އެސޯސިއޭޝަން ކަޕް: އީގަލްސް އާއި ކްލަބް ވޮލީބޯލް އިން މޮޅަކުން މުބާރާތް ފަށައިފި

May 25, 2022, 7:34 AM
ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގައި ކްލަބް އީގަލްސް އާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގައި ކްލަބް އީގަލްސް އާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ވޮލީބޯޅަ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަންގައި ފުރަތަމަ ކުޅުނު ދެ މެޗު ކްލަބް ވޮލީބޯލް އާއި ކުލަބު އީގަލްސް ކާމިޔާބުކޮށްފި އެވެ.

ވޮލީބޯޅަ ސީޒަންގެ އަންހަން ފުރަތަމަ މުބާރާތުގައި މި އަހަރު ވަނީ 10 ޓީމަކުން ބައިވެރިވެފަ އެވެ. އެ 10 ޓީމް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ އާއި، ކުލަބު ވޮލީބޯލް، އަލްމާ ސްޕޯޓްސް ކުލަބު، ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބެވެ. ގްރޫޕް ބީ ގައި ހިމެނެނީ ޕޮލިސް ކުލަބު، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން، ކުލަބު އީގަލްސް، ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ކުލަބު ހާފް ލިންކޭޖު އެވެ.

އެސޯސިއޭޝަންގެ ފުރަތަމަ މެޗުގައި ވާދަކުރީ އަލްމާ ސްޕޯޓްސް އާއި ކުލަބް ވޮލީބޯލް އެވެ. ފޯރިގަދަކޮށް ދިޔަ ވާދަވެރި މި މެޗު ކުލަބު ވޮލީބޯލް އިން ކާމިޔާބުކުރީ ފުރަތަމަ ސެޓު އަލްމާ ހޯދާފައިވަނިކޮށް ފަހަތުން 3-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ލީޑުގައި އޮވެ، ކުޅުނީ ކުލަބު ވޮލީބޯލް އިންނެވެ. ސެޓު ފުރަތަމަ ނިންމާލަން ވެސް ފުރުސަތު އެ ޓީމަށް ލިބުނެވެ. އެކަމަކު، 24-20 ގައި އޮއްވާ އަލްމާ އިން ފަހަތުން އަރައި މި ސެޓު 24-26 އިން ކާމިޔާބު ކުރި އެވެ. މެޗުގެ ދެ ވަނަ ސެޓުގައި ވެސް ލީޑުގައި އޮވެ ކުޅެ، ކުލަބު ވޮލީބޯލް އިން މި ސެޓު ކާމިޔާބުކުރި އެވެ. ފަހު ވަގުތާއި ހަމައަށް ގޮސް މަދު ޕޮއިންޓްތަކެއް ގެއްލުނު ނަމަވެސް އެ ޓީމުން ފަހު ވަގުތު 25-22 އިން މި ސެޓު ކާމިޔާބު ކޮށްފަ އެވެ.

ތިން ވަނަ ސެޓުގެ މެދުތެރެއިން އަލްމާ އިން ލީޑު ނެގި އެވެ. ނަމަވެސް އަނެއްކާ ވެސް ސެޓުގެ ފަހު ވަގުތު ނަތީޖާ އަނބުރާލައި ކުލަބު ވޮލީބޯލް އިން މި ސެޓު 26-24 އިން ހޯދި އެވެ. މެޗުގެ ފަހު ސެޓުގައި ކުލަބު ވޮލީބޯލް އިން ފެނުނީ އިތުބާާރާ އެކު ކުޅުނު ތަނެވެ. އަލްމާ އިން ވާންކުރި ނަމަވެސް 25-21 އިން ސެޓު ހޯދައި އެ ޓީމުން މެޗު ކާމިޔާބު ކުރި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ކުލަބު ވޮލީބޯލްގެ ފާތިމަތު ނިޝާނާ އެވެ.

މި ފަހަރުގެ މުބާރާތަށް ވަރުގަދަ އަށް ތައްޔާރުވި އީގަލްސް ވަނީ އެ ޓީމް ކުޅުނު ފުރަތަމަ މެޗުގައި ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަންއާ ވާދަކޮށް މޮޅުވެފަ އެވެ. ގައުމީ ވޮލީބޯޅަ ޓީމުގެ ތަޖުރިބާހުރި ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އީގަލްސް އިން ނުކުމެ މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ. ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގައި ތިބީ ގައުމީ ޓީމުން ޖާގަ ހޯދަމުން އަންނަ ޒުވާން ކުޅުންތެރިންނެވެ.

ބިދޭސީ ކުޅުންތެރިއަކު ލައިގެން ދެ ޓީމު ވެސް ޓީމު ބަށްޓަންކޮށްފައިވާއިރު، މެޗުގެ މައިގަނޑު ތަފާތަކަށްވީ ވެސް މި ދެ ކުޅުންތެރިންގެ ހަމަލާތަކެވެ. އީގަލްސް މޮޅުވުމުގައި އެ ޓީމުގެ ތަޖުރިބާކާރު ސެޓަރު، ފާތިމަތު މަޒިއްޔާ އާއި އެޓޭކަރު، އައިޝަތު ޝައްފަގެ ކުޅުން ފާހަގަކޮށްލެވެ އެވެ.

މެޗުގެ ފުރަތަމަ ސެޓު 25-18 އިން އީގަލްސް އިން ކާމިޔާބުކުރި ނަމަވެސް ދެ ވަނަ ސެޓުގައި ހިތްވަރާ އެކު ކުޅެ ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަނުން 25-22 އިން ސެޓު ކާމިޔާބު ކުރި އެވެ. އެ ޓީމުގައި ގައުމީ ޒުވާން ޓީމްގެ އުއްމީދީ ގިނަ ކުޅުންތެރިން ހިމެނެ އެވެ. ތިން ވަނަ ސެޓާއި ފަހު ސެޓުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މަޒިއްޔާގެ ކުޅުން ވަރަށް ބޮޑަށް ފާހަގަ ކުރެވުނެވެ. ފަހު ދެ ސެޓު އީގަލްސް އިން ކާމިޔާބުކުރީ 25-21 އަދި 25-17 އިންނެވެ.

މުބާރާތުގައި މިރޭވެސް ދެ މެޗެއް ކުޅޭނެ އެވެ. މިރޭ 20:15 ގައި ފަށާ މެޗުގައި ވާދަކުރާނީ ޔޫތު ނިއުޖެނެރޭޝަން އާއި ހިންމަފުށި ވިކްޓްރެސް ސްޕޯޓްސް ކުލަބެވެ. މިރޭގެ ފަހު މެޗުގައި ދިވެހި ސިފައިންގެ ކުލަބު ނުކުންނާނީ ކުލަބު ހާފް ލިންކޭޖާއި ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox