ރައީސް މުހައްމަދު ނަޝީދުގެ ގަލަމުން؛ ތިޔާގި ދުވަސްތައް

ރާއްޖޭގެ ޒަމާނީ ދޯނިތަކެއް މަސް އައިނަކުން މަސް ބާނަނީ. -- ފޮޓޯ: ހަސަން ސާޖިން

ރާއްޖޭގެ ޒަމާނީ ދޯނިތަކެއް މަސް އައިނަކުން މަސް ބާނަނީ. -- ފޮޓޯ: ހަސަން ސާޖިން

ތިޔާގި ކަމަކީ ގައުމުތަކާއި އަދި މީސްތަކުންނާ ދިމާވާކަމެކެވެ. ގުދުރަތީ އެތައް ކަމެއް އެއްތަންވެ، މެދުވެރިވާ ތިޔާގިކަމެވެ. ގޮވާން ދަނޑުތައް ރަގަޅުވެ، މާރަގަޅަށް ގޮވާން ކެނޑޭ ގޮތް ވަނީ އެވެ. ރުއްތަކުގެ މަތިވަރު ރަގަޅުވެ މާބޮޑަށް ކާށި ގިނަވަނީ އެވެ. މަސްވެރިކަން ރަގަޅުވެ މާގިނައިން މަސްބާނަން ފަށަނީ އެވެ. ތިޔާގި ކަމަކީ، މޫސުން ރަގަޅުވެ، އުފެއްދުންތެރިކަން އިތުރުވާ ދުވަސްތަކެވެ. ތިޔާގި ކަމަކީ އިގުތިސޯދީ ބަހުރުވައިގެ ބަހެކެވެ. ބަންޕާ ހާވެސްޓް އެވެ.

ގައުމުތައް އެއްހާލަތުން އަނެއް ހާލަތަށް ބަދަލުވާ ހިނދުކޮޅުތައް ނުވަތަ ދަނޑިވަޅުތައް، ފާހަގަޖަހައި، ބަލައިފިނަމަ ފެންނާނެ އެއް މަންޒަރަކީ އާންމު ހާލަތަށް ހެޔޮ ބަދަލު އަންނަ ދުވަސްތައް ގުޅިފައި ހުންނާނީ އާދަޔާ ހިލާފު ތިޔާގި ކަމުގެ ދުވަސްވަރާކަމެވެ. ތިޔާގި ދުވަސްވަރު، އިތުރުވާ އުފެއްދުންތެރިކަމުގައި މީސްތަކުންގެ އާންމު ހާލަތު މާބޮޑަށް ރަގަޅުވަނީ އެވެ. ގައުމީ އުފެއްދުންތެރިކަން އުފުލި މުޅިން އައު ތަނަވަސް ކަމަކަށް ގައުމު ވާސިލް ވަނީ އެވެ.

ރާއްޖޭގައި މަސްވެރިކަން ތިޔާގިވެ އަދި ރުއްގަހުގެ މަތިވަރު ރަގަޅުވާ އެތައް އަހަރެއް އައިސް ގޮސްނިމިއްޖެ އެވެ. ޒަމާނުއްސުރެއް ސަރުކާރުގެ ވިސްނުމަކަށް ވެފައި އޮންނަނީ "ވާވަރަށް ބޭނުމަށް" އިލްތިމާސްކުރުމެވެ. ކަނޑުގައި މަސް ހުރި ނަމަވެސް ހުރިހާ މަސް ނުބޭނުމަށް ކުރާ އިލްތިމާސް އެވެ.

ދަނޑިވަޅުގެ ބޭނުން ހިފުން ވަރަށް ބޭނުންތެރި އެވެ. ހާއްސަ ގޮތެއްގައި ތިޔާގިކަމުގެ ދުވަސްތަކުގައި ވީ އެންމެ ގިނަ އަދަދަކަށް އުފެއްދުމަށް ވިސްނުމަކީ ގައުމެއްގެ ތަރައްގީގެ އެންމެ މުހިންމު ވިސްނުމެވެ. ރާއްޖޭގައި މަސްވެރިކަން ތިޔާގި ވުމުން ބާނާހާ މަހެއް ގައުމީ އުފެއްދުންތެރިކަމުގެ ތެރެއަށް ގެނެވޭނެ ގޮތެއްގެ ގޮތުގައި އެމްޑީޕީގެ ސިޔާސަތު ދުށީ، މަސްވެރިކަން ރަގަޅު ވީހާ ވެސް ގިނަ ރަށްރަށުގައި މަސްގަނެ އަދި އެ މަސް ބަންދުކުރެވި ބޭރަށް ފޮނުވޭނެ ނިޒާމު އުފެއްދުމެވެ.

މިއަދުގެ އިއްތިހާދު ސަރުކާރުގެ ސިޔާސަތަކީ މީގެ މާކުރީގައި، ރައީސް މައުމޫނު ވެސް ގެންގުޅުއްވި ސިޔާސަތެވެ. މަސްވެރިން ބާނާ މަސް "ކަލެކްޓަ" ބޯޓުފަހަރަށް ގަނެ، އެ މަސް ރާއްޖޭގެ މަރުކަޒީ ދެ ތަނަކަށް ގެނެސް، ރައްކާކޮށް އަދި ބަންދުކޮށް ބޭރުކުރުމެވެ. މި ނިޒާމުގައި ދިމާވާ މައްސަލަތައް ރާއްޖޭގެ މަސްވެރިންނާއި އަދި މަސްވެރިކަމުގެ ސިނާއަތުގައި ތަޖުރިބާ ލިބިފައިވާ އެތައް ބަޔަކާ އަދި ރާއްޖޭގެ މަސްވެރިކަމުގެ އިލްމީ މާހިރުން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. މަސްގަނެ އެ މަސް މަރުކަޒީ ތަނަކަށް (ކަލެކްޝަން ހަރަކާތުގައި) ގެންގޮސް އެ ތަނުގައި ރައްކާ ކުރަން ބޭލީމާ، އެ އުފެދެނީ އިންތިހާ އަށް ބޮޑު ހަރަދެކެވެ. ބައެއް ފަހަރަށް މުޅި ހަރަދުގެ 25 ޕަސެންޓްގެ މިންވަރެވެ. މަރުކަޒީ ތަންތަނަކީ ހަމައެކަނި ކުންފުނިން ބިނާ ކޮށްފައިވާ ބޮޑެތި ފަޅު ރަށްރަށެވެ. މުޅި ފާދިއްޕޮޅުގައި ވެސް ފުރަތަމަ އަށް ހުރިހާ ކަމެއް ކުރެވުނީ ފެލިވަރުގަ އެވެ. ފެނަކަސް، ނަރުދަމައަކަސް، ބަނދަރަކަށް ވިޔަސް، ހިންނަވަރު، ނައިފަރު، ކުރެންދޫ، އޮޅުވެލިފުއްޓަށް ވުރެން މާކުރީގައި މި ކަންކަން ހަމަޖެހުނީ ފެލިވަރުގަ އެވެ. ހުރިހާ ހަރަދެއް ފުރޮޅިގެން ދަނީ މަސްދަޅުގެ އަގަށެވެ. ފިނިކޮށް ބޭރުކުރާ މަސްކިލޯގެ އަގަށެވެ.

މަރުކަޒީ އުފެއްދުންތެރިކަމަކީ ބޮޑު ބިޔަ އުފެއްދުންތެރިކަމުގެ ގޮތްތަކެވެ. ދިވެހިރާއްޖެއާ އެއްވެސް މިންވަރަކަށް ގުޅުން ހުރި ހަމަތަކެއް ނޫނެވެ. ހާއްސަ ގޮތެއްގައި ސަރުކާރުގެ ކުންފުނިތަކުން އެއްގޮތަކަށް ވެސް ކުރެވެން އޮތް ކަމެއް ނޫނެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ އެމްޑީޕީގެ މެނިފެސްޓޯގައި، ހުށަހެޅި ސިޔާސަތަކީ އަމިއްލަ ފަރާތްތަކުން ހިންގާ ގިނަ އަދި ކުދި މަސް ބަންދުކުރާ ތަންތަން އުފެއްދުމުގެ ސިޔާސަތެވެ. މާހިރުންގެ އެތައް ދިރާސާއަކަށް ފަހުގައި ހުށަހެޅުނު ސިޔާސަތެކެވެ. އަދި މީގެ އިތުރުން ފާހަގަކުރުން މުހިންމެވެ. ގުޅިފައިވާ ޕާޓީތަކުން ވެސް މި ސިޔާސަތު ބަލައިގަތެވެ. އެހެން ނަމަވެސް ސަރުކާރުން ހިންގީ މި ސިޔާސަތެއް ނޫނެވެ. ސަރުކާރުގެ އަމާޒަކަށް ވީ ސަރުކާރު ހިއްސާވާ މަސްވެރިކަމުގެ ކުންފުނިތަކުގެ ޖާގަ ބޮޑުކުރުމުގެ ސިޔަސަތު ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ.

ސަރުކާރު ހިއްސާވާ މަސްވެރިކަމުގެ ކުންފުނިތަކަށް ޖާގަ ބޮޑެއް ނުކުރެވުނެވެ. އެކަމަށް ބޭނުންވާ ލޯނު ހަމަޖެހި، ޓެންޑަ ކުރެވި، އަދި ތަކެތި ގަނެ ހެދުނުތަނެއް ނުފެނެ އެވެ. އަބަދުވެސް ވިދާޅުވާ އަޑު މިއިވެނީ، ކުރިއަށް އޮތް އެހެން ކުއާޓަރެއްގައި ކަމެއްވާނެ ކަމުގެ ވާހަކަ އެވެ. ހިނގައިދިޔަ ކުއާޓަރުގައި ވީ ކަމެއް ނެތެވެ. ގެއްލުން ލިބެނީ ހަމައެކަނި މަސްވެރިންނަކަށް ނޫނެވެ. މުޅި ރާއްޖޭ ރައްޔިތުންނަށެވެ. އަޅުގަނޑު އަދިވެސް ސަރުކާރަށް ދަންނަވަމެވެ. މަގު ބަދަލު ކުރެއްވުމަށެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓް މެދުވެރިކޮށް، ސަރުކާރު ހިއްސާވާ މަސްވެރިކަމުގެ ކުންފުނިތަކުގެ ޖާގަ އިތުރުކުރާން ރާވަފައިވާ މަސައްކަތް އަނބުރާލުމަށެވެ. ރަށު ކައުންސިލްތައް މެދުވެރިކޮށް ނެރޭ ޓެންޑަރުތަކުން، ރަށްރަށުގެ މަސްވެރިކަމުގެ ސިނާއަތަށް އިންވެސްޓު ކުރާނެ އިންވެސްޓަރުން ހޯއްދަވާށެވެ.

މަސްވެރިން ބާނާ މަސް ސަރުކާރުން ކިރާނެ ކަމުގެ އުންމީދުގައި، އަދި ސަރުކާރުގެ އެކިއެކި، މަޝްރޫއުތަކުގެ ދަށުން، ބޮޑު އިންޖީނާއި، މަސްވެރިކަމުގެ ލުއި ލޯނު، ދެމުން ގެންގޮސް، މަސްއޮޑިފަހަރުގެ ހިންގުމުގެ ހަރަދު މިވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. މަސް އޮޑިފަހަރުގެ ހަރަދު ކުޑަކުރެވޭނެ އެވެ. ތެލާއި އައިސްގެ ހަރަދު އެކަންޏެއް ނޫނެވެ. މަރާމާތާއި އެހެންވެސް ހަރަދު ތަކެވެ. މިއީ މިއަދުގެ މަސްވެރިންނާއި އޮޑިވެރިން ވިސްނާންޖެހޭނެ ކަމެކެވެ. އަތަށް އަރާ މިންވަރު އިތުރު ކުރުމަށް ހަމައެކަނި މަސް ގަންނަ އަގު އުފުލޭންވީއެއް ނޫނެވެ. ހަރަދުވެސް ކުޑަވާންވީ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

ސިޓީބިޓީ: ތަރައްގީގެ ފަރުދާގެ ފަހަތުން ވިއްކާލެވޭ ގައުމީ ސިޔާދަތު

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ އަންނަނީ ބަޑިއާއި ބޮމަކުން ނޫނެވެ؛ އެ ނުރައްކާ ފޯރަމުންދަނީ ތަރައްގީގެ ނަމުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ސިއްރުން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރެއިންނެވެ.

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox