ސަރުކާރުން ވާ ކޮންމެ ވައުދަކީ ފުއްދޭނެ ވައުދެއް ނޫން: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް

ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނަވާ ކޮންމެ ވައުދަކީ ފުއްދޭނެ ވައުދުތަކެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެެ.

ސަރުކާރުން ހިންގަމުން އަންނަ ދެ މަޝްރޫއަކާ ގުޅޭގޮތުން ސުވާލު ކުރުމަށް މިއަދުގެ ޖަލްސާއަށް މިނިސްޓަރު އަސްލަމް ވަނީ ހާޒިރުކޮށްފަ އެވެ.

އިތުރު ސުވާލުކުރަން ހުޅުވާލި ފުރުސަތުގައި، ސަރުކާރުން ވެފައިވާ ބައެއް ވައުދުތައް ނުފުއްދި ދިގުލައިގެން ދާތީ އެ ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވީ ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް އެވެ.

Advertisement

"މިފަދަ ވައުދުތައް ވެވަޑައިގެންނަވާއިރު ސަރުކާރުގެ ތެރޭގައި ކުރެވެނީ ކޮން ކަމެއްތޯ ނުކުރެވޭނީ ކޮން ކަމެއްތޯ މިފަދަ މަޝްވަރާއެއް ހިންގާފަތޯ ވައުދުވަނީ؟ ނޫނީ ހަމަ ވައުދެއް ވުމުގައި ބޭނުމުގައި ވައުދެއް ވަނީތޯ؟" އަފީފް ވިދާޅުވި އެވެ.

އަފީފްގެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ސަރުކާރަށް ގިނަ ވައުދު ވަނީ ވައުދު ފުއްދުމުގެ ނިޔަތުގައި ނަމަވެސް ވައުދުތައް ވެވިފައި ހުންނަނީ އެ ކަމެއްގެ ހުރިހާ ތަފްސީލެއް ބެލުމެއް ނެތި ކަމަށެވެ. އެކަމުގެ ސަބަބުން، ގިނަ ހުރަސްތަކެއް ވައުދު ފުއްދުމަށް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.

"މި ޖަލްސާގައި މި ތިއްބެވި ސިޔާސީ ބޭފުޅުން، ހުރިހާ ބޭފުޅުން ވެސް ވައުދުވެވަޑައިގެންފައި ހުންނާނެ، ގިނަ ވައުދުތައް އަޅުގަނޑުމެން ފުއްދަން، ނުފުއްދޭ ވައުދުތައް ވެސް ހުރޭ، އަނެއްހެން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް، އަޅުގަނޑު ގަބޫލެއް ނުކުރަން ކުން ފަޔަކުން ގެ އުސޫލު ހިނގާ ކަމަކަށް،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމްގެ ޖަވާބަށް ފަހު، ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވަނީ "ވައުދަކީ" ކޮބައިކަން މެންބަރުންނަށް ސާފުކޮށްދެއްވާފަ އެވެ.

"ވައުދު މި ބަސް ތައާރަފް ވެގެން އައީ 2008 ވަނަ އަހަރުގެ ފުރަތަމަ ރިޔާސީ އިންތިހާބުގައި، ޕްލެޖް މި ބަސް އިނގިރޭސި ބަހުން ތަރުޖަމާވެގެން ދިޔަ ބަހެއްގެ ގޮތުގައި، 2008 ވަނަ އަހަރު ހުށަހެޅުނީ ހަތަރު ވައުދު،" ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް، ފަހުން ސިޔާސީ މައިދާނުގައި "އެކިއެކި ކަންކަން އެއީ މި ބާވަތުގެ ބަރުދަނެއްގައި ވައުދުވެފައިވާ ކަންކަމުގެ ގޮތުގައި" ފާހަގަވެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox