މަރުވެފައި އޮތް ބޮޑުމަހެއް ވ. އަތޮޅު އެތެރެވަރީގައި އޮޔާދަނީ

ވ. އަތޮޅު އެތެރެވަރީގައި ބޮޑުމަހެއް އޮޔާދަމުންދާ މަންޒަރު ހިމެނޭ ވީޑިއޯއެއްގެ ސްކްރީންޝޮޓް

ވ. އަތޮޅު އެތެރެވަރީގައި ބޮޑުމަހެއް އޮޔާދަމުންދާ މަންޒަރު ހިމެނޭ ވީޑިއޯއެއްގެ ސްކްރީންޝޮޓް

މަރުވެފައި އޮތް ބޮޑު މަހެއް ވ. އަތޮޅު އެތެރެވަރީގައި އޮޔާދާތީ ވ. އަތޮޅު ކައުންސިލުން ފުލުހުންގެ ސަމާލުކަމަށް އެކަން ގެެނެސްފި އެވެ.

މަރުވެފައި އޮތް ބޮޑު މަހެއް ކަނޑުމަތީ އޮއްވައި ފެންނަ މަންޒަރުގެ ވީޑިއޯއެއް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވަނީ ޓްވީޓާ މެދުވެރިކޮށް ހިއްސާކުރައްވައިފަ އެވެ.

"މަރުވެފައިވާ ބޮޑު މަހެއް ވ. އަތޮޅު މަޑަންގިރިއޭ ކިޔާ ފަޅު ކައިރިން ފެނިގެން ވ. އަތޮޅު ޕޮލިސް އިން ވަނީ ރިޕޯޓްކޮށްފައި،" ވީޑިއޯއާއެކު ޝުޖާއު ކުރެއްވި ޓްވީޓްގައިވެ އެވެ.

ޝުޖާއު މި ނޫހަށް ވިދާޅުވި ގޮތުގައި މި މަސް އެތެރެވަރީގައި އޮޔާދާކަން ފުލުހުން ކައުންސިލަށް ރިޕޯޓު ކުރީ މިއަދު ހެނދުނު ހަތެއް ޖަހާކަށް ހާއިރެވެ. އެއީ "ފެންނަ ފެނުމަށް" ގާތްގަނޑަކަށް 25 ފޫޓުގެ ދިގުމިނެއްގެ "ހަމްޕްބެކް ވޭލް" އެއް ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ޒާތުގެ މަހަކީ ވ. އަތޮޅު އެތެރެވަރިން އާންމުކޮށްވެސް ފެންނަ އެއްޗެއް، ވަރަށް ގިނައިން މި އަތޮޅު ހުޅިދޫ، އާރަށް، ފެލިދޫ ކައިރިން މީގެ މަސް ފެނޭ،" ޝުޖާއު ކިޔައިދެއްވި އެވެ.

މި ކަން ކަމާ ބެހޭ ހުރިހާ ވުޒާރާއަކާއި އިދާރާއަކަށް ރިޕޯޓް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ފިޝަރީޒް މިނިސްޓްރީ އާއި، އެންވަޔަރަމެންޓު މިނިސްޓްރީ އާއި، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހިމެނެ އެވެ.

އެ ބޮޑުމަސް އަދި ކަނޑުން ނެގުމުގެ މަސައްކަތެއް ކައުންސިލުން ނުކުރެ އެވެ. ޝުޖާއު ވިދާޅުވި ގޮތުގައި ކައުންސިލުންނާއި ފުލުހުން ވެސް އިންތިޒާރު ކުރަނީ ފިޝަރީޒް މިނިސްޓްރީގެ އިރުޝާދަށެވެ.

"އަދި އެއްވެސް އިދާރާއަކުން އިރުޝާދެއް ނުދޭ، މި ކަމުގައި އަމަލު ކުރާނެ ގޮތެއް، މި ކަމަށް ނެތް ވަކި ހާއްސަ އުސޫލެއް ވެސް،" ޝުޖާއު ވިދާޅުވި އެވެ.

"މަސް ނަގާނީތޯ، ނަގާފައި ބާއްވާނީ ކޮންތާކުތޯ، މަހާ މެދު ދެން އަމަލު ކުރާނީ ކިހިނެއްތޯ، އެކަމަށް މިނިސްޓްރީން އިރުޝާދު ދިނީމައި އަޅުގަނޑުމެން އެ ކަމަކަށް އަމަލު ކުރާނަން،"

މި ކަމުގައި ފިޝަރީޒް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox