ގާފަރު ކަޅު އުބުށޭމު ދަންނަމުތަ؟

ގާފަރު ކަޅު އުބުށޭމު ދަންނަމުތަ؟

ރަހުންނާއި ރަނިންގެ ބާރަކީ ފައިސާ އާއި، ޖިޒީތަކާއި، ފަހުމުނާމާތަކާއި، އެއްބަސްވުންތަކާއި، ކަނޑި ބަޑީގެ އެހީގައި ނަގަހައްޓާ އަދި ދަމަހައްޓާ ބާރެއް ކަމަށް ދެންނެވުން އެއީ ދޮގަކަށް ނުވާނެއެވެ. އެ ބާރު ރައްކާތެރިކޮށްދޭ އަމާނާތްތެރިންނަކީ އިޚުލާސްތެރި އަރިހުބޭކަލުންނާއި ހަށިފާރަވެރިން ކަމުގައްޔާއި އެ ބާރު ހިންގައިދެނީ ނުފޫޒާއި ބިރުގެ އެހީގައި ކަމުގައި ބުނެވިދާނެ އެވެ. މިއަދު ރަސްރަސްކަލުންނާއި ރަނިން އެހާ ގިނައެއް ނޫނެވެ. އެހެންނަމަވެސް، އަދިވެސް ސިޔާސީ މައިދާނުގައި ވެރިކަމާއި ބާރު ދެމެހެއްޓުމަށް، އެކި ގޮތްގޮތުން ބާރާއި ނުފޫޒާއި ހުނަރު ލިބިގެންވާ "އަރިހުބޭކަލުން"ގެ އެހީތެރިކަން ހޯދަ އެވެ. އަދި، އެ އެހީގެ ބަދަލުގައި މަތީ ދަރަޖަތަކާއި، ލަޤަބުތަކާއި އިނާޔަތްތައް އެމީހުންނަށް ލިބެއެވެ.

ގާފަރު ކަޅު އިބުރާހީމް ފާށަނާ ކިލެގެފާނު، ނުވަތަ ކަޅު އުބުށޭމަކީ މި ދެންނެވި ފަދަ ބޭފުޅެކެވެ. ގާފަރު ކަޅު އިބުރާހިމް ފާށަނާ ކިލެގެފާނުގެ ވާހަކަ ތާރީޚުގައި ލިޔަން ފަށާފައިވަނީ އައްސުލްޠާން ޢަލީ (ފަސްވަނަ) ސިރީ އާނަންދަ މަހާރަދުން ނުވަތަ ދޮންބުޅާފާށަނާގެ ވެރިކަމުގެ ވާހަކަތަކުގެ ތެރެއިންނެވެ. މި ދެންނެވި ފަސްވަނަ ޢަލީ ރަސްގެފާނުން ދިވެހި ތަޚުތާ ހަވާލުވެވަޑައިގަތް ދުވަސްވަރަކީވެސް ސިޔާސީ ހަލަބޮލިކަން ބޮޑު ދުވަސްވަރެކެވެ. މި ރަދުންގެ ބައްޕާފުޅު، އައްސުލްޠާން އަޙުމްދު ޝަރީފުލް މައްކީ އަވަހާރަވީއްސުރެން، ތަޚުތުގައި އިންނާނޭ ވެރިޔަކާ މެދު ޚިޔާލުތަފާތުވުންތައް އުފެދިފައިވެއެވެ. ވެރިކަމަށް އިސްކުރެވުނީ ބުޅާފާށަނާއެވެ. އެހެންނަމަވެސް އޭރުވެސް އެންމެ އަޑުހަރުކޮށް ވެރިކަމަށް ދަޢުވާކުރައްވަމުންގެންދެވީ އެ ރަދުންގެ ދައްތާފުޅު "ބުރަކިރަނިން"ނެވެ.

ބުރަކިރަނިންނަށް ވެރިކަން ނުލިބޭނޭކަން ކަށަވަރުވުމުން، ދެން އޭނާ ރޭއްވެވީ އޭނާގެ ނުފޫޒުން ވެރިކަން ހިންގޭނޭ ގޮތެއް ހޯއްދެމަށެވެ. ޙައްލެއް ކަމުގައި ބުރަކިރަނިންނަށް ފެނިވަޑައިގެންނެވީ ދެފަހަރެއްގެ މަތިން ވެރިކަމުން ދުރުކުރެވިފައި ހުރި ކަޅުމުޙައްމަދު ރަސްގެފާނާ ކައިވެނިބައްލަވައިގަތުމެވެ. އެހެންނަމަވެސް، އެކަމަކަށް، ކަޅުމުޙައްމަދުގެ މަންމާފުޅު ޤަބޫލުފުޅެއް ނުވިއެވެ. ކޮންމެއަކަސް، ދޮންބުޅާފާށަނާގެ ވެރިކަމުގައި މި ދެންނެވި ކަޅު މުޙައްމަދު ވާދޫއަށް އަރުވާލުމުންވެސް ބުރަކިރަނިން އުއްމީދު ކަނޑައެއް ނުލައްވައެވެ. ސިޔާސީ އަދި ޢާއިލީ ސަބަބުތަކާހުރެ ބުރަކިރަނިން ވާދޫއަށް ވަޑައިގަތުމަށް ރަދުން ހުއްދަދެއްވުމާއެކު، ބުރަކިރަނިންގެ "ޕްލޭން-ބީ" އެކުލަވާލެއްވިއެވެ. ޝާހީ ޢާއިލާގެ މުސްކުޅި ޚާދިމެއްކަމުގައިވާ ގާފަރު ކަޅު އިބުރާހީމް ފާށަނާ ކިލެގެފާނު، ނުވަތަ ކަޅު އުބުށޭމު ތަޞްވީރަށް ވަންނަނީ މި ހިސާބުންނެވެ. އޭނާ އަކީ އެ ދަތުރުގައި ބުރަކި ރަނިންގެ އަރިހުގައި ފޮނުއްވި މީހާއެވެ. ކަންދިމާކުރިގޮތުން ބުރަކި ރަނިންގެ ޕްލޭން-ބީގައިވެސް އެންމެ އިސް ދައުރެއް އަދާކުރި މީހަކީ އާޚިރުގައި ވީ، މި ދެންނެވި ކަޅު އުބުށޭމެވެ.

ބުރަކި ރަނިން ވާދޫއަށް ވަޑައިގަތުމަށް ރަދުން ހުއްދަ ދެއްވުމާއެކު، ހުވަދު އަތޮޅަށް ވަޑައިގަތުމުގެ ބަދަލުގައި، ކަޅު އުބުށޭމުގެ އެހީއާއެކު އެކަމަނާ ވަޑައިގެންނެވީ އަސޭކަރައަށެވެ. އެތާ ތިއްބެވުމަށްފަހު ގޯވާއަށް ވަޑައިގެން، ޕޯޗުގީޒުންނަށް ދިވެހި ރާއްޖޭގެ އާމްދަނީން ބައެއް ދޭން ވަޢުދުވެވަޑައިގަތުމަށްފަހު، ބަދަލުގައި ހަތިޔާރު ލާފައިވާ ނަވެއް ހޯއްދަވައިގެން ގާފަރަށް ވަޑައިގެންފިއެވެ. ދެން އެކަމަނާ، އާއިލާއަށް ޚިދުމަތްކޮށްދެއްވި އިޚުލާސްތެރި ގާފަރު ކަޅު އުބުށޭމާ ހަވާލުކުރެއްވީ އެކަމަނާކެ ކޮއްކޯފުޅު، ދޮންބުޅާފާށަނާ ރަދުން ޤަތުލު ކުރެއްވުމަށެވެ. އިނާމެއްގެ ގޮތުން، ވެރިކަން ބަދަލުވެގެން ދާއިރު އޭނާ ބޭނުން މަޤާމެއް ދެއްވާނޭކަމަށް ވިދާޅުވެ، ކަޅު އުބުށޭމާއެކު ސިޔާސީ "ޑީލް" އެއް ހެއްދެވިއެވެ.

ކަޅު އުބުށޭމު އެވަގުތު ހުންނެވީ، ރަދުންގެ ހަށިކޮޅަށް ގެއްލުންދޭން ވަރަށް ފަސޭހަ ޙާލަތެއްގައެވެ. ރަދުންގެ ކަނޑިކޮޅު ހިފާ މީހަކަށް ހުރި ހުޅުދެލީ ދޮން ޔޫސުފަކީ ގާފަރު ކަޅު އުބުށޭމުގެ ދޮންބައްޕައެވެ. އެހެންކަމުން، ކަޅު އުބުށޭމުގެ ބަހަށް، އޭނާ ރަދުން އަވަހާރަކޮށްލިއެވެ. އަދި އެ ދަނޑިވަޅުގައި ބުރަކި ރަނިން ތަޚުތު އަތުލައްވައި، ވާދޫ އަށް ވަޑައިގެން ކަޅު މުޙައްމަދާ ކައިވެނިބައްލަވައިގަތުމާއެކު، ކަޅު މުޙައްމަދު ރަސްގެފާނު، ތިންވަނަ ފަހަރަށް، ދިވެހި ތަޚުތައް އިސްކުރެވުނެވެ.

މި ކަޅު މުޙައްމަދު ރަސްގެފާނުގެ ވެރިކަމުގައި އަނެއްކާވެސް ކަޅު އުބުށޭމާ ގުޅުންހުރި މުހިއްމު ހާދިސާއެއް ހިނގައެވެ. ކަޅު މުޙައްމަދު ވެރިކަމަށް ގެނައުމުގައި ޕޯޗުގީޒުންގެ ދައުރެއް އޮތް ކަމީ އާ މަޢުލޫމާތެއް ނޫނެވެ. މި ވެރިކަމުގައި ޕޯޗުގީޒު ނަވެއް ހުވަދު އަތޮޅަށް ދިޔައެވެ. ވެރިއަކަށް ހުރީ ގޯވާގައި ހުންނަ ވައިސްރޯއީގެ ގާތްތިމާގެ މީހެއްކަމަށްވެއެވެ. އޭނާ އާ އެކުގައި އޭނާގެ އާދަހާ ޚިލާފަށް ރީތި، މާބަނޑު އަނބިމީހާވެސް އެ ނަވުގައި އިނެވެ. ކޮންމެއަކަސް، މި ނައު ހިފުމަށް ފޮނުވި މީހަކީ އެއްކަލަ ގާފަރު ކަޅުއުބުށޭމު ފާށަނާ ތަކުރުފާނެވެ. އޭނާ ގޮސް ނަވުގެ ކައްޕިތާނުގެ ރީތި އަނބިމީހާ ނޫން އެހެން އެންމެން ޤަޠުލު ކުރުމަށްފަހު، އޭނާ ގޮވައިގެން ގޮސް އޭނާއާ ކައިވެނިކޮށް، އޭނާގެ ޕޯޗުގީޒު ދަރިއަށް މުޙައްމަދޭ ކިޔައި ނަންދީ، އިސްލާމެއްގެ ގޮތުގައި ތަރުބިއްޔަތު ކޮށްފިއެވެ. މި އަންހެންމީހާ އަކީ ޚާންޒީ ކަމަނާއެވެ. ކަޅު އުބުށޭމާއި ޚާންޒީ ކަމަނާއަށް ދަރިއެއްވެސް ލިބުނެވެ. އޭނާއަށް ކީ މަތުއްކަލާއެވެ.

މިހެން ކިޔާލާއިރު، ކުރީ ޒަމާނުގެ ލޯބީގެ ވާހަކައެއް ކަހަލައެވެ. ގްރީކް އެޕިކެއް ކަހަލައެވެ. މި ވާހަކަ އެކަމަކު މި ހިސާބުން ނިމުނީކީ ނޫނެވެ. ކަޅު އުބުށޭމު ކުރި މި ކުޑަކުޑާ ކަންތައް ވެގެންދިޔައީ ދިވެހި ޤައުމުގެ ތާރީޚު ދުށް އެންމެ އަނދިރި ދައުރު އުފަންވުމުގެ އަޞްލުކަމުގައެވެ. ޚާންޒީކަމަނާގެ ޕޯޗުގީޒު ދަރި އަކީ، ފަހުން ދިވެހިރާއްޖެ އަޅުވެތި ކުރި އަނދިރިއަނދިރިން ނުވަތަ ކެޕްޓަން އަންޑްރިއަސް އާންޑްރޭ އެވެ. މި މުޙައްމަދު ބޮޑުވެގެން ދިޔައިރު، އޭނާގެ މަންމާގެ ޙާލަތާމެދު އޭނާގެ ހިތުގައި ދިވެހިންގެ މައްޗަށް އުފެދޭނޭ ނަފުރަތު އަޅުގަނޑުމެންނަށް އޮތީ އަންދާޒާކޮށްލުމެވެ. އޭގެ ނަތީޖާ އާއި އޭނާގެ ނުބައި ނުލަފާކަން ފެނުނީ، އޭނާގެ އެއްބަނޑު ކޮއްކޮ މަތުއްކަލާ މަރާލުމަށްފަހު ގޯވާއަށް ގޮސް ޕޯޗުގީޒު ނަވެއް ހިފައިގެން އައިސް ރާއްޖެ ހިފައި، ދިވެހި ތާރީޚު ދުށް އެންމެ އަނދިރި ދުވަސްތައް ދައްކާން ފެށުމުންނެވެ.

ދަންނަވަން މި އުޅޭ ވާހަކައަކީ، ތާރީޚު ފޮތްތަކުގައި ސުރުޚީތަކާއި އަރިމަތީ ސުރުޚީތަކުގައި ނުލިޔެވޭ އެތައް ނަމެއް، ސުރުޚީއަށް އަރާނީ ކޮން ނަންތަކެއްތޯ ކަނޑައެޅުމުގައި ސީދާ އަދި ނުސީދާ ގޮތެއްގައި މުހިއްމު ދައުރުތައް އަދާކުރާ ވާހަކައެވެ. ބުރަކިރަނިންގެ ބަހަށް ކަޅުއުބުށޭމު އިދިކޮޅު ހެއްދެވިނަމަ، ދޮންބުޅާފާށަނާ ރަދުން ޤަތުލުކުރަން އެހާ ފަސޭހަވީސް ހެއްޔެވެ؟ ޚާންޒީކަމަނާ އައި ނަވުގައި އޭނާގެ ފިރިމީހާއާއެކު އޭނާ މަރުވެ ދިޔަނަމަ، އަނދިރިއަނދިރީން އުފަންވެސް ނުވީހެވެ. ނުސީދާ ގޮތެއްގައި ބަލާނަމަ، މި ދެ ހާދިސާގެ ވެސް މެދުވެރިއަކަށް މިވީ ގާފަރު ކަޅު އުބުށޭމާއި އޭނާގެ ދަހިވެތިކަން ނޫންތޯއެވެ؟ އެއް ފަހަރު ޖާހާއި މަޤާމަށެވެ. އަނެއް ފަހަރު ރީތި އަންހެނަކު އޭނާގެ އަންތްބަކަށް ހެދުމަށެވެ.

މާޒީ އަކީ ހަމައެކަނި އަޤުލަބިއްޔަތަށް، ނުވަތަ ނަޞްރު ލިބޭ މީހުންނަށް ނުވަތަ ވެރިންނަށް ޚާއްޞަ އެއްޗެއް ނޫނެވެ. މާޒިއަކީ ހުރިހާ ތަނެއްގައި، ހުރިހާ އެންމެންނަށް ވީ ހުރިހާ ކަމެއްގެ ޔައުމިއްޔާއެވެ. އަހައްމިއްޔަތު މި ދެވެނީ، އެ ކަމެއްގެ ނަތީޖާގެ ބުރަދަނަށް ބަރޯސާވެގެންނެވެ. ބޮޑުކަމެއް ހިނގުމުގެ މަސްދަރު ކަމުގައިވާ މީހާ ނުވަތަ ހާދިސާއަކި ތާރީޚުން ޖާގަ ލިބެންޖެހޭ މީހާ ނުވަތަ ހާދިސާކަމުގައި ދެކިގެންނެވެ. އެހެންނަމަވެސް ވަރަށް ގިނަ ޙާލަތްތަކުގައި މީހާގެ އަދި ހާދިސާގެ މުހިއްމުކަން މި ކަނޑައެޅެނީ އޭނާގެ ޖާހާއި މަޤާމަށް ރިޢާޔަތްކުރުމަށްފަހުގައެވެ. އަހަރެމެން ތާރީޚު ދިރާސާކުރާ ދަރިވަރުން ހަނދާންކުރަންޖެހެނީ، އުބުށޭމު ފަދަ އެތައް ބަޔަކު ތާރީޚުގެ ޞަފުޙާތަކުގެ ތެރޭ ބޮނދައިގެން ތިބޭނޭކަމެވެ. ރަހުންނާއި ރަނިން އުފައްދަނީ މި ކަހަލަ އާދައިގެ މީހުން ނޫންތޯއެވެ؟ އެމީހުން ނިންމާ އާދައިގެ ނިންމުންތަކުން ނޫންތޯއެވެ؟

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox