ފައްޔާޒުގެ ތުހުމަތު: ސަރުކާރާއި މަޖިލިހާ ދުރުކުރީ އާޒިމް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް. އިންތިހާބާ ދިމާކޮށް ހޫނު ބަހުގެ ހަމަލާތަކެއް ދަނީ ރައްދު ކުރަމުން ---

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް. އިންތިހާބާ ދިމާކޮށް ހޫނު ބަހުގެ ހަމަލާތަކެއް ދަނީ ރައްދު ކުރަމުން ---

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕާއި އެ ޕާޓީގެ ސަރުކާރާ ދުރުވެ ހިޔާލު ތަފާތުވުންތަކެއް އުފެދުނީ ކުރިން ހުންނެވި ޕީޖީ ލީޑަރު އަލީ އާޒިމް "ނަފްރަތު" އުފެއްދުމުން ކަމަށް ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ބަހުސްގައި ފައްޔާޒުގެ މި ވާހަކަތައް ރައްދުކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށެވެ. ނަމަވެސް، ބަހުސްގައި ސީދާ އާޒިމްގެ ނަން ވިދާޅެއް ނުވެ އެވެ. ބަދަލުގައި އޭނާއަށް ނިސްބަތްކުރެއްވީ "ކުރީގެ ޕީޖީ ލީޑަރުގެ" ގޮތުގަ އެވެ.

"ޕީޖީ ގްރޫޕްގެ އަސާސީ ގަވާއިދާ ހިލާފަށް، [ދައުރު] ދަންމާލާފައި އޮތް ލީޑާޝިޕްގެ ދަތިކަމެއް ކުރިމަތިވި. ހަގީގަތުގައި ސަރުކާރާއި ޕާޓީ އާއި މަޖިލީހާއި ދުރުވުމުގެ މައިގަނޑު އެއް ސަބަބު ކަމަށް އަޅުގަނޑު ދެކުނީ މީގެ ކުރީގައި ހުންނެވި ޕީޖީ ލީޑަރު ބްރިޖު ކުރަން ވާ ތަނުގައި ނަފްރަތު އުފެއްދެވީމަ،" ފައްޔާޒު ވިދާޅުވި އެވެ.

އަދި، އެގޮތަށް އާޒިމް އަމަލު ނުކުރެއްވިނަމަ އެމްޑީޕީގެ ތެރޭގައި އޮތް ހިޔާލު ތަފާތުވުންތައް ވަރަށް ބޮޑުތަނުން ކުޑަ ކުރެވުނީސް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒު ވާދަކުރައްވަނީ އެ ޕާޓީގެ ކުރީގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)އާ އެވެ. އާޒިމް ތާއީދުކުރައްވަނީ އިންތިއަށެވެ.

ޗެއާޕާސަން އިންތިހާބުގެ ވާދަވެރިކަން ހޫނުވެފައިވާ ދަނޑިވަޅެއްގައި، އެމްޑީޕީ އޮތީ ދެކަފިވެފަ އެވެ. އެގޮތުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފެކްޝަނަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނެއް ޕާޓީގެ ތެރޭގައި ވަނީ އުފެދިފަ އެވެ.

ކުރިން ވެސް މި ވާހަކަތައް އަޑުއިވުނު ނަމަވެސް، ދެ ފެކްޝަނުގެ މެދުގައި އޮތް ވާދަވެރިކަން ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ފެށީ މި އިންތިހާބާ ގުޅުވަ އެވެ. މިހާރު ފާޅުކަން ބޮޑުކޮށް ދެ ފަރާތުން ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.

ފައްޔާޒުގެ ވާހަކަތައް ރައްދުކުރި އާޒިމް ވަނީ، މިއަދު ވެސް ފައްޔާޒަށާއި އޭނާގެ ފަހަތުގައި ތިބި އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފައްޔާޒް ވަކި ކުރުމަށް މިދިޔަ އަހަރު އެމްޑީޕީގެ 33 މެމްބަރުން ސޮއި ކުރެއްވި ކަމަށާއި، މިހާރު އޭނާއަށް ޕާޓީ "ހިންގާލެވޭނެ" ކަމަށް ބުނުމަކީ އޮޅުވާލުމެއް ކަމަށެވެ. އެހެން ނަމަވެސް، އެއީ ކޮން މެމްބަރުންތަކެއް ކަމެއް އޭނާ ހާމަނުކުރައްވަ އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން މަސައްކަތް ކުރި ދަނޑިވަޅަކީ، ރައީސް މުހައްމަދު ނަޝީދުގެ ސީރިއަސް ތުހުމަތުތަކެއް ފައްޔާޒަށް ރައްދުވީ ދަނޑިވަޅެކެވެ. އެފަހުން ރައީސް ނަޝީދު އާއި އެމަނިކުފާނުގެ ފަހަތުގައި ތިއްބެވި ބޭފުޅުން ދަނީ ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރަމުންނެވެ.

މިފަހަރުގެ އިންތިހާބުގައި ފައްޔާޒާ ދެކޮޅަށް އިންތި ކެމްޕޭން ޓީމުން ބޭނުންކުރާ މައިގަނޑު ތުހުމަތަކީ ވެސް ސަރުކާރުގައި ހުންނަވައިގެން ކޮރަޕްޝަން ހިންގާ، ނުފޫޒު ފޯރުވުމެވެ.

އެކަމަކު މިރޭގެ ބަހުސްގައި ވެސް ފައްޔާޒު ވަނީ މިކަންކަމަށް ރައްދު ދެއްވާ، ސާބިތު ނުހިފޭ ވާހަކަ ނުދައްކަވަން ވިދާޅުވެފަ އެވެ. އަދި ތުހުމަތެއް އޮތްނަމަ ޕާލިމެންޓްރީ އިންކުއަރީއަކަށް ވެސް ޖަވާބުދާރީވާން ތައްޔާރަށް ހުންނެވި ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އިންތިހާބެވެ. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މެމްބަރުންގެ އަދަދު 90،000 އަށް ވުރެ އިތުރެވެ. ނަމަވެސް މީގެ ކުރީގެ އިންތިހާބުތަކުގައި ވޯޓު ދީފައި ވަނީ ހައްގު ލިބޭ މީހުންނާ އަޅާބަލާއިރު އެވްރެޖްކޮށް މަދުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox