ބަޝުންދަރާ އިން މާޒިޔާ ބަލިކޮށްފި

ބަޝުންދަރާ އިން މާޒިޔާ ބަލިކޮށްފި

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގައި މިރޭ ކުޅުނު މެޗުން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 1-0 އިން ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސް މޮޅުވެއްޖެ އެވެ.

ބަޝުންދަރާ އިން މި ވަނީ ޖެހިޖެހިގެން ދެ އަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާ ބަލިކޮށްފަ އެވެ. މިދިޔަ އަހަރުގެ މުބާރާތް ސެންޓްރަލައިޒްކޮށް މާލޭގައި ކުޅުނުއިރު، ބަޝުންދަރާ މޮޅުވީ 2-0 އިންނެވެ.

ބަޝުންދަރާގެ ކޯޗަކަށް ހުރީ ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން ސްޕެއިންގެ އޮސްކާ ބްރުޒޮން އެވެ. އޮސްކާ، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބަޝުންދަރާއާ ހަވާލުވި ފަހުން ވަނީ އެކުވެރިކަމުގެ މެޗެއްގައި ނިއު ރޭޑިއަންޓް ބަލިކުރުމުގެ އިތުރުން އޭއެފްސީ ކަޕްގައި މާޒިޔާ ދެ ފަހަރު އަދި ޓީސީ ސްޕޯޓްސް ކްލަބް އެއް ފަހަރު ބަލިކޮށްފަ އެވެ.

ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗަށް ނުކުތްއިރު މާޒިޔާ ޓީމުން އެންމެ ފަހުން ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކަށް ނެރުނު ފުރަތަމަ އެގާރަ އަށް އައި ބަދަލަކީ މުހައްމަދު އިރުފާން (އިރޭ)ގެ ބަދަލުގައި ހުސެއިން ނިހާން (ނިހާޓް) ފުރަތަމަ އެގާރައިގައި ހިމެނުމެވެ. މާޒިޔާގެ ކެޕްޓަނަކަށް ހުރީ، ވައިސް ކެޕްޓަން، ހަސަން ޝިފާޒް (ޑުންގާ) އެވެ.

ބަޝުންދަރާ އިން މެޗު ފަށައިގެން ފުރަތަމަ 10 މިނިޓް ތެރޭގައި ރަނގަޅު އެޓޭކްތަކެއް ކުރި އެވެ. އެ ގޮތުން މެޗުގެ ހަތަރު ވަނަ މިނިޓްގައި ބަޝުންދަރާ ޓީމަށް ކުޅޭ ގެމްބިއާގެ ފޯވާޑް ނުހާ މުރޮން ބޮލުން ޖެހި ބޯޅަ މާޒިޔާ ކުޅުންތެރިން ވަނީ ބްލޮކްކޮށްފަ އެވެ. މެޗުގެ އަށް ވަނަ މިނިޓްގައި ބަޝުންދަރާގެ ސޮހޭލް ރާނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މާޒިޔާގެ ފުރަތަމަ ހަމަލާ ފެނުނީ މެޗުގެ 10 ވަނަ މިނިޓްގަ އެވެ. މާޒިޔާ އަށް ކުޅޭ ސެއިން ވިންސެންޓްގެ ފޯވާޑް، ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ބޯޅަ އަމާޒުވީ ބަޝުންދަރާ ގޯލުގައި ހުރި ބަންގްލަދޭޝް ގައުމީ ޓީމުގެ ކީޕަރު އަނީސުރް ރަހްމާން ޒީކޯ އަތަށެވެ. އޭގެ ޖެހިގެން އައި މިނިޓްގައި ބަޝުންދަރާގެ ކެޕްޓަން، ބްރެޒިލްގެ ރޮބީނިއޯ ޖެހި ބޯޅައެއް މާޒިޔާގެ ކީޕަރު، ނޭޕާލް ގައުމީ ޓީމުގެ ކިރަން ކުމާރް ޝެމްޝޮން ވަނީ މަތަކޮށްފަ އެެވެ.

ފުރަތަމަ 15 ވަރަކަށް މިނިޓަށް ފަހު މާޒިޔާ އިން ބޯޅަ ހިފަހައްޓައިގެން ކުޅެން ފަށައި، މެޗުގެ 19 ވަނަ މިނިޓްގައި ރަނގަޅު ފުރުސަތެއް ހޯދި އެވެ. އެކަމަކު، ކޯނޭ އަށް ބަޝުންދަރާ އޭރިއާތެރެއިން ރަނގަޅަށް ބޯޅަ ކޮންޓްރޯލް ނުކުރެވި ފުރުސަތު ގެއްލުނީ އެެވެ. މެޗުގެ 24 ވަނަ މިނިޓްގައި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ޝޮޓެއް ކީޕަރު އަނީސުރް އަތުގައި ޖެހިފައި ނުކުތުމުން، މާޒިޔާގެ ސްޕެއިން މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒަށް ރަނގަޅަށް ފޮނުވާނުލެވުނެވެ.

ގޯލު ޖެހުމަށް ފަހު ބަޝުންދަރާ ކުޅުންތެރިން އުފާފާޅުކުރަނީ.

ބަޝުންދަރާ އިން މި މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ 33 ވަނަ މިނިޓްގަ އެވެ. މިއީ ބަޝުންދަރާގެ ގެމްބިއާ ފޯވާޑް، ނުހާ ޖެހި ގޯލެކެވެ. މިއީ ބަޝުންދަރާ އިން ހާފުގެ މެދެއްހާ ހިސާބުން މަތިން ކުޅުނު ބޯޅައެއް އޭރިއާތެެރެއިން ފެނުޖެހިފައި އައިވަގުުތު ނުހާ ބޮލުން ޖެހި ގޯލެކެވެ. ނުހާ މި ގޯލު ޖެހީ މާޒިޔާގެ ޑިފެންޑަރު، ސަމޫހު އަލީ (ސަމުއްޓެ) އާއި ކީޕަރު ކިރަން މެދުތެރެއިން އަރަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އަށް ނަތީޖާ ހަމަހަމަކުރެވޭތޯ ކުރި މަސައްކަތުގައި ކޯނޭ ޖެހި ބޯޅައެއް ކީޕަރު އަނީސުރް ވަނީ މަތަކޮށްފަ އެވެ. މިއީ މާޒިޔާގެ ނާއިޒު ހަސަން (ދާދު) ހުސްކޮށްލާފައި ދިން ބޯޅައަކުން ކޯނޭ ޖެހި ޝޮޓެކެވެ.

ދެ ވަނަ ހާފުގައި މާޒިޔާގެ ފުރަތަމަ ފުރުސަތު ލިބުނީ ފަހަތަށް ކުޅޭ ސާބިއާގެ ޑިފެންޑަރު، ނަމާންޏާ ކާޓާލް އަށެެވެ. ހިލޭޖެހުމަކުން ޓަނާ ނަގައިދިން ބޯޅައަކުން ކާޓާލް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް މާޒިޔާ އިން ދެ ވަނަ ހާފުގައި ކުޅުނެވެ. ބަޝުންދަރާ އޭރިއާތެރެއިން ރަނގަޅު ފުރުސަތު ހޯދިއިރު، ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. ޓަނާ އާއި ނިހާޓް ފަޔަށް ރަނގަޅަށް ބޯޅަ ލައްވާނުލިއިރު، ކޯނޭގެ ޝޮޓް އަނީސުރް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި މާޒިޔާ އިން ވަނީ ދެ ފަހަރެއްގެ މަތިން ޕެނަލްޓީ އަކަށް ވެސް އެޕީލްކޮށްފަ އެވެ. އެއީ ދާދު އަށް އޭރިއާތެރެއިން ކުރި ފައުލަކަށާއި ބަޝުންދަރާގެ ޑިފެންޑަރު ބިޝްވަނާތު އަތުގައި ޖެހުނު ކަމަށް ބުނެ އެވެ.

މެޗުގެ 76 ވަނަ މިނިޓްގައި ބަޝުންދަރާ އިން ކައުންޓަ އެޓޭކެއްގައި ރަނގަޅު ހަމަލާއެއް އުފެއްދި އެވެ. ބަޝުންދަރާގެ ބްރެޒިލް މިޑްފީލްޑަރު މިގޭލް ފެރޭރާ ޖެހި ބޯޅަ ކީޕަރު ކިރަން ވަނީ މަތަކޮށްފަ އެވެ.

މާޒިޔާގެ ހަމްޕު ޖެހި ދެ ބޯޅައެއް ބަޝުންދަރާ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. ދެ ވަަނަ ހާފުގައި ބަދަލެއްގެ ގޮތުގައި މާޒިޔާ އިން ވަނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ކުޅެން އަރުވައިފަ އެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގައި ކުޅުނު ފުރަތަމަ މެޗުން މިއަދު ހަވީރު، އިންޑިއާ އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރަލާ ވަނީ 4-2 އިން އިންޑިއާ ސުޕަ ލީގުގެ ޓީމު، އޭޓީކޭ މޯހަން ބަގާން ބަލިކޮށްފަ އެވެ. އޭއެފްސީ ކަޕްގެ މެޗުތައް ދެން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ހަވީރު، ބަޝުންދަރާ ކުޅޭނީ އޭޓީކޭ މޯހަން ބަގާންއާ އެވެ. އެ ރޭ ކުޅޭ މެޗުގައި ގޯކުލަމް ކެރަލާ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox