މާލޭގައި 44 ގޭންގެއްގައި 2000 އަށްވުރެ ގިނަ މީހުން، އަތޮޅުތަކަށް ފެތުރިދާނެކަމުގެ ބިރު

ފުލުހުން މިއަދު ކޮންފަރެންސްގައި ޕްރެޒެންޓޭޝަން ހުށަހެޅިއިރު, ސީޕީ ބައިވެރިވެވަޑައިގަންނަވަނީ --

ފުލުހުން މިއަދު ކޮންފަރެންސްގައި ޕްރެޒެންޓޭޝަން ހުށަހެޅިއިރު, ސީޕީ ބައިވެރިވެވަޑައިގަންނަވަނީ --

މާލޭގައި 44 ގޭންގެއް ހަރަކާތްތެރިވާ ކަމާއި އޭގެ ތެރެއިން ވަރަށް ހަރަކާތްތެރި ނުވަ ގޭންގެއް ފާހަގަ ކުރެވިފައިވާއިރު, އެމީހުންނާ ގުޅިގެން ގޭންގުތައް އަތޮޅުތަކުގެ ރަށްތަކަށް ފެތުރިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މެދުރާއްޖެ ތެރޭގެ ކައުންސިލްތަކުގެ ރައީސުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ފުލުހުން ދެއްކި ޕްރެޒެންޓޭޝަނެއްގައިވާ ގޮތުން 1990ގެ އަހަރުތަކުން ފެށިގެން މިހާތަނަށް މާލޭގައި 44 ގޭންގެއްގައި 2,600 މީހުން އުޅެމުންދާކަން ފާހަގަކުރެވިފައިވެ އެވެ.

އޭގެ ތެރެއިން ނުވަ ގޭންގެއް ހަރަކާތްތެރިކޮށް އުޅޭއިރު 10 ގޭންގެއް ވަރަށް ހަރަކާތްތެރިކޮށް, ކުށްތަކަށް އަރައިގަތުމުގައި އުޅޭކަން ފާހަގަވާ ކަމާއި އެ ގޭންގުތަކުގައި 1,300 މީހުން އުޅެމުންދާކަން ވެސް ފުލުހުން ހާމަކުރި އެވެ. އޭގެ ތެރޭގައި 60 ކުޑަކުދިން ހިމެނެ އެވެ.

Advertisement

ފުލުހުން ފާހަގަކުރި ގޮތުގައި, ބޮޑެތި ކުށްތަކަށް އަރައިގަންނަ ގޭންގުތައް އޮތީ މާލޭ އަދި ދެކުނުގެ އަތޮޅުތަކުގަ އެވެ. މެދުރާއްޖެ އަދި އުތުރުގައި ގޭންގުތައް ހަރަކާތްތެރިވާކަން ފާހަގައެއް ނުވެ އެވެ. އެކަމަކު, ކުދި ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކެއް ބައެއް އަތޮޅުތަކުން ފާހަގަވެފައިވާއިރު, އެއީ ކުރިއަށް އޮތް ތަނުގައި ބޮޑެތި ގޭންގުތަކަށް ވެދާނެ ގްރޫޕުތަކެއްކަން ކަމަށް ފުލުހުން ދެކެ އެވެ.

މެދުރާއްޖެ ތެރޭ ރަށްރަކުގައި ގޭންގުތައް ނެތް ނަމަވެސް, މި ސަރަހައްދުގެ ރަށްތަކަށް ނިސްބަތްވާ މީހުން ގޭންގުތަކުގެ އިސް ސަފުގައި އުޅެ އެވެ. ފުލުހުން އާންމުކުރި ގޮތުގައި މެދުރާއްޖެއަށް ނިސްބަތްވާ 197 މީހަކު ގޭންގުތަކުގައި އުޅޭއިރު, ހަ މީހަކު އިސް ސަފުގައި އުޅެ އެވެ. ތިން ކުޑަކުދިން ވެސް އުޅޭ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ޗީފް އިންސްޕެކްޓާ އަރީފް ވިދާޅުވީ ގޮތުގައި, އެމީހުންނާ ގުޅިގެން އާއިލީ ނޫނީ އެހެން ވެސް ބަޔަކު, މެދުރާއްޖެ ތެރެއަށް ގޭންގުތައް ފުޅާކުރުމުގެ ފުރުސަތު އެބަ އޮތެވެ.

ވިއަވަތި ކޮންފަރެންސްގައި ފުލުހުން ބައިވެރިވަނީ
ވިއަވަތި ކޮންފަރެންސްގައި ފުލުހުން ބައިވެރިވަނީ

ވިއަވަތި ކޮންފަރެންސްގައި ފުލުހުން ބައިވެރިވަނީ

ފުލުހުން ހާމަކުރި ގޮތުގައި, އެންމެ ކުރިން ގޭންގުތަކުން އަތާއި ފައިން ހަމަނުޖެހުން ހިންގިއިރު, ލަކުޑިބުރި އާއި ކަނޑިފަދަ ތަކެތި ހިފައިގެން ނުކުތެވެ. މިހާރު ގޭންގު މާރާމާރީތައް ހިންގަނީ ގައިގައި ފޮރުވޭ ފަދަ ތޫނު ވަޅި ފަދަ ތަކެތި ބޭނުންކޮށްގެންކަން ފާހަގަކުރި އެވެ.

މީގެކުރިން ގޭންގުތަކުގެ މެދުގައި ޖެހޭ މައްސަލަތަކުގައި މީހުން މެރުން ގިނަ ނަމަވެސް, މިހާރު އެކަން ކޮންމެވެސް ވަރަކަށް މަދުވެފައިވާކަން ފުލުހުން ފާހަގަކުރި އެވެ. ގޭންގުތަކުގެ ވެރިން, މައްސަލައެއް ޖެހުމުން ވާހަކަ ދައްކައިގެން ހައްލު ހޯދުމަށް އިސްކަން ދޭ ކަމާއި އެއީ, އެމީހުންގެ ވިޔަފާރިތަކަށް ފުލުހުންގެ ފަރާތުން އައިސްދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށް ކަމަށް އަރީފް ވިދާޅުވި އެވެ.

ގޭންގުތަކުން އެންމެ ފުޅާ ގޮތެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާއިރު, ދައުލަތުގެ އެކިއެކި ގުނަންތަކުގެ ތެރެއަށް ނުފޫޒާއި ބާރު ފޯރުވުމަށް ސިޔާސީ މީހުންނާ ގުޅުންތައް ބާއްވަމުންދާކަން ވެސް އަރީފް ފާހަގަކުރެއްވި އެވެ. ގޭންގުތަކުން ސަރުކާރުގެ އެކިއެކި ސިޔާސަތުތައް އެމީހުންނަށް ފަހިވާ ގޮތަށް ބަދަލުކުރުމަށް ވެސް އެ ނުފޫޒުތައް ފޯރުވާކަން އޭނާ ހާމަކުރެއްވި އެވެ.

އޭގެ އިތުރުން, ޝަރުއީ ދާއިރާއަށް އަތްގަދަކުރުމަށް ގޭންގުތަކުން ކުރާ މަސައްކަތް ވެސް ފާހަގަކުރި އެވެ. އެގޮތުން, ވަކީލުންނަށް އާދަޔާހިލާފު ބޮޑެތި އަދަދުތަކުން ފައިސާ ދެމުންދާކަން ފުލުހުން ފާހަގަކުރި އެވެ.

ގޭންގް ކުށުގެ މިހާރުގެ ހާލަތު

  • ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ވާހަކަ ދައްކައިގެން ހައްލުކުރުން
  • މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކުރުން
  • ކުށްކޮށްގެން ހޯދާ ފައިސާއިން ވިޔަފާރި ފަށައި, ފުޅާކުރުން
  • ސޯޝަލް މީޑިއާގައި ގޭންގް ޕްރޮމޯޓްކުރުން
  • ސްޕޯޓްސް ކްލަބު ރަޖިސްޓާކުރުން
  • ރެކްރޫޓްމެންޓް

ފުލުހުން ފާހަގަކުރި ގޮތުގައި, މާލޭގައި ހަރަކާތްތެރިވާ ގިނަ ގޭންގުތަކުން ފުލުހުން ކުރިމަތީގައި ކުށް ކުރުމަށް ވެސް ޖެހިލުމެއް ނުވެ އެވެ. އެކަމަކު, ވަކި ގޭންގުތަކުގެ ޓެރެޓަރީގެ ގޮތުގައި ކަނޑައަޅައިގެން އުޅުނު ސަރަހައްދުތަކުގައި މިހާރު ސިފައިންނާއެކު ފުލުހުން ހަރަކާތްތެރިވަމުންދާތީ, އެ ތަންތަނުގައި ގޭންގުތައް ހަރަކާތްތެރިވާ މިންވަރު މަދުވެފައިވާކަން ފުލުހުން ފާހަގަކުރި އެވެ. ގޭންގުތަކާ ދެކޮޅަށް ފުލުހުން ގެންދަނީ ނޭޝަނަލް އެކްޝަން ޕްލޭނެއް ތަންފީޒުކުރަމުންނެވެ.

ގޭންގް ނޭޝަނަލް އެކްޝަން ޕްލޭން

  • ޝޯޓް އަދި މީޑިއަމް ޓާމް އެކްޝަން ޕްލޭނެއް އެކުލަވާލުން
  • ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަން
  • އާންމުން ހޭލުންތެރިކުރުން
  • ކުޑަކުދިން ކުށުން ސަލާމަތްކުރުން
  • ކުށާ ގުޅުންހުރި ގާނޫނުތައް އިސްލާހުކުރުން
  • ދިގުލައިގެން ގޮސްފައިވާ މައްސަލަތަކުގެ ޝަރީއަތް އަވަސް ކުރުވުން

ފުލުހުން ފާހަގަކުރި ގޮތުގައި, ގޭންގު މާރާމާރީތައް ވެސް މިހާރު ވަރަށް ބޮޑުތަން ވަނީ ދަށް ކުރެވިފަ އެވެ. ނަމަވެސް, އޭގެކުރިން އެފަދަ މާރާމާރީތަކުގައި 31 މީހަކު މަރާލާފައިވާކަން ފުލުހުން ފާހަގަކުރެ އެވެ. އޭގެ ތެރޭ ނުވަ ކުޑަކުދިން ވެސް ހިމެނޭއިރު އެއްވެސް ގޭންގަކަށް ނިސްބަތް ނުވާ ހަ މީހަކު އޮޅިގެން މަރާލާފައިވާ ކަމަށް ވެސް ފުލުހުން, ޕްރެޒެންޓޭޝަނުގައި ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox