ޖޫނިއާ ޓީޓީ މުބާރާތް: ރާއްޖޭގެ ޓީޓީގެ މުސްތަގުބަލަށް ވެސް މުހިންމު!

ޖޫނިއާ ޓީޓީ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކުޅުންތެރިން.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ޖޫނިއާ ޓީޓީ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކުޅުންތެރިން.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ޒުވާނުންގެ މަރުކަޒު އެތެެރެ ހޯލުގައި މިއަދު ފަށާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022 އަކީ މި ވަގުތަށް ބަލާއިރު، ރާއްޖޭގެ ޓީޓީ އަށް އެތައް ގޮތަކުން މުހިންމު މުބާރާތެކެވެ. ޖޫނިއާ ގައުމީ ޓީޓީ ޓީމު ކަމަށް މުބާރާތުގެ ނަމުން ފެންނަން އޮތް ކަމުގައި ވިޔަސް، ރާއްޖޭގެ ޖޫނިއާ ޓީޓީ ޓީމުގައި ސީނިއާ ޓީމު ވެސް ލީޑުކުރާ ކުޅުންތެރިން އެބަތިބި އެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ތަަޖުރިބާ ހޯދައި، ކުރިއަށް ފިޔަވަޅުތަކެއް އަޅާނެ ހުނަރުވެރި ދިވެހި ކުޅުންތެރިންތަކެއް ވެސް މި މުބާރާތުގައި ވާދަކުރާ ދިވެހި ޓީމުން ފެންނާނެ އެވެ.

މި ވިސްނުންތަކުން މި މުބާރާތަށް ބަލާނަމަ، މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޖޫނިއާ ޓީޓީ މުބާރާތަކީ ރާއްޖޭގެ ޓީޓީގައި ކައިރި މުސްތަގުބަލުގައި ހާސިލްކުރެވޭނެ ކަންތައްތަކުގެ އިތުރުން ދުރުރާސްތާ ޕްލޭނަކުން ދާން ބަލާއިރު، މުހިންމު ކަންތައްތަކެއް ދަސްވާނެ މުބާރާތެކެވެ.

މި ފަހުގެ ތާރީހުގައި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭން އެންމެ ގިނަ މެޑަލް ގެނައި އެއް ކުޅިވަރަކީ ޓީޓީ އެވެ.

މީގެ ތިން އަހަރު ކުރިން، 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއާއިޖީ)ގައި ރާއްޖޭގެ ޓީޓީ ޓީމުގެ ކުޅުންތެރިން ހޯދި ރަން މެޑަލްތަކާ އެކު، ޖުމްލަކޮށް މުޅި ދިވެހި ކުޅިވަރަށް އައީ އީދެކެވެ. އެ ކާމިޔާބީގައި ހާއްސަކޮށް ފާހަގަވި ޒުވާން ދެ ޓީޓީ ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމްގެ މޮޅު ކުޅުން ފެނި، "ރާއްޖޭގައި އެ ވަގުތު ޓީޓީ މޭޒާއި ރެކެޓް އަދި ބޯޅައިގެ ޑިމާންޑް ބޮޑުވެ، އެ ތަކެތި ފިހާރަތަކުން ހުސްވި ވާހަކަ ވެސް މަޝްހޫރުވި އެވެ.

އެ ކުދިން އެ ހޯދި ކާމިޔާބީގެ އަގުވަޒަންކުރަން ދިވެހިންނަށް މި ފަހަރުގެ ޖޫނިއާ ޓީޓީ މުބާރާތުގައި މިއޮތީ ފަހި ފުރުސަތެކެވެ. ދިވެހި ކުޅިވަރަށް ލޯބިކުރާ ކޮންމެ ސަޕޯޓަރަކު ވެސް ސޯޝަލް ސެންޓަރު އިންޑޯ އަށް ގޮސް، ގައުމީ ޓީޓީ ޓީމަށް ސަޕޯޓް ދޭންވީ އެވެ.

ގައުމީ ޓީޓީ ޓީމުގެ ކުޅުންތެރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.

"ރަފާ ދީމާ މެން، ހާއްސަކޮށް އަންހެން ގައުމީ ޓީމު އަދި އެސޯސިއޭޝަނުން ކުރި މަސައްކަތްތަކުގެ ނަތީޖާ މި މުބާރާތް ރާއްޖޭގައި ބޭއްވުމަކީ. ޓީޓީ އިން ރީތި ނަންތަކެއް ވަނަ ތަކެއް ހޯދައިދީފި. އެހެންވެ، އަޅުގަނޑުމެން ބޭނުންވީ އަޅުގަނޑުމެންގެ ފަސްގަނޑުގައި އެ ކުދިންގެ މަސައްކަތަށް ހިތްވަރުދީ އެ ސަޕޯޓު ދޭން،" ޓީޓީ މުބާރާތް ޕްރޮމޯޓްކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވި އެވެ.

މިއީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު މުބާރާތެއް. ގޮތަކަށް ބުނަންޏާ މިއީ އަޅުގަނޑުމެންނަށް ޓީޓީ ވޯލްޑް ކަޕޭ ވެސް ބުނެވިދާނެ - މިނިސްޓަރު މަހުލޫފް

މި ވޯލްޑް ކަޕަށް ދިވެހިންނަށް ކުރެވޭނެ އެންމެ ބޮޑު ކަމެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ "(ޓީޓީ) ކުޅުންތެރިންނަށް ސަޕޯޓުކުރުމަށް މި ދެ ދުވަސް ހުސްކޮށްލަ ދިނުން" ކަމަށެވެ.

މުބާރާތުގެ ޖޫނިއާ ކެޓަގަރީ އަކީ 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ ބައެވެ. އަދި ކެޑޭޓް ކެޓަގަރީ ހާއްސަވަނީ 15 އަހަރުން ދަށުގެ ކުޅުންތެރިންނަށެވެ.

މުބާރާތުގައި ވާދަކުރާ ޖޫނިއާ ފިރިހެން ޓީމުގައި ހިމެނެނީ މުހައްމަދު ތާބިން ސުޖާއު، އިބްރާހިމް އައުޒަމް އަޒީމް، ޒީކް ހަސަން ލަތީފް އަދި އުމީރް މުހައްމަދު މުއިއްޒު އެވެ. އަދި ޖޫނިއާ އަންހެން ޓީމުގައި ހިމެނެނީ ދީމާ، ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް، މަލާކް ބިންތި މުއިއްޒު އެވެ. ކެޑޭޓް ފިރިހެން ޓީމުގައި ހިމެނެނީ ޒީކް އާއި އުމީރު އަދި އަހުމަދު ރައްޔާން މުހައްމަދު އަނީސް އެވެ. އަންހެން ކެޑޭޓް ޓީމުގައި ހިމެނެނީ ރަފާ، ދީމާ އަދި މަލާކް އެވެ. ޓީމުގެ ކޯޗަކީ ގްރީސްގެ ކޮސްޓޯ އެެވެ. އެސިސްޓަންޓް ކޯޗަކީ މުހައްމަދު މުންތިފް އަހުމަދު އެވެ. އެސިސްޓިން ކޯޗުންނަކީ މޫސާ މުންސިފް އަހުމަދާއި ފާތިމަތު ޖުމާނާ ނިމާލް އެވެ. ޓީމު މެނޭޖަރަކީ އައިޝަތު ފަދުވާ ރަޝީދު އެވެ.

ރާއްޖޭން މީގެ ކުރިން ވެސް ވަނީ ޓީޓީ ޖޫނިއާ މުބާރާތް ހޯސްޓްކޮށްފަ އެވެ. އެކަމަކު، އެ ފަހަރުގެ ހާލަތާއި މި ފަަހަރުގެ މުބާރާތް ބާއްވާއިރު، ޓީޓީ އޮތް ލެވަލް މުޅިން ތަފާތެވެ. މި މުބާރާތަށް ގިނަ ބަޔަކުގެ ލޯ އަމާޒުވާ ސަބަބަކީ ވެސް ޓީޓީން ރާއްޖޭގެ ކުޅިވަރުގެ ކާމިޔާބީގެ ސަފުގައި ކުރިހޯދަމުންދާތީ އެވެ. މިއީ އެ ވިސްނުމުގައި ބަލާއިރު ޓީޓީން ނަތީޖާ ނެރެން ޖެހޭ މުބާރާތެކެވެ. އެއީ ކުރިއަށް ފިޔަވަޅެއް އެޅެން އޮތީ ކާމިޔާބުގެ މަގުގައި ދެމިތިބެގެންނެވެ.

ޓީޓީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ރަފާ: މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމު ލީޑުކުރާނެ ކުޅުންތެރިއެއް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޓީމުގައި ހިމެނޭ ސީނިއާ ކުޅުންތެރިއެއް ކަމަށްވާ ރަފާ ބުނީ މަދުވެގެން ރިހި މެޑަލަކަށް ޓާގެޓްކުރާ ކަމަށެެވެ. އަދި ސަޕޯޓަރުންގެ އެހީގައި މެޑަލަކާ ހަމައަށް ދިއުމަށް ޓީމުގެ ކޮންމެ މެމްބަރެއް ވަރަށް ބުރަކޮށް މަސައްކަތްކުރާނެ ކަމަށް ރަފާ ބުނެފައިވެ އެވެ.

"މިއީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް މުހިންމު މުބާރާތެއް. މެޑަލް އަށް ޓާގެޓް ކޮށްގެން ތައްޔާރުވި މުބާރާތެއް. އުއްމީދު ކުރަނީ ގިނަ ބަޔަކު ވަގުތުކޮޅެއް ހުސްކޮށްލައިގެން ސަޕޯޓްކުރަން އަންނާނެ ކަމަށް" 2019 ވަނަ އަހަރުގެ އައިއޯއައިޖީގައި ރަން މެޑަލް އަދި ހަމަ އެ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި މެޑަލް ހޯދި ޓީމުގައި ހިމެނޭ ރަފާ ބުންޏެވެ.

މި ފަހަރުގެ ޖޫނިއާ މުބާރާތުން ރާއްޖެ އަށް ރަނގަޅު ކާމިޔާބެއް ލިބިއްޖެނަމަ އެއީ އަންނަ ޖުލައި މަހު އިންގްލެންޑްގެ ބާމިންހަމްގައި ފަށާ ކޮމަންވެލްތު ގޭމްސް އަށްދާއިރު، ޓީމުގެ ކޮންފިޑެންސް ލެވަލަށް ހެޔޮ އަސަރެއް ކުރާނެ ކަމެކެވެ. މި ފަހަރުގެ ކޮމަންވެލްތު ގޭމްސް އިން ޓީޓީ އަށް ލިބުނީ ރޭންކިން ގަދަ 16 ޓީމަށް ދޭ ފުރުސަތުގެ ތެރެއިން ޖާގައެކެވެ.

ރާއްޖޭން ބޭރުގައި އެކި ގައުމުތަކުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމުގެ ޕްރެޝަރާ ދިވެހި ކުޅުންތެރިން ކުރިމަތިލައި، ކާމިޔާބު ވެސް ހޯދައިފި އެވެ. މި ފަހަރު ޓީޓީ ޓީމު އެދެނީ ދިވެހި ސަޕޯޓަރުންދޭ ހިތްވަރުން، އެޑްވާންޓޭޖް ނަގައި، އަމިއްލަ ފަސްގަނޑުގައި ރަނގަޅު ކާމިޔާބެއް ހޯދުމެވެ. މި ކަން ކުރަން ޓީޓީ އެސޯސިއޭޝަނުން ކުރާ މަސައްކަތުގައި ބައިވެެރިވެގެން ތިބި އެއް ބަޔަކީ ރާއްޖޭގެ ސީނިއާ ޓީޓީ ކުޅުންތެރިންނެވެ.

ރައީސްގެ އަނބިކަނބަލުން ފަޒްނާ ގައުމީ ޓީޓީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބައެއް ސީނިއާ ކުޅުންތެރިން ތިބީ ކޯޗިން ސްޓާފުންގެ ގޮތުގައި އެހީތެރިވެދޭށެވެ. ދެން ތިބި ސީނިއާ ކުޅުންތެރިން ތިބީ ގައުމީ ޓީމުގެ ސަޕޯޓަރުންގެ ގޮތުގައި ކުޅުންތެރިންނަށް ހިތްވަރުދޭން އަތުކުރި އޮޅާލައިގެންނެވެ.

ޓީޓީގެ އިތުރުން ރާއްޖޭގެ ކުޅިވަރު ތާރީހުގައި ރަން އަކުރުން ފަވާލެވޭ ކުރީގެ އެއް ވަނަ ކުޅުންތެރިޔާ، މުއީނާ މުހައްމަދު ބުނީ ރާއްޖޭގެ ޓީޓީ ބައިނަލްއަގުވާމީ ލެވަލްގައި މައްޗަށް ގެންދިޔަ ދަތުރުގައި ބައިވެރިވެލެވުމަކީ ފަހުރެއް ކަމަށާއި ދެން އިތުރު ހަރުފަތަކަށް ޓީޓީ ގެންދިއުން މިހާރު އޮތީ އަރަމުން އަންނަ ޖީލަށް ކަމަށެވެ. އަދި ޖޫނިއާ ޓީމަށް ކާމިޔާބަށް އެދޭ ކަމަށް މުއީނާ ވަނީ ބުނެފަ އެވެ.

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ރާއްޖޭގައި ކާމިޔާބުކަމާ އެކު ބޭއްވުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ޓީޓީ އަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ރާއްޖޭގެ ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ މަޝްހޫރު ކުޅުންތެރިޔާ، ޓީީޓީގެ ނައިބު ރައީސް ވިދާޅުވީ ބޭރު ގައުމުތަކުގައި މުބާރާތް އޮންނައިރު ސަޕޯޓަރުންގެ އަޑު ގަދަކަމުން ކުޅުންތެރިން ޕްރެޝަރަށް ވެސް ދާ ކަމަށެވެ. އެހެންކަމުން، އަމިއްލަ ގައުމުގައި ބާއްވާ މުބާރާތުން އެކަމުގެ ފައިދާ ނެގުން މުހިންމު ކަމަށް ޝިއުރީ ދެކިލައްވަ އެވެ.

"އަޅުގަނޑުމެންނަށް ފެނުނު މޮރީޝަސްގައި އޮތް އައިއޯއައިޖީގައި އެގައުމުގެ ސަޕޯޓަރުން އަޑުގަދަކޮށްލި ވަރު، މުޅި ހޯލް ގުގުމާލާފައި އޮތީ. އޭގެ ސަބަބުން ކުޅުންތެރިން ޕްރެޝަރަށް ވެސް ދިޔަ. މިކަމުގެ ފައިދާ މި ފަހަރު އަހަރުމެންނަށް ނެގޭނެ ކަމަށް ގަބޫލު ކުރަނީ" އައިއޯއައިޖީގައި ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ޝިއުރީ ވިދާޅުވި އެވެ.

ޓީޓީ މުބާރާތުގެ މިއަދުގެ މެޗު ޝެޑިއުލް.

މުބާރާތް މިއަދު ފަށާއިރު، ރާއްޖޭގެ އަށް މެޗެއް ކުޅޭނެ އެވެ. އެ ގޮތުން ފުރަތަމަ ކުޅޭނީ 10:15 ގައި ކެޑޭޓް ފިރިހެން ކެޓަގަރީގައި ރާއްޖެ އާއި ލަންކާ އެވެ. އެ އަށް ފަހު، 11:25 ގައި ޖޫނިއާ އަންހެން ކެޓަގަރީގައި ރާއްޖޭގެ އަންހެން ޓީމުން ޕާކިސްތާނާ ބައްދަލުކުރާނެ އެވެ. ހަަމަ އެ ވަގުތު، ޖޫނިއާ ފިރިހެން ބައިގައި ބަންގްލަދޭޝާއި ރާއްޖެ ކުރިމަތިލާނެ އެވެ. އަދި 12:40 ގައި ކެޑޭޓް އަންހެން ކެޓަގަރީގައި ރާއްޖޭގެ އަންހެން ޓީމާއި ޕާކިސްތާން ބައްދަލުކުރާއިރު، 1:50 ގައި ޖޫނިއާ ފިރިހެން ކެޓަގަރީގައި ރާއްޖޭން ކުޅޭނީ ޕާކިސްތާންއާ އެވެ.

ރާއްޖޭގެ ޓީމުތަކުގެ ފަހު މެޗުތައް މާދަމާ އޮތީ 3:05 ގަ އެވެ. އެ ގަޑީ ފަށާ ކެޑޭޓް ފިރިހެން މެޗުގައި ރާއްޖެ ކުޅޭނީ ބަންގްލަދޭޝްއާ އެވެ. އަދި ކެޑޭޓް އަންހެން ޓީމުން ސްރީ ލަންކާއާ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox