ކްރިމިނަލް ކޯޓަށް ހާޒިރު ނުކުރެވުމުން ކަންބޮޑުވުން ފާޅުކޮށް ނަޝީދުގެ ވަކީލުން ބަޔާނެއް ނެރެފި އެވެ.

މިއަދު ހެނދުނު 9:00 އަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ ކުރިމިނަލް ކޯޓުން ބުނި ގޮތުގައި, ޖަލުގައި ތިބި ދައުވާ ލިބޭ މީހުން ކޯޓަށް ހާޒިރުކޮށް ނުދެވުމުންނެވެ. ކަރެކްޝަންގެ ބެލުމުގެ ދަށުގައި ތިބި އެ މީހުން ކޯޓަށް ހާޒިރުނުކުރެވުނީ, ކަނޑުގަދަވެ ދަތުރުކުރުމަށް ދަތިވުމުންކަން ވެސް ކޯޓުން ހާމަކުރި އެވެ.

މިކަމާ ގުޅިގެން ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ލޯ ފާމުން ނެރުނު ބަޔާނުގައި ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވުނު އިރު އިއްޔެ ވެސް ދައުވާ ރައްދުވާ ފަރާތްތައް މާލެ ގެނެސް މާލެ ޖަލުގައި ބެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސެން އޮތް ކަމަށެވެ.

Advertisement

މި ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ތާރީހުތައް މާ ކުރިއާލާ އަންގާފައިވާއިރު އެފަދަ އެއްވެސް ކަމެއް ކުރިއާލާ ތައްޔާރުނުވެ އަޑުއެހުމެއް ލަސްވެގެން ދިޔަ ކަމަށް ޓަކައި ކަަރެކްޝަންސް ސާވިސް ކުށްވެރި ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"މި މައްސަލާގައި މުއައްސަސާތަކުން އިހުމާލުވާ ކަމުގެ ޝަކުވާތައް ކެނޑިނޭޅި ކުރަމުން ދާއިރު، އެފަދަ ޝަކުވާތައް ބެލުމެއް ނެތި، ހޯމް މިނިސްޓްރީންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން، މި ކަމުގެ ހައްސާސިޔަތު ދެނެނުގަނެ ފަރުވާ ކުޑަ ކުރާތީ އެ ކަންތައް އިންތިހާއަށް ކުށްވެރިކުރަމެވެ." ބަޔާނުގައިވެ އެވެ.

ކޯޓުން ބުނި ގޮތުގައި, މިއަދު ކެންސަލްވި އަޑުއެހުން ހޮނިހިރު ދުވަހު ބޭއްވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނަޝީދުގެ ވަކީލުންގެ ފަރާތުން ވަނީ އެ ޝަރީއަތްތައް އޮބްޒާވްކުރުމުގެ ފުރުސަތަކަށް ކޯޓުގައި އެދިފަ އެވެ. އެހެންވެ, ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވަނީ ނަޝީދުގެ ވަކީލުންނަށް އެ ހުއްދަ ދެއްވާފަ އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ގޮއްވާލި ބޮމާ ގުޅިގެން 10 މީހެއްގެ ޝަރީއަތް މިވަގުތު ކޯޓުގައި ކުރިއަށްދެ އެވެ. އޭގެ ތެރެއިން ސީދާ ބޮމުގެ ހަމަލާއާ ގުޅޭ ދައުވާތައް ކުރެވޭ މީހުންނާއި ޓެރަރިޒަމްގެ އެހެން ދައުވާތައް ކުރެވޭ މީހުން ހިމެނެ އެވެ.

މިއަދުގެ އަޑުއެހުން ތާވަލުކުރީ ހަމަލާއާ ގުޅޭ ދައުވާތައް އުފުލި ތަހްނީމް އަހުމަދާއި މުޖާޒު އަހުމަދާއި އިސްހާގު އާއި ފަހުމީ އަލީ އާއި އަލީ ހައިޝަމް އާއި ފަހުމީ އަލީ އާއި މުހައްމަދު ނާޒިމް އަދި އިސްހާގުގެ މައްޗަށް ޝަރީއަތް ހިންގުމަށެވެ.

ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅިގެން އަމިއްލަ އިއުތިރާފާ އެކު މިހާތަނަށް ކުށް ސާބިތުވެފައިވަނީ އަހުމަދު އަދުހަމަށް އެކަންޏެވެ.

ނަޝީދަށް ދިން ހަމަލާގެ ޝަރީއަތް ލަސްކަމުގެ ޝަކުވާ އެމަނިކުފާނާއި އާއިލާއިން އަދި ރައްޔިތުންގެ މަޖިލީހުން ވަނީ ފާޅުކުރައްވާފަ އެވެ. ނަމަވެސް, ސަރުކާރުން ބުނެފައިވަނީ އެ ޝަރީއަތް ހިންގައި ހަމަލާގެ ފަހަތުގައި ތިބި މީހުންނަށް އަދަބު ދިނުމުގައި ސަރުކާރުގެ އަޒުމު ނުގުޑާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox