2023 ދޫކޮށްލައި 2028 އަށް ވިސްނުން ގޯސް، އެކަމަށް ޖާގަ ނުދޭނަން: ފައްޔާޒު

އެމްޑީޕީގެ އާންމު މެންބަރަކާއެކު ފައްޔާޒު. ޗެއާޕާސަންގެ މަގާމަށް އެންމެ ގާބިލު ކެންޑިޑޭޓަކީ އޭނާ ކަމަށް ވިދާޅުވި --- ފޮޓޯ: މައުރޫފް ހަލީފް (މާޕު)

އެމްޑީޕީގެ އާންމު މެންބަރަކާއެކު ފައްޔާޒު. ޗެއާޕާސަންގެ މަގާމަށް އެންމެ ގާބިލު ކެންޑިޑޭޓަކީ އޭނާ ކަމަށް ވިދާޅުވި --- ފޮޓޯ: މައުރޫފް ހަލީފް (މާޕު)

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ދޫކޮށްލުމަށް ފަހު 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބާ މެދު ވިސްނުމަކީ ވަރަށް ގޯސް ވިސްނުމެއް ކަމަށާއި އެކަމަށް އެއްވެސް ވަރެއްގެ ފުރުސަތެއް ނުދެއްވާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ޗެއާޕާސަން އިންތިހާބާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޔާޒަށް ތާއީދު ކުރައްވާއިރު ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއިދު އޮތީ އިމްތިޔާޒު ފަހުމީ އަށެވެ.

މި ފޯރިގަދަ އަދި މުހިންމު އިންތިހާބާ ދިމާކޮށް، އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާނެ ބޭފުޅަކާ ގުޅޭ ގޮތުން ވެސް ދެ ފެކްޝަންގެ ފަރާތުން ބަހުގެ ހަމަލާތައް ދަނީ ބަދަލުކުރަމުންނެވެ.

"2023 ގައި އަނެއްކާ ވެސް މި ގައުމުގައި އަނިޔާވެރި ވެރިކަމެއް ގާއިމުވެ ނުދިނުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން. 2023 ދޫކޮށްލާފައި ސަރުކާރާ ފެޔަށް ޖެހި 2028 ހޯދަން ވިސްނުމަކީ ވަރަށް ގޯސް ވިސްނުމެއް. އެ ވިސްނުމަކަށް އަޅުގަނޑުމެންނަށް ޖާގައެއް ނުދޭނަން،" ރައީސް ސޯލިހުގެ ސަރުކާރަށް އެމްޑީޕީގެ އެތެރެއިން ފާޑު ވިދާޅުވާ ބޭފުޅުންނަށް، ރާއްޖެ ޓީވީން ރޭ ބޭއްވި ޗެއާޕާސަންގެ އިންތިހާބުގެ ބަހުސްގައި ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވި އެވެ.

މި އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ފައްޔާޒަށް ތާއިދުކުރައްވާ ބޭފުޅުން ގެންދަވަނީ އަންނަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުވާލުމަށް ޕާޓީގެ އެތެރެއިން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރައްވާފަ އެވެ.

އަދި، އޭގެ ބޭނުމަކީ 2028 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ގެނައުން ކަމަށް ވެސް އެފަޅިން ގަބޫލުކުރެ އެވެ.

ބަހުސްގައި ވެސް ފައްޔާޒު ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް "ގަދަކޮށް ތާއީދު" ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އޭނާގެ ވާދަވެރިޔާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ޕާޓީގެ ޓިކެޓު ލިބޭ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށެވެ. ސާފު ސީދާ ޖަވާބެއް އިންތި އެކަމާ ގުޅިގެން ނުދެއްވަ އެވެ.

ތުހުމަތުތައް ބަލަން އިންތިއަށް ޗެލެންޖެއް

މިފަހަރުގެ އިންތިހާބުގައި ފައްޔާޒާ ދެކޮޅަށް އިންތިޔާޒުގެ ކެމްޕޭން ޓީމުން ބޭނުންކުރާ މައިގަނޑު ތުހުމަތަކީ ވެސް ސަރުކާރުގައި ހުންނަވައިގެން ކޮރަޕްޝަން ހިންގާއި ނުފޫޒު ފޯރުވުމެވެ. މި ބަހުސްގައި ފައްޔާޒު ވަނީ "ނަޒާހަތްތެރި" ބޭފުޅަކަށް ވާނަމަ ސާބިތު ހިފޭ ތުހުމަތުތައް ކުރެއްވުމަށް އިންތިއަށް ޗެލެންޖު ކުރައްވާފަ އެވެ.

"ނަޒާހަތްތެރި ކަމަކީ އިނގިލި ދިއްކުރުމެއް ނޫން. ނަޒާހަތްތެރި ކަމަކީ އެއްކޮށް މަސައްކަތް ކުރަމުންދާ ބަޔަކާ މެދު އެކަހަލަ ވާހަކަތަކެއް ދައްކާއިރު ސާބިތު ހިފޭ ގޮތަށް އެކަން ގެންދިޔުން،" ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑު ގޮވާލަން އާންމު އޯޕަން އިންކުއަރީއެއްގެ ގޮތުގައި މަޖިލިސް ތެރެއިން މިކަން ކޮށްގެން، އަޅުގަނޑަށް ޖަވާބުދާރީވާނެ ފުރުސަތު ދީގެން، ނޫސްވެރިންނާއި އާންމު ރައްޔިތުންނަށް ބައިވެރިވާނެ ފުރުސަތު ދީގެން މިކަން ކުރަން. މާ ގިނަ ދުވަސް ވެއްޖެ އެހެން ވާހަކަ ދައްކަވާތާ،"

އޭނާއާ މެދު ކުރެވޭ ތުހުމަތުތައް ސާފުކޮށް ބަލަން ޖެހިފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ސީދާ ސާފުވާ މިންވަރަށް ތުހުމަތުތައް ހާމަކުރައްވަން ފައްޔާޒު އިންތިޔާޒަށް ޗެލެންޖު ކުރެއްވި ނަމަވެސް ބަހުސްގައި އިންތި އެ ތުހުމަތުތަކުގެ ތަފްސީލަކަށް ވަޑައެއްނުގަންނަވަ އެވެ.

"ތުހުމަތު ކުރާނެ ވާހަކަ އަޅުގަނޑުމެންނަށް ވެސް އިންތިއާ ބެހޭ ގޮތުން ވެސް އެބަ ހުރި. އެކަމު ސާބިތު ނުހިފޭ ވާހަކަ ނުދައްކަން މިތިބީ. ޒިންމާދާރު ގޮތަކީ ތިކަހަލަ ތުހުމަތުތައް ހުރިއްޔާ ސާބިތު ކޮށްދިނުން،" އިންތިޔާޒަށް އިޝާރާތް ކުރައްވާ ކަމާއެކު ފައްޔާޒު ވިދާޅުވި އެވެ.

މައިގަނޑު ގޮތެއްގައި ފައްޔާޒު އަދި އިންތި ވެސް ބަހުސްގައި ހިއްސާކުރެއްވީ ދެ ބޭފުޅުންގެ ސިޔާސަތުތަކެވެ.

ފައްޔާޒު އެންމެ ބޮޑަށް ފާހަގަކުރެއްވި އެއްކަމަކީ ވޭތުވެދިޔަ އަހަރުތަކުގައި އެމްޑީޕީ ހިންގުމުގައި ހަރަކާތްތެރިވީ އިމްތިޔާޒުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ. ނަމަވެސް، ޕާޓީ ނުހިނގާ ކަމަށާއި އެ ދުވަސްތަކުގައި ނުކުރެވުނު ކަމެއް ކުރިއަށް ހުރި ދުވަސްތަކުގައި ނުކުރެވޭނެ ކަމަށް ވެސް އޭބާ ވިދާޅުވި އެވެ.

އެމްޑީޕީ އާއި ސަރުކާރު އަދި ޕާޓީގެ އާންމު މެމްބަރުން ގުޅުވާލައި ޕާޓީގެ ހަރަކާތްތައް "ހިންގާލަން" ޖެހެނީ އެއީ އެމްޑީޕީއަށް ވާ ގޮތެއް ދިވެހިރާއްޖެއަށް ވެސް ވާނެތީ ކަމަށް ފައްޔާޒު ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އިންތިހާބެވެ. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މެމްބަރުންގެ އަދަދު 90،000 އަށް ވުރެ އިތުރެވެ. ނަމަވެސް މީގެ ކުރީގެ އިންތިހާބުތަކުގައި ވޯޓު ދީފައި ވަނީ ހައްގު ލިބޭ މީހުންނާ އަޅާބަލާއިރު އެވްރެޖްކޮށް މަދުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox