ބޮމުގެ ހަމަލާއަށް މަޖިލީހުން ހެދި އިންކުއަރީގައި ލަފާދިން ކަންކަން ތަންފީޒެއް ނުކުރޭ: އީވާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރައީސް މުހައްމަދު ނަޝިދާއެކު އިށީނދެވަޑައިގެން: މިދިޔަ އަހަރުގެ މޭ މަހު ނަޝިދަށް ދިން ހަމަލާއަށް މަޖިލީހުން ހެދި އިންކުއަރީގައި ގިނަ ކަންކަމަށް ވަނީ ލަފާ ދީފަ. ފޮޓޯ: ފައިލް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރައީސް މުހައްމަދު ނަޝިދާއެކު އިށީނދެވަޑައިގެން: މިދިޔަ އަހަރުގެ މޭ މަހު ނަޝިދަށް ދިން ހަމަލާއަށް މަޖިލީހުން ހެދި އިންކުއަރީގައި ގިނަ ކަންކަމަށް ވަނީ ލަފާ ދީފަ. ފޮޓޯ: ފައިލް

މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ހެދި އިންކުއަރީ ރިޕޯޓުގައިވާ އެއްވެސް ކަމެއް ފުރިހަމައަށް ތަންފީޒުވަމުންނުދާ ކަމަށް އެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ ވިދާޅުވެއްޖެ އެވެ.

ނަޝީދަށް ދިން ހަމަލާއަށް އަހަރެއް ފުރުމާ ދިމާކޮށް މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން އީވާ މިއަދު އިނގިރޭސި ބަހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންކުއަރީގެ ލަފާތައް ތަންފީޒު ނުކުރުމަކީ ބަލައިނުގަނެވޭނެ ކަމަށެވެ.

އަމާންކަމާއެކު ސިޔާސީ ލީޑަރުންނަށް ރައްޔިތުންނަށް ފަސޭހައިން ބައްދަލުކުރެވޭނެ މާހައުލެއް ގާއިމުވެފަ އޮތުމަކީ ޑިމޮކްރެސީގެ އަސާސެއްކަމަށް އީވާގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

Advertisement

އީވާ ވަނީ ހަމަލާގެ ތަހުގީގާއި އެ ހަމަލާ ދިނުމުގައި ހިމެނޭ މީހުން ޝަރީއަތްތައް ލަސްވުމުގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ނަޝީދަށް އެމަނިކުފާނު އެންމެ ގަޔާވާ މަސައްކަތް ކަމުގައިވާ، ރައްޔިތުންނާ ބައްދަލުވެ އުޅުމަށް ހުރަސްއެޅި، ސެކިއުރިޓީ ކޯޑަންއެއްގެ ފަހަތުގައި ދިރިއުޅެން މަޖުބޫރުވެފައިވާކަމަށް ވިދާޅުވެފަ އެވެ.

އަދި މަޖިލިސް ރައީސްގެ ހައިސިއްޔަތުން ވެސް އަދާކުރައްވަން ޖެހޭ ޒިންމާތަކަށް އެކަމުގެ ސަބަބުން އަސަރުކުރާކަމަށް އީވާ އެ ބަޔާނުގައި ވިދާޅުވި އެވެ. އީވާ އިތުރަށް ވިދާޅުވީ، ތަހުގީގާއި ޝަރީއަތްތަކުގައި ހުރި މައްސަލަތަކުގެ ސަބަބުން ހަމަލާގައި ދެން ހިމެނޭ މީހުންނަށް ފިލަން ފަސޭހަވެ ނުވަތަ ބިރަކާ ނުލާ މުޖުތަމައުގައި ދިރިއުޅެން ވެސް ފުރުސަތު ލިބިގެންދާކަމަށެވެ.

އޭގެ އިތުރުން ވެސް އީވާ ވަނީ ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ހައްޔަރުކޮށްފައިވީ ނަމަވެސް ހަމަލާ ދޭން ސްޕޮންސާކުރި ނުވަތަ ފައިސާ ދީ ފަންޑުކުރި މީހުން، ހަމަލާދޭން ވިސްނުވައިދިން މީހުން އަދި އެހެން ގޮތްގޮތުން ވެސް އެހީތެރިވެދިން މީހުން ހޯދިފައި ނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހަމަލާއަށް ފަންޑުކުރި މީހުން ނުހޯދޭތީ ނަޝީދުގެ އާއިލާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ބަޔާނުގައި އީވާ ކަމާބެހޭ ފަރާތްތަކަށް ގޮވާލެއްވީ ހަމަލާގެ ކަންކަމަށް ފުރިހަމަ ތަހުގީގެއްކޮށް، އެ ހަމަލާގައި ހިމެނޭ އެންމެން އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox