އީގަލްސް އަށް މުނޯޒާއި މިސްރު ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރެއް

May 29, 2022, 11:17 AM
އީގަލްސް އިން ސޮއިކުރި މިސްރުގެ ސޯބީ (ކ) އާއި ސަލާހުގެ ފޮޓޯއެއް.

އީގަލްސް އިން ސޮއިކުރި މިސްރުގެ ސޯބީ (ކ) އާއި ސަލާހުގެ ފޮޓޯއެއް.

ކްލަބް އީގަލްސް އިން މިސްރު ގައުމީ ޓީމަށް ކުޅެފައިވާ ޑިފެންޑަރު އަހުމަދު ސޯބީ އާއި ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅެމުން އައި ސްޕެއިންގެ މިޑްފީލްޑަރު އެންހެލް މުނޯޒްގެ ސޮއި ހޯދައިފި އެވެ.

މިއަދުގެ ނިޔަލަށް ނިމޭ ޓްރާންސްފާ މާކެޓްގެ ކުރިން އީގަލްސް އިން މި ވަނީ މިސްރު ގައުމީ ޓީމަށް ދެ މެޗު ކުޅެ، މިސްރުގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅެފައިވާ އުމުރުން 31 އަހަރުގެ ސޯބީގެ ގެނެސްފަ އެވެ.

ސޯބީ އެންމެ ފަހުން ކުޅެފައިވަނީ މިސްރުގެ ޕްރިމިއާ ލީގުގެ އަސްވާން ސްޕޯޓްސް ކްލަބް އަށެވެ. ކަނާތު ބެކަށް އަދި ސެންޓްރަލް ޑިފެންޑަރަކަށް ވެސް ކުޅޭ ސޯބީ ވަނީ މީގެ ކުރިން މިސްރުގެ އެލް ގޫނާ، ސްމޯހާ، ޕެޓްރޯޖެޓް، އަލް މުހަލޫން އަދި އެންޕީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ. އީގަލްސް އަކީ އޭނާ ގައުމުން ބޭރުގައި ކުޅޭ ފުރަތަަމަ ކްލަބް އެވެ.

މިސްރުގެ 23 އަހަރުން ދަށުގެ ޓީމަށް ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު ކުޅުނުއިރު، ސޯބީ ވަނީ އެ ޓީމަށް ކުޅެފަ އެވެ. މީގެ ކުރިން ވެސް އީގަލްސް ޓީމަށް މިސްރުގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ކުޅެފަ އެވެ.

ގްރީން ސްޓްރީޓްސްގެ މެޗެއްގެ ތެރެއިން ގޯލު ޖެހުމަށް ފަހު މުނޯޒް އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އީގަލްސް އިން ދެން ގެނައި، އުމުރުން 32 އަހަރުގެ މުނޯޒަކީ ދިވެހި ގިނަ ކްލަބްތަަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެންމެ ފަހުން ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅުނު މުނޯޒް، ވަނީ މީގެ ކުރިން އީގަލްސް އަށް ވެސް ކުޅެފަ އެވެ. އެއީ 2014 ވަނަ އަހަރު އެވެ. އީގަލްސްގެ އިތުރުން ދެން މުނޯޒް ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ކްލަބްތަކުގެ ތެރޭގައި ކްލަބް ވެލެންސިއާ، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި އއ. މާޅޮސް ފުޓްބޯޅަ ޓިމު ހިމެނެ އެވެ.

ކުރިން ސްޕެއިންގެ ކްލަބްތަކުގެ އިތުރުން އޮމާން ލީގާއި ފިލިޕީންސްގެ ލީގުގައި ކުޅެފައިވާ މުނޯޒް ވަނީ މި ފަހަރު ދިވެހި ޕްރިމިއާ ލީގުގައި މުނޯޒް ވަނީ ގްރީން ސްޓްރީޓްސް އަށް ހަަތަރު މެޗުން ގޯލެއް ޖަހައި، ދެ ގޯލު ޖހަަން ފުރުސަތު ތަަނަވަސްކޮށްދީފަ އެވެ.

ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން އީގަލްސް އިން އިތުރު ބިދޭސީ ކުޅުންތެރިއަކު ޓީމުގައި ޖެހޭތޯ އަންނަނީ މަަސައްކަތް ކުރަމުންނެވެ.

ދިވެހި ޕްރިމިއާ ލީގު މި ވަގުތު މެދުކަނޑާލާފައި އޮތީ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތަކަށެވެ.

ލީގުގައި ވާދަކުރާ ކޮންމެ ޓީމެއް 12 މެޗު ކުޅެފައިވާއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެއް ވަނައިގައި އޮތީ 33 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 28 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ހަަތަރު ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި ވެލެންސިއާ 16 ޕޮއިންޓާ އެކު އޮތްއިރު، ހަ ވަަނައިގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އޮތީ 14 ޕޮއިންޓް ހޯދައިގެންނެވެ. ހަތް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް 11 ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި މޮޅެއް ނުލިބި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ އޮތީ އެއް ޕޮއިންޓެވެ.

ލީގުގެ ކުޅުން ދެން ފަށާނީ އަންނަ މަހު 21 ވަނަ ދުވަހު އެވެ. އެއީ ޔުނައިޓެޑް ވިކްޓްރީ އާއި ދަ ގްރާންޑޭ ކުޅޭ މެޗުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox