އިންޑިއާއާ ގުޅޭ ބަހުސަކަށް ޔާމީން ތައްޔާރު، ސަރުކާރަށް ދައުވަތު

ރައީސް އަބްދުالله ޔާމީން: އިންޑިއާއާ ގުޅޭ ޕެނަލް ޑިސްކަޝަނަކަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް އަބްދުالله ޔާމީން: އިންޑިއާއާ ގުޅޭ ޕެނަލް ޑިސްކަޝަނަކަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިންޑިއާއެކު މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅިގެން ރައްޔިތުންނަށް އޮތް ގެއްލުންތައް ހާމަކޮށް އެކަމުގައި ސަރުކާރަށް ރައްދުދީ ބަހުސްކުރުމަށް ޕެނަލް ޑިސްކަޝަނަކަށް އަރާވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.

ފަސް އަހަރުގެ ޖަލު ހުކުމަކުން މިންޖުންވެ, މިނިވަންވެވަޑައިގެންނެވި ފަހުން ޔާމީން އެންމެ ބޮޑު ސިޔާސީ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދަވަނީ "އިންޑިއާ އައުޓް" ކެމްޕެއިނެވެ. ޔާމީން ވިދާޅުވާ ގޮތުގައި, އިންތިހާބާ ހަމައަށް ދެވޭނީ އެހާއިރަށް ވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ބީވެނުދީ ހިފަހައްޓަން ޖިހާދުކޮށްގެންނެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ކޮންމެ ސިފައެއްގައި ނަމަވެސް ތިބުމާއި މިނިވަން ކަމަށް ގެއްލޭ ގޮތަށް ކަމަށް އެމަނިކުފާނަށް ގަބޫލު ކުރެއްވޭ ގޮތަށް އިންޑިއާ އާއި ރާއްޖެއާދެމެދު ހަދާ އެއްބަސްވުންތަކާއި ނަގާ ލޯނުތަކާ ދެކޮޅަށް ޔާމީން އަޑުއުފުލައްވަމުން ގެންދަވާއިރު, އެކަން ހުއްޓުވުމަށް ސަރުކާރުން ގެންދަނީ ދައުލަތުގެ ހުރިހާ ބާރެއް ބޭނުން ކުރަމުންނެވެ.

ސަރުކާރުން ބުނާ ގޮތުގައި އިންޑިއާއާއެކު އޮތް ގުޅުމުގެ ސަބަބުން ރާއްޖެއަށް ގެއްލުމެއް ނެތެވެ. އަދި, ރާއްޖޭގައި އިންޑިއާ ސިފައިން, ގައުމުގެ މިނިވަންކަން ގެއްލިގެންދާ ގޮތަށް ގާއިމްވެފައި ނެތް ކަމަށް ވެސް ސަރުކާރުން ދަނީ ބުނަމުންނެވެ. ސަރުކާރާއި އިދިކޮޅާ ދެމެދު މި ބަހުސް ބޮޑުވެފައިވާއިރު, ރައްޔިތުންގެ ކުރިމަތީގައި ބޮޑު ބަހުސަކަށް ވަޑައިގަންނަވަން ޔާމީން މިހާރު ހުންނެވީ ތައްޔާރަށެވެ.

"އަޅުގަނޑު ތައްޔާރު އެނގޭތޯ އަޅުގަނޑުގެ ޓީމަކާއެކީ ރައްޔިތުންގެ ކުރިމަތީގައި ޕެނަލް ޑިސްކަޝަނެއް ބާއްވަން, އަޅުގަނޑު ޕްރިޕެއާޑް އެނގޭތޯ, އެއީ އަޅުގަނޑުމެން ބޭނުން ވަނީ ދިވެހިންނަށް ރައްކާތެރި ދިވެހިންގެ ފުރިހަމަ ބާރު ހިނގާ ތަނެއްގެ ގޮތުގައި ދިވެހިރާއްޖެ އޮންނަން," އަދަދުއަށް ދެއްވި އިންޓަވިއުގައި ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި, އިންޑިއާއަކީ އަވަށްޓެރި ގައުމަކަށްވާތީ އެ ގައުމާ ދެކޮޅަށް ކެމްޕެއިން ކުރުމުން އެކަމުގެ ސަބަބުން ދަތިވެދާނެތީ, އިންޑިއާ ސިފައިން ތިއްބަސް ވަރިހަމަކޮށްލައިގެން ތިބޭ ތިބުން ފެނިފައި އެމަނިކުފާނު ވަރަށް ކަންބޮޑުވެވަޑައިގަންނަވަ އެވެ. ގުދުރަތީ މި ހުރިހާ މުއްސަނދިކަމާއި ރައްޔިތުންނާއެކު ރާއްޖެ, އިންޑިއާގެ ސަހަރަކަށް ވެއްޖެނަމަ, އެކަމާ ދިވެހިން މާ ދެރަވާނެކަން ކަށަވަރުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ރައްޔިތުންނަށް ގެއްލުމެއް ވަނީ އިންޑިއާއިން ގެންނަ ފިޔާ އަލުވިކޮޅު ނުލިބުންތޯ ނޫނީ މުޅި ގައުމު އަޅުވެތިކަމުގައި ތިބުން ނޫންތޯ. އިންޑިއާގަ އެކިއެކި ބޭނުންތަކަށް ގޮސް ތިބޭ ތިބުންތޯ އަޅުގަނޑުމެންނަށް މުހިންމުވެގެން މި އުޅެނީ މުޅި ދިވެހިރާއްޖެ ގުދުރަތީ ހުރިހާ ވަސީލަތްތަކާއެކީ މީހުންނާއެކު އަޅުވެތިވުންތޯ ބޭނުން ވަނީ," ޔާމީން ވިދާޅުވި އެވެ.

ޔާމީން ފާހަގަ ކުރެއްވި ގޮތުގައި, އިންޑިއާގެ ސިފައިން ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބޭ ތިބުމާ ދެކޮޅަށް އަޑުއުފުލައި އެކަމުގައި އުޅެންޖެހުމަކީ ހަަމައެކަނި ޕީޕީއެމްގެ ޒިންމާއެކޭ ބައެއް މީހުންނަށް ހީވެފައި އޮވެ އެވެ. އެކަމަކު, އެމަނިކުފާނު އުފެއްދެވި ސުވާލަކީ ރާއްޖޭގެ މިނިވަންކަމަށް ކުޑަ ވެސް އަސަރެއްނުކޮށް ބޭއްވުމުގެ ބޮޑު ޒިންމާ އޮތީ މުޅި ރައްޔިތުންނަށް ނޫންތޯ އެވެ.

"...އަޅުގަނޑުމެންގެ ހަމައެކަނި ޒިންމާއެއް ނޫން އެއަކީ, މިއީ ރައްޔިތުންގެ މައްސަލައެއް, މިއީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައްސަލައެއް, މިކަމަށް ރައްޔިތުންގެ ގިނަ ބަޔަކަށް ދަތިނުވާ ކަމުގައިވާނަމަ މިއީ ޕީޕީއެމްއިން އެކަނި އަސަރުކޮށްގެން އުޅެން ޖެހޭ ވަރުގެ ކަމެއް ވެސް ނޫން ދެއްތޯ, އަޅުގަނޑުމެންނަށް ވެސް ފަސޭހަ ގޮތް ފަސޭހަ ދެއްތޯ," އުފެއްދެވި ސުވާލަށް ޔާމީން ޖަވާބު ވެސް ދެއްވި އެވެ.

"އެކަމަކު އަޅުގަނޑުމެން ގަބޫލެއް ނުކުރަން އަޅުގަނޑުމެން ޕާޓީގެ އެއްވެސް މެންބަރަކު ގަބޫލެއް ނުކުރޭ ސަރުކާރުން ބޭނުންހާ ގޮތަކަށް އިންޑިއާ މީހުން މިތަނަށް އަތް ގަދަ ކުރަން ދޫކޮށްލާފައި ރާއްޖޭގެ ކަންކަން އެމީހުންނާ ހަވާލުކޮށްފައި އޮންނަން ވާނެ ކަމަކަށް."

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox