"ދެކުއްޖަކަަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތުވާ މީހާ ދޫކުރީ އިޖުރާއަތުތައް ފުރިހަމަކުރަން"

May 10, 2022, 5:49 PM
ކްރިމިނަލް ކޯޓް. ޖިންސީ ގޯނާގެ ތުހުމަތުވާ މީހަކު އެކޯޓުން ދޫކޮށްލީ އިޖުރާއަތްތައް ފުރިހަމަކުރަން

ކްރިމިނަލް ކޯޓް. ޖިންސީ ގޯނާގެ ތުހުމަތުވާ މީހަކު އެކޯޓުން ދޫކޮށްލީ އިޖުރާއަތްތައް ފުރިހަމަކުރަން

ކުޑަ ދެކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ހުރި މީހެއްގެ ބަންދުގެ މުއްދަތު އިތުރު ނުކޮށް އިއްޔެ އޭނާ ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރުކުރަން ހުށަހެޅި އިރު ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުއާއަތްތައް ފުރިހަމަކޮށްފައި ނުވާތީ ކަމަށް އޭނާ އަލުން ހައްޔަރުކުރަން ނެރުނު އަމުރުގައި ބުނެފި އެވެ.

ކުޑަ ދެކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތަށް، 55 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކުރީ އޭޕްރިލް ނުވައެއްގަ އެވެ. އޭރު އޭނާގެ ބަންދަށް ކްރިމިނަކް ކޯޓުން 30 ދުވަސް ދިނެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން އިއްޔެ ފުލުހުން އަލުން ކޯޓަށް ދިއުމުން ކޯޓުން ނިންމީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ނުދިނުމަށެވެ.

އޭނާ އަލުން ހައްޔަރުކުރަން އެކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ 30 ދުވަސް ހަމަވުމަށް ފަހު އަލުން ބަންދަށް އެދުނު އިރު ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ބައެއް ކަންކަން ފުރިހަމަކުރެވިފައި ނުވާ ކަމަށެވެ. އެހެންވެ އޭނާ ދޫކޮށްލީ އެކަންކަން ފުރިހަމަ ކުރުމަށް ފަހު އަލުން ބަންދުކުރުމަށް މަގުފަހިކުރަން ކަމަށް ދެކޭ ކަމަށް ވެސް އެ އަމުރުގައި ވެ އެވެ.

އޭނާ އަލުން ބަންދުކުރަން ދިން އަމުރުގައިވާ ގޮތުން ފުލުހުން ވަނީ އޭނާއާ ދެކޮޅަށް އާ ހެކިތައް ކޯޓަށް ހުށަހަޅައިފަ އެވެ. އަލުން ބަންދުކުރަން އަމުރުދިނީ އެހެންވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox