މާޒިޔާ އަށް ވެސް ފުރުސަތު އެބައޮތް، ކޯޗު ޖެސިކް ދެނީ އެ ޔަގީންކަން

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޖެސިކް.-

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޖެސިކް.-

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ ފޭވަރިޓުން ކިޔާއިރު، ގިނަ ބަޔަކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ނަން ނުގެނައި ނަމަވެސް އެ ޓީމަށް ވެސް ފުރުސަތު އެބައޮތް ކަމަށް މާޒިޔާގެ ކޯޗު ސާބިއާގެ ކޯޗު މަޔޮޑްރަގް ޖެސިކް ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕް ޑީގެ މެޗުތައް މި ފަހަރު ކުޅެނީ ސެންޓްރަލައިޒްކޮށް، އިންޑިއާގެ ކަލްކަތާގަ އެވެ. މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގައި ހުރިހާ މެޗެއް ކުޅޭއިރު، މާޒިޔާގެ އިތުރުން ދެން ހިމެނެނީ، އިންޑިއާގެ ދެ ޓީމު ކަމަށްވާ އައި ލީގުގެ ޗެމްޕިއަން، ގޯކުލަމް ކެރަލާ އާއި ސުޕަ ލީގުގެ ޓީމު އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ.

މިދިޔަ އަހަރު ސެންޓްރަލައިޒްކޮށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ބޭއްވީ މާލޭގަ އެވެ. އޮަގަސްޓް މަހު މެޗުތައް ކުޅުނުއިރު، މާޒިޔާ ތިން މެޗުން ވެސް ވީ ބައްޔެވެ. ފުރަތަަމަ މެޗުގައި ބަޝުންދަރާ ކިންގްސް އަތުން 2-0 އިން ބަލިވި އެވެ.

"މިދިޔަ އަހަރު ހިނގި ކަންތައްތަކަކީ ތާރީހުގައި ހުންނާނެ ކަންތައްތައް. އެއީ މާޒީ. އެ އަށް އަހަންނެއް ނުވިސްނަން. މިދިޔަ އަހަރު ތިބުނިހެން (އަމިއްލަ ގައުމުގައި ކުޅުމުގެ ޕްރެޝަރު އޮތީ ކަމަށް) ވެދާނެ، އެކަމަކު، މި ފަހަަރަކު، ކުުޅުންތެރިންނަކަށް ޕްރެޝަރެއް ނެތް. އަހަރެމެން މި އައީ އަމިއްލަ ފެންވަރު ސާބިތުކޮށްދީ ފުރުސަތު ތަކުގެ ބޭނުންހިފަން،" މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޖެސިކް ބުންޏެވެ.

"އަހަރެން ބޭނުމީ އަމިއްލަ ކޮންޓްރޯލް އޮތް ކަންތައްތަކުގެ ބޭނުންހިފައިގެން ރަނގަޅަށް ޕްލޭނެއް ކޮށްގެން މަސައްކަތް ކުރަން. މިއީ ފުޓްބޯޅަ، ނަތީޖާ ނެރެން މަސައްކަތް ކުރުން އޮތީ،"

އެންމެންގެ ނަޒަރުގައި ފޭވަރިޓުންނަކީ އޭޓީކޭ މޯހަން ބަގާން ނޫނީ ބަޝުންދަރާ އަށް ވުމަކީ މަައްސަލައެއް ޖެސިކަށް މައްސަލައެއް ނޫނެވެ. ކޮންމެ ކަމެއް ވެސް މާޒިޔާ އިން ވިސްނާނީ އެ ޓީމަށް ޕޮޒިޓިވް ނަޒަރަކުން ކަމަށް ޖެސިކް ވަނީ ބުނެފަ އެވެ.

"އެންމެން ވެސް ފޭވަރިޓުންގެ ގޮތުގައި މި ކިޔަނީ މި ދެ ކްލަބް (ބަޝުންދަރާ އާއި އޭޓީކޭ) އަށް. އަހަރެމެން އެބަ ގަބޫލުކުރަން ޖެހޭ މީގެ އަހަރެމެންނަށް ވެސް ފުރުސަތު އޮތްކަން. މި އައީ ރަނގަޅަށް ކުޅެ ނަތީޖާ ނެރެން. ކޮންމެ ކުޅުންތެރިއަކު 100 ޕަސެންޓް ދޭނެ. ޕޮއިންޓް ހޯދަން ކުރަން ޖެހޭ މަސައްކަތަށް ފޯކަސް ކުރާނަން. މެޗު ދާ ގޮތް ބަލާފައި، ރަނގަޅު ވަގުތަށް އިންތިޒާރުކުރުން ވެސް އެބައޮތް،" އޭޝިއާ، ޔޫރަޕް އަދި އެފްރިކާގެ ފުޓްބޯޅައިގެ ތަޖުރިބާ ލިބިފައިވާ ކޯޗު ޖެސިކް ބުންޏެވެ.

ޖެސިކް މި ފަހަރުގެ މުބާރާތަށް ތައްޔާރުވަމުން އައިއިރު، އެކަށީގެންވާ މިންވަރަށް ޓީމުތަކުގެ މައުލޫމާތު އެއްކޮށްފައިވާނެ ކަމަށް ޖެސިކް ވަނީ ބުނެފަ އެެވެ.

އޭޓީކޭ މޯހަން ބަގާން ނޫން ދެން ގްރޫޕްގައި އޮތް ތިން ކްލަބް ވެސް ވަނީ ކައިރި މުސްތަގުބަލެއްގައި ލީގު މެޗުތަކެއް ކުޅެފަ އެވެ. އެއީ އޭޓީކޭއާ އަޅާކިޔާއިރު، ދެން އޮތް ޓީމުތަކަށް އޮތް އެޑްވާންޓޭޖެއް ނޫންތޯ އެހުމުން ޖެސިކް ބުނީ ކޮންމެވެސް ވިސްނުމަކުން ބަލާއިރު، އެއީ އެޑްވާންޓޭޖެއް ކަމަށް ބުނެވިދާނެ ކަމަށެވެ. އެކަމަކު، އެއީ އޭޓީކޭ މޯހަން ބަގާން އަށް މާ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ޖެސިކް ގަބޫލުކުރެ އެވެ.

"އަހަރެމެންނަށް އެޑްވާންޓޭޖެއް އޮތް ކަމަށް ބެލެވިދާނެ. އެކަމަކު، އޭޓީކޭ އަށް އެނގޭނެ އެ މީހުން ކުރަން ޖެހޭ ކަންތައްތައް. އެ ވަރުގެ ކޮލިޓީ ހުންނާނެ. ދެން، (މާޒިޔާ އަށް) ތިން މެޗު ވެސް ރޭގަނޑު އޮތުމަކީ ފަސޭހައެއް ކަމަށް ގަބޫލުކުރެވޭ،" ޖެސިކް ބުންޏެވެ.

ބަޝުންދަރާ ކިންގްސްގެ ބިދޭސީ ކުޅުންތެރިންނާ މެދު ދެކެނީ ކިހިނެއްތޯ އެހުމުން ޖެސިކް ބުނީ އޭނާ އަކީ އިންޑިވިޖުއަލް ކުޅުންތެރިންނާ ބެހޭގޮތުން ވާހަކަ ދައްކާ މީހެއް ނޫން ކަމަށެވެ. އަމިއްލަ ޓީމު ވިޔަސް އިދިކޮޅު ޓީމު ވިޔަސް ދެކޭގޮތް ހާމަކުރާނީ ޖުމްލަކޮށް މުޅި ޓީމާ ބެހޭގޮތުން ކަމަށް ޖެސިކް ވަނީ ބުނެފަ އެވެ.

މިއީ މާޒިޔާ އިން އޭއެފްސީ ކަޕްގައި ކުޅޭ އަށް ވަނަ ފަހަރެވެ. ލީގު ސީޒަނަށް ބަލާއިރު، މާޒިޔާ އިން އެންމެ ރަނގަޅު ރެކޯޑަކާ އެކު ނުކުންނާނީ މި ފަހަރުގެ އޭއެފްސީ ކަޕަށެވެ. މާޒިޔާ އިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން ލީގުގެ ފުރަތަމަ 12 މެޗަށް ފަހު އެންމެ ރަނގަޅު ހިސާބެއްގައި އޮތީ މި ފަހަރު އެވެ. އެ ގޮތުން 12 މެޗު ކުޅެގެން 11 މޮޅު ހޯދިއިރު، 50 ގޯލު ޖެހި އެވެ. ބައިކޮޅަށް ވަނީ އެންމެ ތިން ގޯލެވެ. ފައިދާ ގޯލަކީ 47 އެވެ.

މާޒިޔާ އާއި ބަޝުންދަރާ ކިންގްސް ކުޅޭ މެޗު ފަށާނީ މާދަމާރޭ 20:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox