ފުޓްބޯޅައިގެ ޖީލުތަކެއް ބިނާކުރަން އެފްއޭއެމްގެ އިސް ޒިންމާއެއް ސޭފްގާޑް ޕްރޮޖެކްޓާ ގުޅިފައި

May 10, 2022, 7:00 AM
ސްޕެޝިއަލް އޮލިމްޕިކްސްއާ ގުޅިގެން އެފްއޭއެމުން މި އަހަރުގެ ފެބްރުއަރީ މަހު ބޭއްވި ފެސްޓިވަލްގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ސްޕެޝިއަލް އޮލިމްޕިކްސްއާ ގުޅިގެން އެފްއޭއެމުން މި އަހަރުގެ ފެބްރުއަރީ މަހު ބޭއްވި ފެސްޓިވަލްގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ނިސްބަތުން ބަލާއިރު، ކުޑަކުދިން އެންމެ ބޮޑަށް ޝާމިލުވެ އުޅޭ ކުޅިވަރަކީ ފުޓްބޯޅަ އެވެ. މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުން އަންނައިރު، ރާއްޖޭގެ ފުޓްބޯޅަ ހިންގުމުގެ ބެލެނިވެރިކަމާ ހަވާލުވެ، އެ ޒިންމާ ނަގައިގެން ހުރި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިތްހަމަ ޖެހުމަކީ ކުޑަކުދިންގެ ރައްކާތެރިކަމަށް ފިޔަވަޅެއް އެޅިފައި އޮތުމެވެ.

އެފްއޭއެމުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު، މުޖުތަމައުގައި އުޅޭ ކުޑަކުދިންނަށް ފުޓްބޯޅައިގެ ތެރެއިން ކަށަވަރުކޮށްދޭން ޖެހޭ ރައްކާތެރިކަން ޔަގީންކޮށްދިނުމުގެ ބޭނުމުގައި އެފްއޭއެމް ފައުންޑޭޝަންގެ ބެލުމުގެ ދަށުން "އެފްއޭއެމް ޗައިލްޑް ސޭފްގާޑިން ޕޮލިސީ" ލޯންޗްކޮށްފަ އެވެ.

މިއީ މި ގޮތަށް ރާއްޖޭގެ ކުޅިވަރުގައި ލޯންޗް ކުރެވުނު ޗައިލްޑްސޭފްގާޑިން ފުރަތަމަ ޕޮލިސީ އެވެ. ލޯންޗްކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަޒްނާ އަހްމަދު އާއި ޖެންޑަ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އެވެ.

އެފްއޭއެމްގެ ސޭފްގާޑިން ޕޮލިސީ އެކުލަވާލުމުގައި އެންމެ އިސް ބައިވެރިއެއްގެ ގޮތުގައި އެޑްވަކޭޓިން ރައިޓްސް އޮފް ޗިލްޑްރެން (އާކް) އޮތުމަކީ މި ޕޮލިސީ އެންމެ ރަނގަޅު ގޮތުގައި ބައްޓަންކުރުމަށް ފަހިވި ފުރުސަތެކެވެ.

މީގެ އިތުުރުން ޒުވާން ފުޓްބޯޅަ ކުޅުންތެރިންނާއި އެކެޑަމީތަކުގެ ހިޔާލުވެސް ހޯދުމަށް ފަހު އެކުލަވާލި ޕޮލިސީ ކަރުދާހާ ހަމައަށް ގެނައުމުގެ ކުރިން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރަން ހިންގާ ޕްރޮގްރާމްތަކަށް ވެސް ވަނީ ވަރަށް ފުންކޮށް އަލި އަޅުވާލައިފަ އެވެ.

އެފްއޭއެމް ފައުންޑޭޝަނުން އިސްނަގައިގެން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ސޭފްގާޑިން ޕޮލިސީގެ ކަންކަން ވަނީ ބައިނަލްއަގުވާމީ މައިދާނާ ހަމައަށް ވެސް ވަނީ ގެންގޮސްފަ އެވެ. އެ ގޮތުން ސޭފްގާޑިން މަސައްކަތުގައި ބައިނަލްއަގުވާމީ ލެވަލްގައި ހަރަކާތްތެރި ޖަމިއްޔާ އެއް ކަމަށްވާ، އިންޓަނޭޝަނަލް ސޭފްގާޑްސް ފޯ ޗިލްޑްރެން އިން ސްޕޯޓްގައި ވެސް އެފްއޭއެމް އިން ބައިވެރިވި އެވެ.

އިންޓަނޭޝަނަލް ސޭފްގާޑްސް ފޯ ޗިލްޑްރެން އިން ސްޕޯޓްގެ ކަންކަން ފެށިގެންދިޔައީ 2014 ވަނަ އަހަރު ދެކުނު އެފްރިކާގެ ޖޮހޭނެސްބާގްގައި ބޭއްވުނު ބިޔޯންޑް ސްޕޯޓްސް ސަމިޓްގަ އެވެ. މިއީ 75 އަށް ވުރެ ގިނަ ގައުމުތަކުން ބައިވެރިވެގެން ފުޓްބޯޅައިގެ ތެރެއިން ރައްކާތެރިކަން ކަށަވަރުކޮށް، ކުދިން ޑިވެލޮޕްކުރުމުގެ ކަންކަމަށް އިސްކަން ދީގެން ކުރިއަށްދާ ޖަމިއްޔާ އެކެވެ. މިއީ ވެސް އެފްއޭއެމުން ކުޑަކުދިންގެ ރައްކާތެރިކަމަށް ކުރަމުން އަންނަ މަސައްކަތުގައި އިތުރުވި ބޮޅެކެވެ.

ސޭފްގާޑް ޕޮލިސީއާ އެކު އެފްއޭއެމްގެ ޒިންމާތަކުގެ ތެރޭގައި ހިމެނެނީ އެފްއޭއެމުން ހާއްސަ ސޭފްގާޑް ޔުނިޓެން އެކުލަވާލުމާއި ދިމާވާ މައްސަލަތައް ބެލުމަށް ޗައިލްޑް ސޭފްގާޑް ކޮމިޓީއެއް ހެދުމާއި އެކަންކަން ކުރުމަށް ފެސިލިޓޭޓްކުރަން ޗައިލްޑް ސޭފްގާޑް އޮފިސަރެއް އައްޔަނުކުރުމުގެ އިތުރުން ކްލަބްތަކާއި އެކެޑަމީތަކުގައި ޗައިލްޑް ސޭފްގާޑާ ގުޅޭ ކަންކަމުގައި ސީދާ ޝާމިލުވެ އުޅޭނެ ފޯކަލް ޕޮއިންޓެއް ބެހެއްޓުމެވެ.

ފުޓްބޯޅައިގައި ޝާމިލުވެ އުޅޭ ކުޑަކުދިންގެ ފިޒިކަލީ އާއި މެންޓަލީ ކުޅިވަރުގެ ތެރެއިން ކުރިއަށްދެވޭނެ ކުއްޖެއްގެ ގޮތުގައި ޑިވެލޮޕްވުމަށް ފުރުސަތު ފަހިކޮށްދިނުމަކީ ސޭފްގާޑިން ޕޮލިސީއެއް އޮވެގެން ހާސިލްކުރެވޭނެ އެންމެ ބޮޑު ލަނޑުދަނޑި އެވެ. އެއީ އެފްއޭއެމް ވެސް މިކަމުގައި ދެކޭ ގޮތެވެ. އަދި މަސައްކަތް ކުރަނީ ވެސް އެ އަމާޒުގަ އެވެ.

ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި، އެފްއޭއެމްގެ ސޭފްގާޑިން ޕޮލިސީގެ މަސައްކަތް ހަރުދަނާ ލެވަލެއްގައި ގެންދިއުމަށް އެކިއެކި ޕްރޮގްރާމްތައް މިދިޔަ އަހަރެއްހާ ދުވަހުގެ މުއްދަތުގައި ވަނީ ބާއްވައިފަ އެވެ. އާކް އާއި ސްކޫލްތަކާއި އޭގެ އިތުރުން އެފްއޭއެމްގެ މުވައްޒަފުންނާއި އަމިއްލަ ޖަމިއްުޔާ ޖަމައާތްތަކަށް ބައިވެރިވެވޭ ގޮތަށް ވެސް ކަންކަން ރޭވުނެވެ. މި ހުރިހާ ކަމެއް ރަނގަޅު ދުވެއްޔެއްގައި ކުރިއަށްދިއުމުގެ އަސްލަކީ ސޭފްގާޑިން ކަންކަމުގައި އެފްއޭއެމަށް ލިބުނު ފުރުސަތުތަކެވެ.

އެ ގޮތުން، ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ފަރާތުން ފުޓްބޯޅައިގެ ތެރެއިން ރައްކާތެރިކަން ކަށަވަރުކުރަން ކުރެވޭ މަސައްކަތުގައި އެކުލަވާލި ސާފް ސޭފްގާޑިން ސްޓިއަރިން ކޮމިޓީ ލީޑުކުރުމުގެ ފުރުސަތު ދިނީ ރާއްޖެ އަށެވެ.

ރާއްޖެ އަށް ބޮޑު ޒިންމާއެއް ހަވާލުކޮށް، ސާފް އިން ބުނީ އެފްއޭއެމަށް އަށް މި ކޮމިޓީ ލީޑްކުރުމުގެ ފުރުސަތު ދޭން ނިންމި އެންމެ ބޮޑު ސަބަބަކީ ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު، ސޭފްގާޑިން (ރައްކާތެރިކަން ކަށަވަރުކުުރުމުގެ) ކަންކަމުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ގައުމީ ރާއްޖެ ކަމަށްވާތީ ކަމަށެވެ.

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ސާފްގެ ސޭފްގާޑް ސެމިނާއެއް ރާއްޖޭގައި ބޭއްވި އެވެ. މިއީ ސަރަހައްދީ ލެވަލްގައި ސޭފްގާޑިންއާ ބެހޭގޮތުން މުހިންމު މައުލޫމާތުތަކެއް ބަދަލުކުރެވިގެންދިޔަ ސެމިނާ އެކެވެ. މި ސެމިނާ ކުރިއަށް ގެންދިޔައީ އޭއެފްސީ އާއި ކޮމަންވެލްތުގެ ބައިވެރިވުން ހިމެނޭގޮތަށެވެ. އަދި ކުޑަކުދިންގެ ރައްކާތެރިކަން ފުޓްބޯޅައިގެ ތެރެއިން ކަަށަވަރުކުރަން ބައިނަލްއަގުވާމީ ލެވަލްގައި ސިސްޓަމެޓިކް އުސޫލުން ކުރެވޭ ގޮތްތަކަށް އަލިއަޅުވާލި އެވެ.

އެފްއޭއެމް ފައުންޑޭޝަން ގުޅިގެން އަންނަނީ ސޭފްގާޑިން ޕޮލިސީ އަށް ފުޓްބޯޅައިގެ ތެރޭގައި އުޅޭ އެންމެން އަހުލުވުވެރި ކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެ ގޮތުން ކްލަބްތަކާއި އެކެޑަމީތަކުގައި ސޭފްގާޑިން ފޯކަލް ޕޮއިންޓްތައް ގާއިމްކުރަން ތަމްރީންދޭން ފަށައިފަ އެވެ. އަދި ވޯކްޝޮޕެއްގެ ގޮތުގައި މި ޕޮލިސީގައި ހުރި ކަންތައްތަކަށް ކްލަބްތައް އަހުލުވެރިކުރުން ވެސް އެއީ އެފްއޭމުން ކުރަމުން އަންނަ ކަންކަމެވެ.

އެފްއޭއެމް ފައުންޑޭޝަނާއި ޗައިލްޑްސޭފްގާޑިންގައި ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތް، އެފްއޭއެމްގެ ޑިރެކްޓާ އޮފް އިންޓަނޭޝަނަލް ރިލޭޝަންސް މަރިޔަމް އަންޖުމް އަފްޒަލް ބުނީ ޗައިލްޑް ސޭފްގާޑިންގެ ކަންކަމަށް ފުޓްބޯޅައިގައި އުޅޭ ވީހާވެސް ގިނަ ބަޔަކު އަހުލުވެރިވެފައި ތިބުން މުހިންމު ކަމަށާއި އަދި މިކަމުގައި އިސްކޮށް އުޅޭ ސްޓޭކްހޯލްޑަރުންނަށް މީގެ މައުލޫމާތު ލިބިފައި ހުރުން އެއީ މުހިންމު ކަމެއް ކަމަށެވެ.

"މީގެ ވަރަށް މުހިންމު އެފްއޭއެމްގެ ޗައިލްޑްސޭފްގާޑިން ޕޮލިސީ އާއި ރާއްޖޭގެ ގާނޫނާއި ގަވާއިދުގެ އިތުރުން ފީފާ އިން މިކަމުގައި ކަނޑައަޅާފައިވާ ޕޮލިސީސްތަކުގައިވާ ހަމަތަކަށް ބަލާފައި ކަންކަން ރޭވިފައި ހުރުން. މި ވަގުުތު އެފްއޭއެމުން މި އަޅާ ފިޔަވަޅުތަކުން ކަށަވަރު މިކުރެވެނީ އެ ކަންތައްތައް،" އަންޖުމް ބުންޏެވެ.

އެ ގޮތުން ކޯޗިން ލައިސަންސް ދޫކުރުމުގެ ކުރިން ޗައިލްޑްސޭފްގާޑިން އަށް ކޯޗުން އަހުލުވެރިކުރުމަށް ސެޝަންތަކެއް ހިންގި މައުލޫޫމާތު ލިބިފައިވާ މިންވަރު ދެނެގަންނަން އެސަސްމެންޓްތަކެއް ކޯޗިން ކޯސްތައް ފެށުމުގެ ކުރިންނާއި ނިމުމަށް ފަހު ހަދާނެ އެވެ. މިއީ ވެސް ފުޓްބޯޅައިގެ ތެރެއިން ކުޑަކުދިންނަށް ދޭން ޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެކެވެ. މީގެ އިތުރުން ކްލަބްތަކުގައި ގާއިމްކުރާ ފޯކަލް ޕޮއިންޓްތައް މެދުވެރިކޮށް، ކްލަބްތަކުގެ އެެކެޑަމީތައް ހިނގާ ގޮތާއި އެ ކްލަބްތަކުން އަމަލުކުރާނެ ޗައިލްޑް ސޭފްގާޑް ޕޮލިސީއެއް ގާއިމްކޮށް، ކަމެއް ދިމާވެއްޖެނަމަ ފަސޭހައިން އެކަން ހައްލުކުރެވޭނެ ނިޒާމެއް ގާއިމްކުރުމަކީ އެފްއޭއެމުން މިހާރު މަސައްކަތް ކުރަމުން އަންނަ އަމާޒެވެ.

އަންޖުމް ބުނީ ކުޑަކުދިންނަށް އެބިއުސް ކުރުމުގެ ކަމެއް ދިމާވެއްޖެނަމަ ކަންތައް ކުރަން ޖެހޭނެ ގޮތާއި ޗައިލްޑް ސޭފްގާޑް ޕޮލިސީގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފަށް ކަމެއް ހިނގައިފިނަމަ އެފްއޭއެމަށް ރިޕޯޓްކުރެވޭނެ ނިޒާމަކާއި ގާނޫނީ ގޮތުން އެ ޒިންމާ އަދާކުރަން ދެން ހުރި ރަސްމީ އިދާރާތަކަށް އެންގޭނެ ގޮތްތަކެއް ވެސް މި ޕޮލިސީގެ ތެރެއިން ރޭވިފައި އޮންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox