ފިނިފެންމާ ލޯންޗު ހާދިސާ މި ސަރުކާރުން ތަހުގީގު ނުކުރާނެ: ޔާމީން

ޔާމީން: ފިނިފެންމާ ލޯންޗު ހާދިސާ ސަރުކާރުން ތަހުގީގު ނުކުރާނެ ކަމަށް ވިދާޅުވި- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޔާމީން: ފިނިފެންމާ ލޯންޗު ހާދިސާ ސަރުކާރުން ތަހުގީގު ނުކުރާނެ ކަމަށް ވިދާޅުވި- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަވަހާރަކޮށްލަން 2015 ވަނަ އަހަރު ފިނިފެންމާ ލޯންޗު ގޮއްވާލައިގެން ދިން ހާދިސާ މި ސަރުކާރުން ތަހުގީގު ނުކުރާނެ ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ދައުލަތުން ޔާމީނާ ދެކޮޅަށް ހުރިހާ ހެއްކެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭނުން ކުރަމުން އަންނަ ސަބަބު ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ.

"ދައުލަތުން [ކުރީގެ ނައިބު ރައީސް] އަހުމަދު އަދީބާއެކު ހަދާފައި މި އޮތް އެގްރީމަންޓުގައި އެންމެ ބޮޑު ކަމަކަށް މި އޮންނަނީ ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލަ މި ސަރުކާރު ދެމި އޮތްހާ ހިނދަކު ތަހުގީގު ނުކުރަން ޝަރުތުކޮށްފައި،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ދައުލަތުން އެ މައްސަލަ ނުބަލާ ދޫކޮށްލުން އެއީ ދައުލަތަށް ލިބިގެންވާ ހައްގެއް ނޫން ކަމަށާއި އެއީ އެ ހާދިސާގައި "ގެއްލުން ލިބުނު މީހުންގެ ހައްގެއް" ކަމަށެވެ. އަދި ގާނޫނުގައި ފުލުހުން ތަހުގީގުކޮށްފައި ނޫނީ ޕީޖީން ތަހުގީގު ނުކުރެވޭ ގޮތަށް އޮންނަ އޮތުން ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެ، ޔާމީން ވަނީ ސުޕްރީމް ކޯޓުން އެ ތަހުގީގު އަލުން ބަލަން ޖެހުނު ސަބަބާ ގުޅޭ ގޮތުން ސުވާލުކުރައްވާފަ އެވެ.

"ދިވެހިރާއްޖޭގައި ގާނޫނު އެޕްލައި ކުރުމުގައި ކޮންސިސްޓެންސީއެއް ނޯވޭ، އުސޫލަކަށް ވެސް ތިއަރީއަކަށް ވެސް އެޕްލިކޭޝަނަކަށް ވެސް، ހަމަ ކޯޓު ފަނޑިޔާރު ބަދަލުވީ ކުރީގައި ނިންމާފައި ހުރި ކަންތައްތައް އެއްކޮޅުން އަނެއް ކޮޅަށް ޖެހުމުގެ އިހުތިޔާރު އެބަ ލިބޭ، ދުނިޔޭގެ އެހެން ތަންތަނުގައި މިހެން ނުވޭ." ޔާމީން ވިދާޅުވި އެވެ.

ސެމްޓެމްބަރު 2015 ގައި ރައީސް ޔާމީން ހައްޖަށް ކުރެއްވި ދަތުރުފުޅަށް ފަހު، އެނބުރި ވަޑައިގަތް ދުވަހު، އެ މަނިކުފާނު އިންނެވި ލޯންޗުކޮޅުގައި އެއްޗެއް ގޮވައި ރައީސްގެ އަނބިކަނބަލުންގެ އިތުރުން ރައީސްގެ ބޮޑީގާޑަކާއި ސެކްރެޓަރީއަށް ބޮޑެތި އަނިޔާތައް ލިބުނެވެ. އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މައްޗަށް ޓެރަރިޒަމްގެ ކުށުގައި 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ނަމަވެސް އެ ހުކުމް މިހާރު ވަނީ ބާތިލް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox