ރިޔާސީ ކެންޑިޑޭޓުގެ ބަހުސުން އިންތިހާބުގެ ދުވަހަށް ހިޔަނި އެޅިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (ކ) އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (ވ). އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނަޝީދު އިއުލާނުކުރައްވާފައިވާއިރު ރައީސް ސޯލިހު އަދި ކުރިމަތިލައްވާނެ ކަމަށް އިއުލާނުކުރައްވާފައެއް ނުވޭ --- ފޮޓޯ:

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (ކ) އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (ވ). އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނަޝީދު އިއުލާނުކުރައްވާފައިވާއިރު ރައީސް ސޯލިހު އަދި ކުރިމަތިލައްވާނެ ކަމަށް އިއުލާނުކުރައްވާފައެއް ނުވޭ --- ފޮޓޯ:

ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި އިންތިހާބު ކުރިއަށްދަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ވާހަކަފުޅު ދެއްކެވުމުން، އެތެރޭގެ އިންތިހާބަށް އޭގެ ހިޔަނި އެޅިއްޖެ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވާދަ ކުރައްވާނެ ކަމަށް ލަފާ ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވީ، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިމްތިޔާޒް "އިންތި" ފަހުމީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވާދަ ކުރައްވާ ޗެއާޕާސަންގެ އިންތިހާބު ކުރިއަށްދަނިކޮށް މެންދުރު 2:00 ގައި ދިވެހި ޗެނަލުން ގެނެސްދިން އެމަނިކުފާނުގެ އިންޓަވިއުއެއްގަ އެވެ.

ނަޝީދުގެ އިންޓަވިއުއަށްފަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ރިޔާސީ އިންތިހާބުގެ އެއްވެސް މަޝްވަރާއެއް ނަޝީދާއެކު ނުކުރައްވާ ކަމަށް ވިދާޅުވެ، ރައީސް ސޯލިހު ވަނީ އެހެން ޓީވީ ޗެނަލަކާ ވާހަކަ ދައްކަވައިފަ އެވެ.

Advertisement

"އަޅުގަނޑަށް އެނގޭ އެއްޗަކީ ރައީސް ވަރަށް ބޮޑަށް ވިސްނަވަން ޖެހޭނެކަން. އެމްޑީޕީ އާ ދުރުވެ ވަޑައިގެންފިނަމަ، ގުޅިފައިވާ ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވަމުން ވެރިކަން ހިންގަވަމުން މިހާތަނަށް ގެންދެވިފައި ވަނީ،" މިއަދު ބްރޯޑްކާސްކުރި ނަޝީދު އިންޓަވިއުގައި އެމަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑު ނުދެކެން ރައީސް ސޯލިހު ކުރިމަތިލައްވާނެ ކަމަކަށް"

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ނަޝީދާއެކު ރައީސް މަޝްވަރާ ނުކުރައްވާ ކަމަށް ވިދާޅުމުގެ އިތުރުން "އަދަދު" އާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމާ ގުޅޭ ގޮތުން ރައީސް އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.

"ރައީސް އެއްވެސް ވަރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅެއް ނުވޭ. 2023 ގެ އިންތިހާބާ ގުޅިގެން ރައީސްގެ ނިންމެވުން ރައްޔިތުންނާ ހިއްސާކުރައްވާނެ،" އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވާދަ ކުރައްވާނެތޯ ސުވާލު ކުރުމުން މީގެ ކުރިން ވެސް ރައީސް އޮފީހުން ދެއްވާ ޖަވާބު ތަކުރާރު ކުރައްވަމުން މަބްރޫކް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް، މިއަދުގެ އިންޓަވިއުގައި ރައީސް ސޯލިހަށް އަމާޒު ކުރައްވައި ނަޝީދު ވަނީ ފާޑުވިދާޅުވެފަ އެވެ. އެގޮތުން "ރައީސް ސޯލިހުގެ ގުޅިފައިވާ ސަރުކާރު" ދިފާއު ކުރެއްވުމުގައި ހަރަކާތްތެރިވަނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 65 މެމްބަރުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމަކު ސަރުކާރުގެ 60 ޕަސެންޓު އޮތީ އެހެން ޕާޓީތަކުގެ އަތުގައި ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

"ދެން ވިސްނާލައްވާ އެމްޑީޕީގެ މެމްބަރުން އެކަހެރިވާނެ ވަރު. ބާކީވާނެ ވަރު. އެ ބާވަތުގެ ސްޓްރަކްޗަރަލް މައްސަލަތަކަކީ ސިޔާސީ ކަންކަމުގައި، ވެރިކަމުގެ ކަންކަމުގައި ވަރަށް ބޮޑު އަސަރެއް އެނބުރި އައިސް ކުރާނެ ކަންކަން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅާނީ ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ބާއްވާ ވޯޓަކުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އެމްޑީޕީގެ މެމްބަރުން ނިންމަން ޖެހޭނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ކޮބައިތޯ. އެމްޑީޕީ މެމްބަރުން ނިންމާ ގޮތަކަށް އަޅުގަނޑުމެން އެންމެން އެއްބަސްވާން ޖެހޭ،" ޕްރައިމަރީގެ ނަތީޖާ ގަބޫލުކުރައްވާނެ ކަމަށް މީގެކުރިން ވެސް ހާމަކުރެއްވި ނަޝީދު ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެމްޑީޕީގެ ތެރޭ އޮތީ ހިޔާލު ތަފާތުވުމެވެ. އެގޮތުން, ނަޝީދު ބޭނުންވެވަޑައިގަންނަވަނީ ރިޔާސީ އިންތިހާބު ނުބާއްވައި, ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑު ވަޒީރަކަށް ވެވަޑައިގަންނަވާށެވެ. އެގޮތަށް ނުވެއްޖެނަމަ, ރިޔާސީ އިންތިހާބުގައި 30 ޕަސެންޓް ވޯޓު ލިބޭ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބުވާ ގޮތް ހެދުމަށް ވެސް ނަޝީދު ބޭނުންފުޅުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox