ހުލާސާކޮށް އިއްޔެ: ޓެކްސީ އެޕްތަކަށް ބޮޑު ބަދަލެއް ގެންނަން ސަރުކާރުން އެންގުން

މާލޭގައި ޓެކްސީއަކަށް ބަޔަކު އަރަނީ. އެޕްތަކުން ނަގާ ޓެކްސީތަކަށް ޕެސެންޖަރު ދާން ބޭނުންވާ ތަން މިހާރު އޮންނަ ގޮތުން އަންނަން ޖެހޭ. އެކަން ބަދަލުކުރަން ސަރުކާރުން ވަނީ އަންގާފައި --- ފޮޓޯ: ހުސައިން ޝަޔާހު/އަދަދު

މާލޭގައި ޓެކްސީއަކަށް ބަޔަކު އަރަނީ. އެޕްތަކުން ނަގާ ޓެކްސީތަކަށް ޕެސެންޖަރު ދާން ބޭނުންވާ ތަން މިހާރު އޮންނަ ގޮތުން އަންނަން ޖެހޭ. އެކަން ބަދަލުކުރަން ސަރުކާރުން ވަނީ އަންގާފައި --- ފޮޓޯ: ހުސައިން ޝަޔާހު/އަދަދު

ޓެކްސީގެ ހިދުމަތް ހޯދާ ޕެސެންޖަރުން ދާން ބޭނުންވާ ތަން ކުރިން އަންގަން ނުޖެހޭ ގޮތަށް އެޕްލިކޭޝަންތައް ބަދަލުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ސެންޓަރުތަކަށް އަންގާފައިވާކަން ހާމަކުރީ އިއްޔެ އެވެ.

ރާއްޖޭގައި މިހާރު ޓެކްސީގެ ހިދުމަތްދޭ އެޕްލިކޭޝަންތައް ހުންނަނީ ޕެސެންޖަރު ދާން ބޭނުންވާ ތަން އިޚުތިޔާރު ނުކޮށް، ހިދުމަތަށް ނޭދެވޭ ގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ލިއުމުން ޖަވާބު ހޯއްދަވާ ގޮތަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ކުރެއްވި ސުވާލަކަށް އޭނާ ދެއްވި ޖަވާބުގައި ވިދާޅުވީ ޓެކްސީގެ ހިދުމަތް ރަނގަޅަށް ނުދޭ މައްސަލަ ހައްލުކުރަން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. ދާން ޖެހޭ ތަން ކުރިން ނޭނގޭ ގޮތަށް އެޕްލިކޭޝަންތައް ބަދަލުކުރަން އެންގުމަކީ އޭގެ އެއް ފިޔަވަޅެވެ.

"އަދި އޮންލައިން އެޕް މެދުވެރިކޮށް އަގުބޮޑުކޮށް ދަތުރުކޮށްފައިވާކަން މި މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާތީ މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް މި މިނިސްޓްރީގެ ފަރާތުން ބަލަމުންދާ ކަމުގައި ދަންނަވަމެވެ. އަދި ފަސިިންޖަރުން ދާން ބޭނުންވާ ތަން ޓެކްސީ ޑްރައިވަރަށް، ދަތުރު ނެގުމުގެ ކުރިން ނޭނގޭނެ ގޮތަކަށް އެޕްލިކޭޝަންގެ ޑިޒައިން ބަދަލުކުރަން، އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތްދެމުންދާ ފަރާތްތަކަށް މި މިނިސްޓްރީން ވާނީ އަންގައިފަ އެވެ،" މަޖިލީހަށް ލިއުމުން ފޮނުއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވި އެވެ.

ޓެކްސީތަކާ ގުޅޭ ގިނަ ޝަކުވާތަކެއް

ތިމަރަފުށި ދާއިރާގެ މެމްބަރު ރިޔާޒް، ޓްރާންސްޕޯޓް މިނިސްޓަރާ ކުރެއްވި ސުވާލުގައި އެއްސެވީ މާލޭގައި މިހާރަށް ވުރެެ ފަސޭހައިން ޓެކްސީ ހިދުމަތް ލިބޭ ގޮތް ހަދަން ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ކޮބައިތޯ އެވެ.

އެ ސުވާލަށް ދެއްވި ޖަވާބުގައި މިނިސްޓަރު އިއްޔެ ވިދާޅުވީ ޓެކްސީ ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކުގެ ޝަކުވާ ހުށަހަޅާނެ ހޮޓްލައިނެއް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި، އެގޮތުން ހުށަހަޅާ ޝަކުވާތައް ބަލައި ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވި ގޮތުގައި ޓެކްސީ ހިދުމަތާ ގުޅޭ ޖުމްލަ 57 ޝަކުވާއެއް ހުށަހަޅާފައި ވާއިރު އެ ހުރިހާ މައްސަލައެއް ދިރާސާކޮށް، 15 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ އަގުބޮޑުކޮށް ދަތުރުކުރިކަމުގެ ޝަކުވާތަކެކެވެ.

ޝަކުވާތައް ބެލުމުގެ ގޮތުން ޝަކުވާ ހުށަހެޅި ފަރާތްތަކާއި ޑްރައިވަރުންގެ ބަޔާން ވެސް ނަގާފަައިވާ ކަމަށާއި ޑްރައިވަރުންނަށް ފިޔަވަޅު އަޅަން ޓެކްސީ ސެންޓަރުތަކަށް އަންގާފައިވާ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.

ޓެކްސީ ހިދުމަތާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި އެޕްލިކޭޝަންތައް ޑައުންކުރި ކަމުގެ ޝަކުވާ ވެސް ހިމެނެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޝަކުވާއާ ގުޅިގެން އެޅި ފިޔަވަޅަކީ ނަސޭހަތް ދިނުމެވެ.

"...އަދި މާލެސިޓީގައި ސަރުކާރުން އަންގާފައިވާ އަގަށްވުރެ ބޮޑުކޮށް ދަތުރުތައް ކުރަން ފެށުމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާ މައްސަލައަށް ހައްލު ހޯދުމަށް ޓަކައި، ގަވައިދާ ހިލާފަށް ދެމުންދާ ހިދުމަތް ހުއްޓުމަކަށް ގެނައުމަށް ޓަކައި މިފަދަ ފަރާތްތަކާ މެދުގައި ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެކަން ވާނީ އެންގިފަ،" ނަހުލާ ވިދާޅުވި އެވެ.

ޓެކްސީގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތެއް ހަދަން، ސަރުކާރުން ގެންގުޅޭ އާ ވިސްނުމެއް އޮތް ކަމަކަށް އޭނާ ވިދާޅެއް ނުވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބޭ ކަމަށް ބުނެ އެކަމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރުން ހައްގުތަކެއް ހަނިވާނަމަ އެކަމާ ގުޅޭގޮތުން ގޮތް ނިންމަން ޖެހޭނީ ރާއްޖޭގެ ކޯޓުތަކުން ކަމަށް އދ. އިން ބުނީ އިއްޔެ އެވެ.
  • އަވައްޓެރި ސްރީލަންކާގެ ރައީސްގެ ބޭބޭފުޅު އަދި ކުރީގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ، ރާއްޖޭގައި ހިންގާ ސޮނެވާފުށި ރިސޯޓުގެ ވިލާއެއް ގަންނަން އުޅޭ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް އެ ކުންފުނިން ދޮގުކުރީ އިއްޔެ އެވެ.
  • ހައްޖުގެ އަޅުކަން ކުރުމަށް މައްކާއަށް ދާން ހައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކި މީހުންގެ ކިއޫ ލިސްޓުގައި 3،500 އަށް ވުރެ ގިނަ މީހުން އެބަ ތިބި ކަމަށާއި ކިއޫ ތަރުތީބުން މި އަހަރު ފުރުސަތު ދެވޭނީ 353 މީހުނަށް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ނެރުއްވި ރިޔާސީ ގަރާރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އދ. ގެ ސްޕެޝަލް ރެޕަޓުއާ، ފިއޮނިއުލާ ނީ އިއްޔެ ވިދާޅުވީ:

"ސަރުކާރަށް ލިބިފައިވާ ބާރުތަކާއި އަދި ގަރާރަކުން ނަމަވެސް ގައުމީ ސަލާމަތަށް ނުރައްކާ ހުރީ ކޮން ކަންތައްތަކެއްގައިތޯ ކަނޑައެޅުމާ މެދު ސުވާލު އުފައްދަން ޖެހޭ. އެހެނިހެން ނުރައްކާތަކާއި ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކުގެ ތަފާތު ދެނެގަނެ ހަމަހަމަ އުސޫލަކުން ދަރަޖަ ކުރުމަކީ އަބަދުވެސް އުނދަގޫ ކަމެއް،

ދުވަހުގެ ފޮޓޯ

މައިލޯ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ތެރެއިން. މިއަހަރުގެ މުބާރާތުގައި 47 ސްކޫލަކުން 1،839 އެތުލީޓުން ވާދަކުރޭ. އެގޮތުން، ހަތަރު އުމުރުފުރާއެއްގައި 102 އިވެންޓެއް ބާއްވާއިރު އެތުލީޓުން ވާދަކުރާ އުމުރުފުރާ ތަކަކީ 13 ،15، 17، 19 އަހަރުން ދަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
މައިލޯ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ތެރެއިން. މިއަހަރުގެ މުބާރާތުގައި 47 ސްކޫލަކުން 1،839 އެތުލީޓުން ވާދަކުރޭ. އެގޮތުން، ހަތަރު އުމުރުފުރާއެއްގައި 102 އިވެންޓެއް ބާއްވާއިރު އެތުލީޓުން ވާދަކުރާ އުމުރުފުރާ ތަކަކީ 13 ،15، 17، 19 އަހަރުން ދަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މައިލޯ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ތެރެއިން. މިއަހަރުގެ މުބާރާތުގައި 47 ސްކޫލަކުން 1،839 އެތުލީޓުން ވާދަކުރޭ. އެގޮތުން، ހަތަރު އުމުރުފުރާއެއްގައި 102 އިވެންޓެއް ބާއްވާއިރު އެތުލީޓުން ވާދަކުރާ އުމުރުފުރާ ތަކަކީ 13 ،15، 17، 19 އަހަރުން ދަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox