ސިޔާސީ މުނިފޫހިފިލުވުމުގެ ތެރޭ މަސްލަޙަތާއި މަސްއޫލިއްޔަތު ގެއްލެނީބާ؟

އިންތިހާބަކާ ދިމާކޮށް މާލޭގައި ސިޔާސީ ޕާޓީއަކުން ބެނާތަކެއް ދަމާފައި: ސިޔާސި ހަލަބޮލިކަމުގެ ތެރޭގައި އަސްލު މައްސަލަ އޮންނަނީ ވަޅުޖެހިފައި -- ފޮޓޯ: އަދަދު ފައިލް

އިންތިހާބަކާ ދިމާކޮށް މާލޭގައި ސިޔާސީ ޕާޓީއަކުން ބެނާތަކެއް ދަމާފައި: ސިޔާސި ހަލަބޮލިކަމުގެ ތެރޭގައި އަސްލު މައްސަލަ އޮންނަނީ ވަޅުޖެހިފައި -- ފޮޓޯ: އަދަދު ފައިލް

ކޮންމެ ދުވަހަކީވެސް ކޮންމެވެސް ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ ޝަޚްޞިއްޔަތެއްގެ ކޮންމެވެސް މަޖާ ވާހަކައެއް އަޑުއިވޭ ދުވަހެކެވެ. ދެ ލީޑަރެއްގެ ބަހުޘެކެވެ. ޕާޓީތަކުގެ އެތެރޭގެ މައްސަލަތަކެވެ. ކޮންމެވެސް ޕޯޑިއަމެއްގައި އެކެއް އަނެކެއްގެ ޢަބުރު ނަގާލާ ދައްކާ ކޮންމެވެސް "ބޮޑު" ވާހަކައެކެވެ. ފަލަ ސުރުޚީތަކުން އެ ވާހަކަތައް ޖާގަ ހޯދާއިރު، ޙަޤީޤީ މައްސަލަތައް ވަންނަނީ "އިތުރު ޚަބަރުތަކުގެ" ބަޔަށެވެ. އޯޑިއަންސް ނުލިބޭ ބަޔަށެވެ.

ބައެއް ފަހަރު ހިތަށް އަރައެވެ. މިއީ ވެރީން ގަސްދުގައި ކުރާ ކަމެއް ބާވައެވެ؟ ހިތަށް ނާރާންވީ ސަބަބެއް ނެތެވެ. ދެހާހުގެ ކުރީ ކޮޅުގައި، ޚިދުމަތެއް ގޯސްވެފައި އޮތްނަމަ، ގޯހުން ކަމެއް ވެފައި އޮތްނަމަ، އެކަމުގެ އިލްޒާމް އަޅުވަނީ އެންމެ ސަރުކާރެއްގެ ބޮލުގައެވެ. ޒިންމާ ނަގަންޖެހެނީ އެމީހުން އެކަންޏެވެ. އެހެންނަމަވެސް އަވަސް އަވަހަށް ވެރިކަން ބަދަލުވަމުންދާ މި ޒަމާނުގައި ކޮންމެ ފޭލިވުމެއްގެވެސް ޒިންމާ ނަގާނޭ އެތައް ސަރުކާރެއް އެބައޮތެވެ. މިގޮތަށް އެކަކު އަނެކަކަށް ތުހުމަތުގެ އިނގިލި ދިއްކުރުމުގެ ތެރޭ، ޙަޤީޤީ މައްސަލަ ވަޅުޖެހިގެންދެއެވެ. ވާދަވެރިކަމުގެ މަޖާގަނޑުގައި މައްސަލައިގެ މަސްދަރު ގެއްލިގެންދެއެވެ. މިއީ ވަކި މިވެނި ޕާޓީއެއް ބެލުމެއް ނެތި، ވެރީންނަށް އެންމެ ފައިދާ ބޮޑު ގޮތް ތޯއްޗެކެވެ. ގަސްދުގައި ކުރާ ކަމެއްތޯ ސުވާލުކުރެވެނީ މި ސަބަބާ ހުރެއެވެ.

މިއީ ހަމައެކަނި އަހަރެން ދައްކާ ވާހަކައެއް ނޫނެވެ. "ޕޮލިޓެއިންމަންޓް" ތިއަރީ ބުނާގޮތުން، ޓްރާންސްމީޑިއާ ނުވަތަ މީޑިއާގެ ގިނަ މަންސަތަކުން އެއްފަހަރާ މުވާލަތާކުކުރުމުގެ މި ޒަމާނުގައި، މިއަދުގެ ސިޔާސީ މައިދާނުގައި ސިޔާސީ މަޢުލޫމާތަށްވުރެ ބޮޑު ސަމާލުކަމެއް ދެނީވެސް، އަދި ލިބެނީވެސް، ސިޔާސީ ސެލެބްރިޓީން އުފައްދައި އެ މީހުންގެ "ގޮސިޕް" އަޑުއެހުމަށާއި، ސިޔާސީ އެކި ހަރަކާތްތަކަކީ މުނިފޫހި ފިލުމުގެ މަޤްޞަދުގައި ނުވަތަ އެ "ސެލެބްރިޓީން" އިތުރަށް މަޝްހޫރުކުރަން ހިންގާ ކަންތައްތަކެއް ކަމުގައި ހެދުމަށެވެ. އަދި ޕޯސްޓް-ޓްރުތު މުވާސަލާތުގެ، ނުވަތަ، ގިނަ މަސްދަރުތަކަކުން ލިބޭ މަޢުލޫމާތުގެ ތެދު ދޮގު އަމިއްލައަށް ކަނޑައަޅައި، ތެދު މަޢުލޫމާތަކީ ތިމާ އަމިއްލައަށް އޭގެން ފަހުމުކުރާ މަޢުލޫމާތުކަން ޤަބޫލުކުރާ މި ޒަމާނުގައި، ޤައުމީ، ބައިނަލްއަޤުވާމީ އަދި އިންސާނީ ގިނަ މައްސަލަތަކެއްގެ މަޢުލޫމާތަކީ މީހުން ވާވައްދަން ބޭނުންކުރާ ހަތިޔާރެއް ކަމުގައި ސިޔާސީ ލީޑަރުން ހަދާކަމެވެ.

މާ ދުރަކަށް ދާކަށް ނުޖެހެއެވެ. މިއަދުގެ ސިޔާސީ މާހައުލަށް ބަލާލަމާ ބަހީއެވެ. އެންމެ ބާރަށް ދެކެވެނީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންކަމުގެ ވާހަކަތޯ ނުވަތަ ސިޔާސީ ލީޑަރުން ބާރު ދެމެހެއްޓުމަށް އެކި ފެންވަރުގައި ކުރާ މަސައްކަތްތަކުގެ ވާހަކަތޯ ވިސްނާލަމާ ހިނގާށެވެ. އެއް ޕާޓީއަކުން އަނެއް ޕާޓީއަކަށް ކުރާ ތުހުމަތުތަކެވެ. ޕާޓީތަކުގެ އެތެރޭގެ ޒުވާބުތަކުގެ ވާހަކައެވެ. ކޮންމެ ޕާޓީއެއްވެސް، އެ ބައެއްގެ "ޑިމޮކުރަސީވަންތަކަން" ގަދަކޮށް ކަނޑާ ފޮންޏެވެ. ސަރުކާރާއި މަޖިލީހާއި ކައުންސިލްތަކުގެ މަސައްކަތްތަކުގެ ވާހަކަތައް ދައްކާނޭ ދުލެއް، ލިޔާނޭ ގަލަމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަހަލަ ވާހަކައެއް ދެއްކި ކަމުގައިވިޔަސް، ނޫހެއްގެ މުހިއްމު ނުވަތަ މަޤުބޫލު ބައިން އެއަށް ޖާގަ ލިބެނީ ވަރަށް މަދު ފަހަރެއްގައެވެ. މަޖިލީހުގެ މަސައްކަތްތައް އެބަ ވިލަރެސް ކުރެވޭހެއްޔެވެ؟ ކައުންސިލްތަކުގެ ޒިންމާ އަދާކުރޭތޯ އެބަ ބެލޭހެއްޔެވެ؟ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައިވާ ލަނޑުދަނޑިތައް ހާސިލުވަމުންދާ މިންވަރު އެބަ ބެލޭހެއްޔެވެ؟ ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން އެހެން ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމިއްޔާތަކާއެކު ވާ އެއްބަސްވުންތަކާއި ފަހުމުނާމާތަކުގެ "ފައިން ޕްރިންޓް" އަހަރެމެންނަށް އެބަ އެނގޭހެއްޔެވެ؟ ރައްޔިތުންގެ ވެރިން ރައްޔިތުންގެ ނަމުގައި ކުރާ ކަންކަން އެބަ އެނގޭ ހެއްޔެވެ؟ އެކަން އެންގުމުގެ ޒިންމާ އޮންނަ ދައުލަތުގެ ހަތަރު ވަނަ ބާރު، މީޑިއާއަށް، އެ ބާރުގެ ޒިންމާދާރުކުރުވުމުގެ މަސްއޫލިއްޔަތު އެބަ އަދާކުރެވޭހެއްޔެވެ؟

ގުދޯ ގުދޯ ގޮވެނީ ދޯއެވެ. ނުގޮވާ ވާކަށް ނެތެވެ. ގޮވައިގެންވެސް އަހަރެމެންގެ ޒިންމާ ހަނދާން ކުރަން އެބަ ޖެހެއެވެ. މީޑިއާއަކީ ސިޔާސީ ލީޑަރުންގެ ގޮނޑިކޮއްކޮއަކަށް ހަދަން ދޫކުރެވިގެން ނުވާނެއެވެ. މީޑިއާ އެކަންޏެއް ނޫނެވެ. ސިވިލް ސޮސައިޓީވެސް މެއެވެ. އުފެދުމުގެ މަޤްޞަދުގައި އިޖުތިމާޢީ ގިނަ މައްސަލަތަކަކަށް ނުވަތަ ނަޒާހަތްތެރިކަމާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރުން ކަރުދާހުގައި ލިޔެފައި އޮންނަ މަދަނީ ޖަމިއްޔާތައް މަދެއް ނޫނެވެ. މަދީ، އެ ޖަމިއްޔާތަކުގެ މަޤްޞަދު އޮޅުވާނުލައި އިޚުލާސްތެރިކަމާއެކު މަސައްކަތްކުރާ ޖަމިއްޔާތަކެވެ.

ދިވެހިންނަކީ ތަޢުލީމީ އާބާދީއެކެވެ. ލިޔަންކިޔަން ދަންނަ، ޓެކްނިލޮޖީއާ ބަދަހި އާބާދީއެކެވެ. މިނިވަން ޚިޔާލަށް ލޯބިކުރާ އާބާދީއެކެވެ. ޒަމާނީ ޝިޢާރުތަކަށް ލޯހުޅުވިފައިވާ އާބާދީއެކެވެ. އެހެންކަމަށް ވާ ހިނދު، ވަކި ވަކި ފަރުދުން، ޙަޤީޤީ މައްސަލަތައް މަތިން ހަނދާން ނައްތާލުމަށްފަހު ބަޔަކު ސެލެބްރިޓީ ހެދޭނޭ ޖާގަ މި ދެނީ ކީއްވެގެންހެއްޔެވެ؟ ހަމަ ގައިމުވެސް ނުދޭ ސަމާލުކަމެއް ނުލިބޭނެއެވެ. މުނިފޫހިފިލުވުމާއި ކްލަބް މެންޓާލިޓީ އާއި ސިޔާސީ މައިދާން ވަކިކުރަންވީ ދުވަސް އައުން ލަސްވެސްވެއްޖެއެވެ. ސުވާލަކީ، މިހާރު، ޕޮލިޓެނެއިންމަންޓަކީ އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެފައިވާހިނދު، ސިޔާސީ މައިދާނާއި މުނިފޫހިފިލުވުން ވަކި ކުރެވޭނޭ ހިތްވަރު އަހަރެމެން ގައިގައި އެބަހުރިތޯ ކުރެވޭ ސުވާލެވެ.

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox