މޯހަންގެ ފޯކަސް ބަހަަނާއެއް ނުދައްކައި އަބަހާނީ އަތުން މޮޅުވާން

Aug 11, 2023, 5:54 AM
އީގަލްސްގެ ކޯޗު މޯހަން: އަބަހާނީ ބަލިކުރެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް ވަނީ ބުނެފައި،--- ފޮޓޯ: އައްފާން އަހުމަދު/ސިޑިބަރި

އީގަލްސްގެ ކޯޗު މޯހަން: އަބަހާނީ ބަލިކުރެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް ވަނީ ބުނެފައި،--- ފޮޓޯ: އައްފާން އަހުމަދު/ސިޑިބަރި

އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން އެ ގައުމުގައި ދިމާވާ ހާލަތްތަކާ ހެދި ބަހަނާއެއް ދެއްކުމެއް ނެތި، އެ ޓީމު އަތުން މޮޅުވާން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ބަންގްލަދޭޝްގައި އަންނަ ބުދަ ދުވަހު، އަބަހާނީއާ ދެކޮޅަށް ކުޅޭ މެޗަށް އިއްޔެ އީގަލްސް އިން ވަނީ ފުރައިފަ އެވެ.

ފުރުމުގެ ކުރިން، މާލޭ ބަސް ޓާމިނަލްގައި ހުރެ، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ 2-2 އިން އެއްވަރުވި މެޗަކީ އޭއެފްސީ ކަޕްގެ ކުރިން ކުޅެލަން ލިބިގެންދިޔަ ވަރަށް ރަނގަޅު މެޗެއް ކަމަށެވެ.

އީގަލްސް އިން އެދިގެން، ލީގުގެ ދެ ވަނަ ބުރުގައި މާޒިޔާއާ ކުޅެން އޮތް މެޗު ވަނީ ފަސްކޮށްދީފަ އެވެ. އެއީ، އޭއެފްސީ ކަޕްގެ މެޗަށް ދިއުމަށް ކުރަން ޖެހޭ ދަތުރަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

މާޒިޔާ އަށް ވުރެ، އީގަލްސް އިން ދެން ކުޅެން ޖެހޭ ޑާކާ އަބަހާނީ ވަކި ވަރުގަދަނުވާނެކަން ފާހަގަކޮށް، މޯހަން ބުނީ މާޒިޔާ އަކީ ބަންގްލަދޭޝްގައި ނަމަ ބަޝުންދަރާ ކިންގްސް ކަމަށެވެ. އެހެންކަމުން، އީގަލްސް އަށް މާޒިޔާއާ ދެކޮޅަށް އެ ނެރުނު ހިތްވަރާ އެކު، އަބަހާނީއާ ދެކޮޅަށް ނަތީޖާ ނެރެވޭނެ ކަމުގެ އުންމީދު އީގަލްސް ޓީމަށް އެބައޮތް ކަމަށް މޯހަން ގަބޫލުކުރެ އެެވެ.

މޯހަން ބުނީ ޑާކާ އަބަހާނީއާ ބެހޭގޮތުން، މާގިނަ މައުލޫމާތެއް އަދި ލިބިފައިނެތް ކަމަށެވެ. އެކަމަކު ހޯދުނު ހޯދުންތަކުން އެނގިފައިވާ ކަންކަމަށް ބަލާއިރު، އަބަހާނީ އިން ބިދޭސީ ކުޅުންތެރިން ގެނެސްފައިވާ ކަމަށާއި މެޗު ކުޅޭ ދަނޑަކީ ލެވަލް ނުވުމާއި ވިއްސާރަ ވެއްޖެނަމަ ޗަކަ ހެދި ކުޅެން ނުރަނގަޅު ހާލަތަކަށް ވެއްޓޭ ދަނޑެއް ކަމަށެވެ.

"އެ ކަހަލަ ކަންތައްތަކެއް އެބަހުރި، މިއީ ބަހަނާއެއް ދެއްކޭނެ ވަގުތެއް ނޫން. ދައްކައިގެން ފަރުވެއްނުއެއް ޖެއްސޭނެ. ކޮންމެ ގޮތެއް ވިޔަސް މޮޅުވާން މި ޖެހެނީ އަނެއް ބުރަށް ދާން ކަމަށް ވެއްޖިއްޔާ. ﷲ އިރާދަކުރެއްވިއްޔާ ކުޅުންތެރިންނާ މެދު ވަރަށް އިތުބާރު އެބައޮތް، ތައްޔާރުވުމާ މެދު ވަރަށް ހިތްހަމަ ޖެހޭ،" މޯހަން ބުންޏެވެ.

"ކުރިން ކުޅޭ ތަނަށް ދެވުމަކީ އެ މާހައުލަށް ހޭނިލަން ވެސް ރަނގަޅު ކަމެއް. ހަމައެކަނި ޑިސެޑްވާންޓޭޖަކީ އަވޭގައި ކުޅެން ޖެހުން. އެކަމަކު، ވަކި އަޅުގަނޑުމެންނެއް ބައްޔެއް ވެސް ނުވާނެ. ކޮންމެ ހާލަތެއްގައި ވެސް މޮޅުވާން މި އަރަނީ، ﷲ އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެ،"

އީގަލްސް އިން ޓްރާންސްފާގައި ވަނީ ބިދޭސީ ކުޅުންތެރިން ޓީމަށް ގެނެސްފަ އެވެ. އެ ކުޅުންތެރިން މާޒިޔާ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

އެކަމަކު، އީގަލްސް އަށް މައްސަލަ ދިމާވީ އެ ޓީމަށް ގެނައި، ޖަޕާންގެ މިޑްފީލްޑަރު އެއިސޫކޭ މޯރީގެ ރަޖިސްޓްރޭޝަނުގައި މައްސަލަ ދިމާވެ، އޭނާ ފޮނުވާލަން ޖެހުމެވެ. އެކަމަކު، މޯހަން ބުނީ ފަހު ވަގުތު އެ ކަހަލަ ކަމެއް ދިމާވުމުން ވެސް ޓީމު ވަރުގަދަ ކުރަން އިތުރު ބިދޭސީ ކުޅުންތެރިއަކު ގެނެސްދިނުމުން މެނޭޖްމަންޓް މި ކަމަށް ކުރާ މަސައްކަތް ފެނިގެން ގޮސްފައިވާ ކަމަށެވެ.

މި ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ސޮއިކުރި ނަމަވެސް އެ ޓީމަށް ޓްރާންސްފާގައި ގެންނަ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި އަލި މަގެއް ނުފެންނާތީ، ރިލްވާން ވަހީދު (ރިލޭ) ހުރީ ކުޅުމުގެ ފުރުސަތު ނުލިބި އެވެ. ވެލެންސިއާ ޓީމަށް ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ހައްލެއް ނުލިބި ކަންކަން ދިގުލައިދާތީ، ރިލޭ ވަނީ އީގަލްސްއާ ގުޅިފަ އެވެ.

މޯހަން ބުނީ ރިލޭ އައުމަކީ "ޕްލަސް ޕޮއިންޓެއް" ކަމަށެވެ.

މިއީ ކްލަބް އީގަލްސް އިން އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރާ ދެ ވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން ކޮލިފައިންގައި ވާދަކުރި ފަަހަރު ޕްލޭއޮފްގައި ބަލިވީ ބެންގަލޫރު އަތުންނެވެ. އެ ގޮތުން، 2021 ގައި އީގަލްސް އިން ޓީމުން ޕްރިލިމިނަރީ ފުރަތަމަ ބުރުގައި މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން މޮޅުވި އެވެ. ޕްރިލިމިނަރީ ދެ ވަނަ ބުރުގައި އީގަލްސް އިން ކުޅެން ޖެހުނީ ބަންގްލަދޭޝްގެ އަބަހާނީއާ އެވެ. އެ ފަހަރު، އަބަހާނީ އަށް އެ ގައުމުގައި މެޗު ކުޅެވޭގޮތް ނުވެ، ދަތުރުކުރުމުގައި ވެސް ދަތިވެފައިވާތީވެ، އެ މެޗު އީގަލްސް އަށް ލިބި ޕްލޭއޮފަށް ދަތުރުކުރީ އެެވެ.

ޕްލޭއޮފް ބުރުގައި 2021 ވަނަ އަހަރުގެ މެއި މަހު މާލޭގައި ކުޅެން އޮތް މެޗަށް އައިސް އިންޑިއާގެ ބެންގަލޫރުން ކޮވިޑް ޕްރޮޓޮކޯލާ ހިލާފުވުމުން، އޭއެފްސީން އެ ވަގުތު ވަނީ މެޗު ފަސްކޮށްފަ އެެވެ. ފަހުން އޮގަސްޓް މަހު އެ މެޗު އަލުން ކުޅުނުއިރު، އީގަލްސް ވަނީ ބެންގަލޫރު އަތުން ބަލިވެފަ އެވެ.

އަބަހާނީ ބަލިކޮށްގެން، މި ފަހަރުގެ ޕްލޭއޮފް ބުރަށް އީގަލްސް ދަތުރުކޮށްފިނަމަ އެ ބުރުގައި ކުޅެން ޖެހޭނީ އިންޑިއާގެ މޯހަން ބަގާން އާއި ނޭޕާލުގެ މަޗިންދުރަ އެފްސީ ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ޕްލޭއޮފުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕުން ފުރުސަތު ލިބޭނެ އެވެ. އެ ގްރޫޕްގައި މި ވަގުތު ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox