ހުލާސާކޮށް އިއްޔެ: ދައުލަތުގެ ހަރަދުތައް ކުޑަކުރަން ސަރުކާރުން ނިންމާފައިވާކަން ރައީސް ހާމަކުރެއްވުން

ހުލާސާކޮށް އިއްޔެ: ދައުލަތުގެ ހަރަދުތައް ކުޑަކުރަން ސަރުކާރުން ނިންމާފައިވާކަން ރައީސް ހާމަކުރެއްވުން

ދުނިޔޭގެ އިގުތިސޯދަށް އަންނަމުންދާ ބަދަލުތަކާއި ގޮންޖެހުންތަކާ ގުޅިގެން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އިސްކަން ދޭނެ ތަރުތީބަށް ބަދަލު ގެނެސް، ދައުލަތުގެ ހަރަދުތައް ކުޑަކުރުރަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.

އިއްޔެ ރޭ އޮތް އެމްޑަބްލިޔުއެސްސީގެ 27 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި އިގުތިސޯދަށް އަލިއަޅުވާލާ ރައީސް ސޯލިހު މިހެން ވިދާޅުވީ، ރާއްޖޭގެ ދަރަނިތައް އަދާނުކުރެވި 2023 ގެ ނިޔަލަށް ޑީފޯލްޓް ވެދާނެ ކަމަށް ދުނިޔޭގެ ބޮޑު ބޭންކަކުން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

ރައީސް ވަނީ އިއްޔެ ރޭ ދެއްކެވި ވާހަކަފުޅުގައި އެކަމާ ގުޅުވާ، ދަރަނި ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފަ އެވެ. އަދި ވިދާޅުވީ، އަންނަ އަހަރާއީ އޭގެ ކުރިޔަށް އޮތް އަހަރު ވެސް ބަޖެޓުކޮށްފައިވާ ގޮތަށް އެކަން ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

"ދަރަންޏަކީ ސަރުކާރަށް އަބަދުވެސް ނަގަމުން ދައްކަމުންދާ އެއްޗެއް، އެއްވެސް ދަތިކަމެއް ނެތް ވާހަކަ ވެސް ނެތްކަމަށް، 2023 އަދި 2024 ވަނަ އަހަރުވެސް ބަޖެޓުކޮށްފައިވާ ގޮތަށް އެކަން ކުރިޔަށް ގެންދެވޭނެ."

ދަރަނި އަދާކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވި ނަަމަވެސް މިހާރު ހިނގަމުންދާ ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އިގުތިސޯދީ ފިއްތުންތަކެއް އެބަހުންނެވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިފަދަ ހާލަތެއްގައި ރާއްޖޭގެ އިގުތިސޯދީ ހާލަތު ނޭނގުމެއްގެ ތެރެއަށް ވެއްޓޭ ފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

"ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އިސްކަން ދޭނެ ތަރުތީބަށް އަޅުގަނޑުމެން ބަދަލުތަކެއް އެބަ ގެންނަން. އަދި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ވެސް މި އަންނަނީ ފިޔަވަޅުތަކެއް އަޅަމުން. މިފަދަ ހާލަތެއްގައި، ނޭނގުމެއްގެ ތެރެއަށް ރާއްޖޭގެ އިގުތިސޯދު ވެއްޓޭ ފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނަން." ރައީސް އިއްޔެ ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރުން ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުލި ކުޑަކުރަން ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅިގެންނެވެ. މި އިސްލާހަށް އިދިކޮޅާއި އާންމު ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެފަ އޮއްވާ، އިކޮނޮމިކް ކައުންސިލުން ވަނީ ބިލުން އެބައި އުނިކުރަން މިއަދު ނިންމާފަ އެވެ.

ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ހުށަހެޅުމާ ގުޅިގެން ރައީސް ވިދާޅުވީ، އެއީ ފަތުރުވެރިކަން ފުޅާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މިދިޔަ އަހަރު ފަހުކޮޅު ނިންމި ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުން ބަދަލުކުރަން ޖެހުނީ އެފަހުން ހާލަތު ބަދަލުވެ އިގުތިސޯދީ ރޭވުންތަކަށް ހިޔަނި އެޅުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ރިސޯޓްތަކުގެ ބިމުކުލި ކުޑަކުރުމަށް، މިދިޔަ އަހަރުގެ ފަހުކޮޅު އަޅުގަނޑުމެން ނިންމިން. އަދި އެކަމާ ބެހޭ ބިލެއް ވެސް މިއަހަރުގެ ކުރީކޮޅު އަޅުގަނޑުމެން މަޖިލީހަށް ހުށަހެޅިން. ނަމަވެސް، ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގުތިސޯދަށް އަރަމުންދާ ލޮޅުންތައް، އަޅުގަނޑުމެންގެ އިގުތިސޯދީ ރޭވުންތަކަށް ހިޔަނި އަޅައިފި."

ރައީސް މިހެން ވިދާޅުވި ނަމަވެސް، މަޖިލީހަށް މި ބިލު ހުށަހެޅީ ރަޝިއާއިން ޔޫކްރޭނަށް ހަމަލާދިން ފަހުންނެވެ.

ގޮންޖެހުންތަކާ އެކުވެސް އިގުތިސޯދީ ކުރިމަގު ރަނގަޅު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި، ސަރުކާރުން އިގުތިސޯދު ސަލާމަތްކުރަން އަޅާ ފިޔަވަޅުތައް ކާމިޔާބުވާނެ ކަމަށް ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ހިންގާ ޝަރީއަތުގައި، ގާޒީ ދިން މުއްދަތުގެ ފަހުން ދައުލަތުން އަދި ދައުވާ ލިބޭ ފަރާތުން ބޭނުންވާ ގާނޫނީ ނުކުތާތައް ހުށަހެޅުމުން އެ ދެ ފަރާތުގެ ބަޔާންތައް ވެސް ބަލައިނުގަންނަން ޝަރީއަތުން ނިންމީ އިއްޔެ އެވެ.
  • އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަ ދައުވާގެ ތެރެއިން ރިޝްވަތު ހިފުމުގެ އެއް ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފައިވާކަން ހާމަކުރީ އިއްޔެ އެވެ.
  • މޯލްޑިވްސް މީޑިއާ ކައުންްސިލު(އެމްއެމްސީ) އިން މިއަދު ބާއްވަން ތާވަލުކުރި ޖަލްސާ ދޫކޮށް ހުރިހާ މެމްބަރުން "ވޯކް އައުޓް" ކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ސަރުކާރުން ވާ ވައުދުތަކާ ގުޅޭގޮތުން އިއްޔެގެ މަޖިލިސް ޖަލްސާގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ:

މި ތިއްބެވި ސިޔާސީ ބޭފުޅުން، ހުރިހާ ބޭފުޅުން ވެސް ވައުދުވެވަޑައިގެންފައި ހުންނާނެ، ގިނަ ވައުދުތައް އަޅުގަނޑުމެން ފުއްދަން، ނުފުއްދޭ ވައުދުތައް ވެސް ހުރޭ، އަނެއްހެން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް، އަޅުގަނޑު ގަބޫލެއް ނުކުރަން ކުން ފަޔަކުން ގެ އުސޫލު ހިނގާ ކަމަކަށް،

ދުވަހުގެ ފޮޓޯ

މުދާ ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏަކާ ސަފާރީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި، މުދާ އުފުލާ ދޯނި ޓީޖެޓީ ސަރަހައްދަށް އަޑިއަށް ދިޔުން. މި އެކްސިޑެންޓުގައި، އަޑިއަށް ދިޔަ "ހުވަނދުމާ-2" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި ދަތުރު ކުރަމުން ދިޔައީ ގިނަ އަދަދެއްގެ ލަކުޑި ބަރުކޮށްގެން --- ފޮޓޯ: އެމްއެންޑީއެފް
މުދާ ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏަކާ ސަފާރީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި، މުދާ އުފުލާ ދޯނި ޓީޖެޓީ ސަރަހައްދަށް އަޑިއަށް ދިޔުން. މި އެކްސިޑެންޓުގައި، އަޑިއަށް ދިޔަ "ހުވަނދުމާ-2" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި ދަތުރު ކުރަމުން ދިޔައީ ގިނަ އަދަދެއްގެ ލަކުޑި ބަރުކޮށްގެން --- ފޮޓޯ: އެމްއެންޑީއެފް

މުދާ ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏަކާ ސަފާރީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި، މުދާ އުފުލާ ދޯނި ޓީޖެޓީ ސަރަހައްދަށް އަޑިއަށް ދިޔުން. މި އެކްސިޑެންޓުގައި، އަޑިއަށް ދިޔަ "ހުވަނދުމާ-2" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި ދަތުރު ކުރަމުން ދިޔައީ ގިނަ އަދަދެއްގެ ލަކުޑި ބަރުކޮށްގެން --- ފޮޓޯ: އެމްއެންޑީއެފް

ދިރާސާތަކުން ކިޔާލުމަށް

"މޯލްޑިވްސް ހިއުމަން ޑިވެލޮޕްމަންޓު ރިޕޯޓް 2014"

މިއީ ރާއްޖޭގައި އެކި ކަންކަމުގައި އެކި މީހުންގެ މެދުގައި ތަފާތު ކުރުން އޮތް މިންވަރު ދެނެގަތުމަށް ޔޫއެންޑީޕީ މޯލްޑިވްސް އިން 2014 ވަނަ އަހަރު ކޮށްފައިވާ ދިރާސާ އެކެވެ. މި ދިރާސާގައި ވަނީ ޖިންސީ ތަފާތު ކުރުންތަކާއި، އާމްދަނީގެ ތަފާތުތަކާއި އަދި ސިއްހަތާއި ތައުލީމުގެ ފުރުސަތުތައް ލިބުމުގައި ހުރި ތަފާތުތައް ދެނެގަނެ އެ ތަފާތުތައް ނައްތާލެވެނޭ ގޮތްތަކެއް ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox