ވަސީލަތްތައް މަދު ގައުމުތަކުގެ ޓީޗަރުންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް ވިލާ ކޮލެޖުގެ ދިރާސާއެއް

މި ބައްދަލުވުން ނިންމާލުމަށް އިއްޔެ ވިލާ ކޮލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން. މި ދިރާސާގައި ރާއްޖޭގެ އިތުރުން ނޭޕާލާއި އަފްގާނިސްތާނު ބައިވެރިވާނެ --- ފޮޓޯ: ވިލާ ކޮލެޖް

މި ބައްދަލުވުން ނިންމާލުމަށް އިއްޔެ ވިލާ ކޮލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން. މި ދިރާސާގައި ރާއްޖޭގެ އިތުރުން ނޭޕާލާއި އަފްގާނިސްތާނު ބައިވެރިވާނެ --- ފޮޓޯ: ވިލާ ކޮލެޖް

ވަސީލަތްތައް މަދު ގައުމުތަކުގެ ޓީޗަރުންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމުގެ ގޮތުން ވިލާ ކޮލެޖު އިސްވެ ކުރިއަށް ގެންދާ ބައިނަލްއަގްވާމީ ރިސާޗް ޕްރޮޖެކްޓުގެ ފުރަތަމަ މަސައްކަތު ބައްދަލުވުން ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

މި ރިސާޗު ކުރިއަށް ގެންދިޔުމުގައި އިސްކޮށް ހުންނެވީ ވިލާ ކޮލެޖުގެ އެސިސްޓަންޓް ޕްރޮފެސަރު ޑރ. އައިޝަތު ނަޝީދާ އެވެ. މިއީ ނޮވެމްބަރު 1، 2021 ގައި އިފްތިތާހު ކުރި ދިރާސާއެކެވެ.

އެގޮތުން، ދިރާސާގެ ފުރަތަމަ ބައްދަލުވުމުގައި މުސްތަގުބަލުގައި ހިންގުމަށް ރާވާ ހަރަކާތްތަކާއި، ލޭންޑްސްކޭޕް މެޕިން އިން ހޯދިފައިވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ. ޓީޗަރުން ތަމްރީނު ކުރުމުގެ ނިޒާމު ރާވައި ހިންގާގޮތާއި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓު ކުރިއަށްދާ ގޮތް ދެނެގަތުމަށް ހެދި ލޭންޑްސްކޭޕް މެޕިން ރިޕޯޓު ވެސް އިއްޔެ ވަނީ ޝާއިއުކޮށްފަ އެވެ.

Advertisement

"ދިރާސާގެ މައިގަނޑު ހޯދުންތަކަށް ބަލާއިރު ތިން ގައުމުގައި ވެސް ވަރަށް އެއްގޮތް ކަންކަން އެބަހުރި. ގައުމުތަކަށް ބަލާއިރު ޓީޗަރުންގެ ޑިވެލޮޕްމަންޓު [ކުރިއެރުމަށް ކުރާ ކަންކަން] އާ ގުޅޭ ދިރާސާތަކެއް ހެދިފައެއް ނުވޭ،" ނަޝީދާ ވިދާޅުވި އެވެ.

މިއީ އިންޑިއާގެ ޓާޓާ އިންސްޓިޓިއުޓް އޮފް ސޯޝަލް ސައިންސަސް އަދި ސްވީޑިޝް ކޮމިޓީ އޮފް އަފްގާނިސްތާން އާ ގުޅިގެން ވިލާ ކޮލެޖު އިސްވެ ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. އަދި، ފަންޑު ކުރީ ކެނަޑާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓު ރިސާޗު ސެންޓަރާއި ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިއުކޭޝަން ރިސާޗް އެންޑް އިނޮވޭޝަނުންނެވެ.

އަފްގާނިސްތާނާއި ނޭޕާލް އަދި ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖުތަކުން މި ދިރާސާގައި ބައިވެރިވެފައިވެ އެވެ. މި ގައުމުތަކުގެ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ދާއިރާ އަދި އެ އެ ދާއިރާގައި ހަރަކާތްތެރިވާ މުދައްރިސުންނަށް ކުރިއަށް ދިޔުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް މި ދިރާސާއާ އެކު އެނގިގެންދާނެ އެވެ.

އެގޮތުން، ސަގާފީ ގޮތުންނާއި ގައުމުތަކުގެ ޖިއޮގްރަފީގެ ގޮތުން އަދި އެހެނިހެން ނާޒުކު މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ މިންތީ މައްސަލަތަކާއި، ޝާމިލްކުރުމާ ގުޅޭ މައްސަލަތަކުގެ އިތުރުން އެހެނިހެން މައްސަލަތަކަށް ވެސް މި ދިރާސާއިން ހައްލު ހޯދަން ވަނީ އަމާޒު ހިފާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox