އަނދުން ހުސައިނާ ގުޅޭގޮތުން ނަޝީދު ފޮނުވި މެސެޖްތައް ތަހުގީގަށް ދޭން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) - ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) - ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރު ބަޔަކު ދިން ބޮމުގެ ހަމަލާއާ ގުޅުވައި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އަށް ތުހުމަތުތަކެއް ކުރައްވައި ފޮނުއްވި މެސެޖްތައް ތަހުގީގަށް ދޭން މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއަށް އަހަރެއް ފުރި އެ ވާހަކަތައް އަލުން ގަދަވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްއަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ހަމަލާގެ ތަހުގީގަށް މެންބަރު ހުސައިން ޝަހީމް ހުރަސް އަޅަމުންދާ ކަމަށް ލިޔުއްވައިފަ އެވެ.

ވަޓްސް އެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖްތައް ހުސައިނަށް ދޭން އެދި ހުށަހެޅި މައްސަލާގައި އާންމު ކޮމިޓީގެ ލަފައަކަށް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ފޮނުވި މައްސަލަ މެންބަރު ހުސައިން ބޭނުންވާ ގޮތަށް ފާސްކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

Advertisement

ޝާހިދު ވިދާޅުވީ މެންބަރު ހުސައިން ހުށަހެޅުއްވި މައްސަލައިގައި ވަނީ ތަހުގީގީ އިދާރާއަށް މައްސަލަ ހުށަހެޅުމަށް މެންބަރަށް ލިޔުންތައް ދިނުމަކީ ތަހުގީގީ އިދާރާއަށް އެ ލިޔުންތައް ދިނުން ކަމަށް ވިޔަސް އެ މެންބަރަކާ ގުޅޭ ގޮތުން ކުރާ ތުހުމަތުތައް ބަލަން އެދެވެން ވާނެ ކަމަށެވެ.

ޝާހިދުގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވަމުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝީދު (ރާޑޯ) ވިދާޅުވީ ނަޝީދު ފޮނުއްވި މެސެޖްތަކުގައި ލިޔުއްވާފައިވާ ކަންކަމުގެ ޒިންމާ ނަޝީދަށް ނެގެން ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަޝީދު ނަން ވިދާޅުނުވެ ރާޝީދު މުހާތަބު ކުރެއްވީ "މެސެޖް ފޮނުއްވި ބޭފުޅާ" އެ ގޮތަށެވެ.

"އެ ބޭފުޅަކު ލިޔުއްވާ މެސެޖްތަކުގެ ޒިންމާ އެ މެސެޖެއް ލިޔުއްވާ ބޭފުޅަކަށް (ރައީސް ނަޝީދަށް) ނެގެން ވާނެ، މިހެން ހުންނަ މެސެޖްތައް [ތަހުގީގީ އިދާރާއަކަށް ވެސް] ދިނުމަކީ މާ ބޮޑު މައްސަލައެއް ކަމުގައި ނުދެކެން،" ރާޝިދު ވިދާޅުވި އެވެ.

ޝާހިދުގެ ހުށަހެޅުއްވުމަށް މެންބަރަކު ތާއީދު ކުރެއްވުމުން ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވޯޓަށް އެއްސެވި އެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ގޮތަށް ފާސްވި އެވެ.

ނަޝީދަށް އެެޑްރެސް ކުރައްވައި ހުސައިން ފޮނުއްވި ސިޓީގައި ވަނީ އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ހުސައިންގެ ބައިވެރިވުމެއް އޮތް ކަމަށް ދޭހަވާ ގޮތަށް މިދިޔަ އާދީއްތަ ދުވަހު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަކީ އޭނާގެ ހައްގާއި އިމްތިޔާޒްތަކަށް އުނިކަން އަންނަ ގޮތަށް ދެއްކެވި ވާހަކަފުޅުތަކެއް ކަމަށެވެ.

ހުސައިން ފޮނުވި ސިޓީގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކު ކޮމިޓީން ވެސް ވަނީ ނިންމައިފަ އެވެ.

ހުސައިންގެ ސިޓީއާ ގުޅޭ މައްސަލައެއް އާންމު ކޮމިޓީއަށް ނަޝީދު ފޮނުވީ އެ ސިޓީގައި މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމަށްޓަކައި މި މަހުގެ އަށްވަނަ ދުވަހުގެ ރޭ 7:01 އިން 8:26 އަށް މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖްތަކުގެ ކޮޕީއެއް ދިނުމަށް އޭނާ އެދިވަޑައިގެންފައިވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox