އުތުރު ކޮރެއާއަށް އެހީ އާއި ކޮވިޑް ވެކްސިން ދޭން ބައިޑެން ހުށަހަޅުއްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެކުނު ކޮރެއާގައި. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެކުނު ކޮރެއާގައި. -- ފޮޓޯ: އޭއެފްޕީ

ސޯލް، ދެކުނު ކޮރެއާ (މޭ 21) - އުތުރު ކޮރެއާއަށް އެހީ އާއި ކޮވިޑް ވެކްސިން ފޯރުކޮށްދޭން އެމެރިކާއިން ހުށަހެޅި ނަމަވެސް "ޖަވާބެއް ނުލިބޭ" ކަމަށް ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

އުތުރު ކޮރެއާގައި މީގެ 10 ދުވަސް ކުރިން ކޮވިޑް ފެތުރެން ފެށިކަން ރަސްމީކޮށް އިއުލާނު ކުރި އެވެ. މިހާރު 2.5 މިލިއަން މީހުން "ހުން އައިސްފައިވާ" ކަމަށް އެ ގައުމުން ބުނެ އެވެ.

ބައިޑެން ރައީސް ކަމަށް ވަޑައިގެންނެވި ފަހުން އޭޝިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ދެކުނު ކޮރެއާ އަށް ވަޑައިގެން ވިދާޅުވީ އެމެރިކާގެ އިތުރުން ދެކުނު ކޮރެއާއިން ވެސް އެހީ ދޭން ހުށަހެޅި ކަމަށެވެ.

"އަޅުގަނޑުމެން ހުށަހަޅައިފިން ވެކްސިން ފޯރުކޮށްދޭން. އުތުރު ކޮރެއާއަށް އެކަންޏެއް ނޫން، ޗައިނާއަށް ވެސް. އަޅުގަނޑުމެން މި ތިބީ ހަމަ މި ވަގުތު އެހީ ވާން ތައްޔާރަށް،" ސޯލްގައި އޮތް ޕްރެސް ކޮންފެރެންސެއްގައި ބައިޑެން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް ޖަވާބެއް ނުލިބޭ."

އުތުރު ކޮރެއާގެ 25 މިލިއަން މީހުންނަށް ވެކްސިން ޖަހާފައެއް ނުވެ އެވެ. އެހެން ކަމުން ހަލުވިކަމާ އެކު ފެތުރޭ އޮމިކްރޯން ވޭރިއެންޓާ އެކު ގިނަ ބަޔަކު ވަނީ ކުއްލި ގޮތަކަށް ބަލިވެފަ އެވެ.

ހޮނިހިރު ދުވަހު، އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ބުނީ 2.5 މިލިއަން މީހުން "ހުން އައިސްފައިވާ" ކަމަށާއި މިހާތަނަށް 66 މީހުން މަރުވެފައިވާ ކަމަށެވެ.

ބަލިމަޑުކަމާ ދެކޮޅަށް ފެށި ކެމްޕެއިން ވަރުގަދަކޮށްފައިވާ ކަމަށް ވެސް ދައުލަތުގެ ކޭސީއެންއޭ ނިއުސް އެޖެންސީން ބުންޏެވެ.

ކޮވިޑް ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރުމުން، އުތުރު ކޮރެއާއިން ވަރަށް ހަރުކަށިކޮށް ބޯޑަރު ބަންދު ކުރި އެވެ. ތަޖުރިބާކާރުން ބުނީ އަވައްޓެރި ގައުމުތަކުގައި ބަލި ފެތުރޭ ނަމަ، ބޯޑަރު ބަންދު ކުރިޔަސް އުތުރު ކޮރެއާއާ ހަމައަށް ބަލި ފޯރާނެ ކަމަށެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެފައި ވަނީ އެ ގައުމުން އަމަލު ކުރާނީ ޗައިނާގެ މެނޭޖްމަންޓް ސްޓްރެޓެޖީ ބަލައި، އޭގެން ލިބޭ ފިލާވަޅުތަކުގެ އަލީގައި ކަމަށެވެ.

ޗައިނާގައި ގެންގުޅެނީ ޒީރޯ ކޮވިޑްގެ ސިޔާސަތެކެވެ. ބައެއް ބޮޑެތި ސިޓީތައް ލޮކްޑައުންކޮށްފައިވާ އިރު، އެއީ ދެމެހެއްޓެނިވި ސިޔާސަތެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ބުނެފަ އެވެ.

ޗައިނާ އާއި ޑަބްލިއުއެޗްއޯގެ ކޯވެކްސް ސްކީމުން ކޮވިޑް ވެކްސިން ހަދިޔާ ކުރަން އުޅުމުން، އުތުރު ކޮރެއާއިން ކުރިން ބުނީ ބޭނުން ނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox