ސިޓީ ކައުންސިލް މެންބަރު ނަހުލާ ޕީޕީއެމްއިން ވަކިކުރަން ނިންމައިފި

May 8, 2022, 6:49 PM
ޕީޕީއެމް ކެންޑިޑޭޓްގެ ކެމްޕެއިންގައި މޭޔަރުއާއެކު އިއްޔެ ނަހުލާ ދޮރުންދޮރަށް ހިންގެވުމުގެ ތެރެއިން: އޭނާ ޕާޓީން ވަކިކުރަން ވަނީ ނިންމާފައި

ޕީޕީއެމް ކެންޑިޑޭޓްގެ ކެމްޕެއިންގައި މޭޔަރުއާއެކު އިއްޔެ ނަހުލާ ދޮރުންދޮރަށް ހިންގެވުމުގެ ތެރެއިން: އޭނާ ޕާޓީން ވަކިކުރަން ވަނީ ނިންމާފައި

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ ޕީޕީއެމްއިން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމިޓީން މިރޭ ނިންމައިފި އެވެ.

ނަހުލާ އަދި އޭނާގެ މަންމަ ލީލާއާ ގުޅޭ ގޮތުން ޕީޕީއެމްއިން ސުލޫކީ މައްސަލައެއް ބަލައި, މިރޭ ބޭއްވި ބައްދަލުވުމުގައި އެ މައްސަލާގެ ރިޕޯޓް ވަނީ ފާސްކޮށްފަ އެވެ. މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި, ބައްދަލުވުމުގައި ނިންމާފައިވަނީ ނަހުލާ ޕާޓީން ވަކިކުރުމަށެވެ.

ނަމަވެސް, މިކަމާ ގުޅޭ ގޮތުން ޕީޕީއެމްއިން ރަސްމީކޮށް އަދި އެއްޗެއް ނުބުނެ އެވެ. ނަހުލާ މި ނޫހަށް ވިދާޅުވި ގޮތުގައި, އޭނާއަށް މިހާތަނަށް އެކަން އަންގާފައިނުވެ އެވެ.

Advertisement

ޕީޕީއެމްއިން ކުރިމް ނެރުނު ނޫސް ބަޔާނެއްގައި ބުނީ ނަހުލާ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޕާޓީ އާއި ޕާޓީ ލީޑާޝިޕާއި ގުޅޭގޮތުން ބަދުނާމްވާގޮތަށް ހަގީގަތާ ހިލާފް ވާހަކަތަކެއް ދައްކާފައިވާ ކަމަށެވެ.

ޕީޕީއެމްއިން ބުނީ ނަހުލާ އެ ޒާތަށް ވާހަކަދައްކާފައިވަނީ ވިލިމަލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޕީޕީއެމްއިން ނެރުނު ކެންޑިޑޭޓާ ދެކޮޅަށް އެންޓި ކެމްޕޭންކޮށް އިދިކޮޅު ކެންޑިޑޭޓަށް ތާއިދު ހޯދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ޕާޓީއަށް ލިބުނު ފަހުން ކަމަށެވެ.

"މީގެ އިތުރުން ވެސް، މި ޕާޓީގެ ރައީސްގެ ނަންފުޅު ބޭނުންކޮށް، ދޮގު ވާހަކަތައް ދައްކައި މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ފިތުނަ އުފެދޭ ވާހަކަތައް (ނަހުލާ) ދައްކަމުން ގެންދާކަން ވެސް ފާހަގަކުރަން،" ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެ އެވެ.

ނަހުލާއާ ގުޅޭ ސުލޫކީ މައްސަލައެއް ބަލަން ފެށުމުން އޭނާ ވަނީ ސޯޝަލް މީޑިއާގައި ކުރެވޭވ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އަދި, މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު, އޭނާއަށް އިންޒާރުދީ ޕާޓީން ވަކިކުރަން މަސައްކަތް ކުރަމުންދާ ކަމަށް ނަހުލާ ވިދާޅުވެފައިވެ އެވެ.

އޭނާ ތުހުމަތު ކުރައްވާ ގޮތުގައި, ސިޓީ ކައުންސިލްގެ ތެރޭން ޝުޖާއު ގެންދަވަނީ އޭނާއަށް އެކި ކަހަލަ އިންޒާރުތައް ދެމުންނެވެ. އަދި, ޝުޖާއު މަސައްކަތް ކުރައްވަނީ ރައީސް އަބްދުالله ޔާމީން ނޫން އެހެން ބޭފުޅަކު, ރައީސް ކަމަށް ގެންނަން ކަމަށް ވެސް ނަހުލާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބު ހޯދައި, ކައުންސިލް މެންބަރު ކަމަށް ނަހުލާ އިންތިހާބުވުމާ ހަމައިން ވެސް ދޭތެރެ ދޭތެރޭން ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނާ އޭނާއާ މައްސަލަ އެކި ފަހަރު މަތިން ޖެހިފައިވެ އެވެ. ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޮވި ދުވަސްވަރު ވެސް އެ ހިޔާލު ތަފާތުވުންތައް ބޮޑުވެގެން ދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox