ކޮމަންވެލްތު ޓީޓީ މުބާރާތެއް ރާއްޖޭގައި ބޭއްވޭތޯ މަސައްކަތް ކުރަނީ

May 9, 2022, 6:37 PM
މިރޭ ބޭއްވި ޓީޓީ ހުޅުވުމުގެ ރަސްމިއްޔާގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިރޭ ބޭއްވި ޓީޓީ ހުޅުވުމުގެ ރަސްމިއްޔާގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ރާއްޖޭގައި ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕު 2022ގެ ކަންތައްތައް ފުރިހަމަކޮށް ރޭވިފައިވާތީ މީގެ ތަޖުރިބާގެ އަލީގައި ކޮމަންވެލްތު ޓީޓީ މުބާރާތެއް ރާއްޖޭގައި ހޯސްޓް ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ޔޫތު މިނިސްޓަރު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މިރޭ ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ރާއްޖޭގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއާގެ ޖޫނިއާ ޓީޓީ މުބާރާތުގެ އިންތިޒާމްތައް ހުރި ގޮތް އޭޝިއާގެ އިސް ޓީޓީ ފެޑެރޭޝަންތަކުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މިއީ މުސްތަގުބަލަށް ބަލާއިރު ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.

"މި ކަންކަމަށް ބަލާފައި ކޮމަންވެލްތުގެ ޓީޓީ މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރަން އަޅުގަނޑުމެން ހުށަހަޅާނަން،" މަހުލޫފް ވިދާޅުވި އެވެ.

Advertisement

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ ހުރިހާ ކުޅިވަރަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ފަހިވެފައި އޮތުން ކަމަށާއި އެކަން އެ ގޮތަށް ކުރިއަށްގެންދިއުމަށް ބައިނަލްއަގުވާމީ މުބާރާތް ބާއްވަން ލިބޭ ފުރުސަތުތަކުގެ ބޭނުން ވީ އެންމެ ރަނގަޅަށް ހިފަމުން އަންނަ ކަމަށެވެ.

މިދިޔަ އަހަރު އޮގަސްޓް މަހު ރާއްޖޭގައި ކޮމަންވެލްތު ޔޫތު ޓުއާ ޓީޓީ މުބާރާތް ބާއްވަން ފުރުސަތު ލިބުނު ނަަމަވެސް އޭރު ހާލަތު އޮތްގޮތުން އެ މުބާރާތް ބޭއްވޭނެ ފުރުސަތެއް ނުލިބި ޖެހުނީ ދޫކޮށްލާށެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފްވެރިކޮށްދެއްވި މިރޭގެ ރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރާއި ކޮމަންވެލްތު ޓީޓީ ފެޑެރޭޝަންގެ ޗެއާމަން ވިކެކް ކޯލީ އާއި ސައުތު އޭޝިއާގެ ޓީޓީ ފެޑެރޭޝަނާއި ކޮމަންވެލްތު ޓީޓީ ފެޑެރޭޝަންގެ މެމްބަރު، ބަންގްލަދޭޝްގެ ހަސަން މުނީރް ޝުމޮން އަދި ރާއްޖޭގެ ކުޅިވަރުގެ އެކި އެސޯސިއޭޝަންތަކާއި އެކި ކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބުނީ ބަންގްލަދޭޝް އާއި ސްރީ ލަންކާގެ އެހީތެރިކަމާ އެކު އެވެ. ޖުމްލަ ހަ ގައުމަކުން 69 ކުޅުންތެރިން ވާދަކުރާ މި ފަހަރުގެ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި 200 އަށް ވުރެ ގިނަ މެޗު ކުޅެވިގެންދާނެ އެވެ.

ރާއްޖޭން ޓީޓީ އަށް ދޭ ސަމާލުކަން ފާހަގަކުރައްވައި، މުނީރް ވަނީ އެކަމަށް ޝުކުރު އަދާކޮށްފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބްރޭންޑިން އަކާ އެއްކޮށް ރަނގަޅު އިންތިޒާމްތަކަކާ އެކީ ޓީޓީ މުބާރާތެއް ރާއްޖޭގައި އިންތިޒާމްކޮށްފައިވަނީ ވަރަށް ފުރިހަމަކޮށްކަން ފާހަގަކުރައްވައި، މުނީރް ވަނީ ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނާއި ކުޅިވަރާ ބެހޭ މިނިސްޓަރު މަހުލޫފަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރާއްޖޭގެ ސަރުކާރުން ޓީޓީ ކުރިއަރުވަން ކުރާ މަސައްކަތް ފެނިފައި ވަރަށް ހިތްހަމަޖެހޭ ކަމަށް ވިދާޅުވެ، މުނީރް ވަނީ ރައީސް ސޯލިހު ވެސް އަމަލީ ސިފައެއްގައި ކުޅިވަރުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަތީ އެކަން ވެސް ފާހަގަކުރައްވައިފަ އެވެ.

"ދެން ސައުތު އޭޝީއާގެ ޓީޓީ މުބާރާތްތައް ބާއްވަން ޖެހޭނެ ގޮތުގެ މިސާލެއް ރާއްޖޭން މި ދެއްކީ. މި ފެންވަރަށް މިކަން ކުރަން (މުބާރާތް ބާއްވަން) ދެން ކޮންމެ ގައުމަކުން ވެސް މަސައްކަތް ކުރަން ޖެހޭކަން މި ފެނިގެންދަނީ،" މުނީރް ވިދާޅުވި އެެވެ.

ރާއްޖޭގެ ކުޅިވަރު ދާއިރާ އާއި ބަންގްލަދޭޝްގެ ކުޅިވަރުގެ ކަންކަން ގުޅިލާމެހިގެން ދެ ސަރުކާރު ވެސް ގުޅިގެން މަސަައްކަތް ކޮށްފިނަމަ، ދެ ގައުމަށް ވެސް ކުޅިވަރުގެ ދާއިރާއިން ފަހި ފުރުސަތުތަކެއް ހޯދޭނެ ކަމަށް މުނީރް ވިދާޅުވި އެވެ.

އަދި ދާދި ފަހުން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ އާއި ބަންގްލަދޭޝްގެ ކުޅިވަރު މިނިސްޓަރު ޒާހިދު އަހްސަން ރަސަލް ރާއްޖެ ވަޑައިގަންނަވައި، ދިވެހި ސަރުކާރާ އެކު ކުރެއްވި މަޝްވަރާތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް މުނީރް ވިދާޅުވި އެވެ.

ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވީ މުބާރާތް ބޭނުންވާ ފެންވަރަށް އިންތިޒާމްކޮށް، ބައިވެރިވި ގައުމުތަކުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ ހިތްހަމަޖެހޭ މިންވަރަށް އިންތިޒާމްތައް ހަމަޖައްސައިދީގެން މުބާރާތް ބޭއްވެނީ ގިނަ ބައެއްގެ އެއްބާރުލުމާ އެކުގައި ކަމަށާއި އެ އެންމެނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox