ރެކޯޑަކާ އެކު ފައިނަލަށް ދިޔައިރު މޮރީނިއޯ އަށް ރޮވިއްޖެ

May 6, 2022, 6:35 AM
ލެސްޓާ އަތުން ރޯމާ މޮޅުވި މެޗަށް ފަހު މޮރީނިއޯ އުފަލުން ރޮނީ.

ލެސްޓާ އަތުން ރޯމާ މޮޅުވި މެޗަށް ފަހު މޮރީނިއޯ އުފަލުން ރޮނީ.

ރޯމް (މެއި 6) - ޔުއެފާ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލުގައި ރޭ ލެސްޓާ ސިޓީ އަތުން މޮޅުވެ، ރޯމާ އިން މުބާރާތުގެ ފައިނަލަށް ދަތުކުރުމާ އެކު އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ވަނީ ޔޫރަޕްގެ ކްލަބް ފުޓްބޯޅައިގެ މުބާރާތްތަކުގައި ހާއްސަ ރެކޯޑެއް ގާއިމްކުރެވިފަ އެވެ. އެ ރެކޯޑަށް ވުރެ، ރޭ މޮރީނިއޯ އަށް ހާއްސަ އެހެން ސަބަބެއް އޮތުމުން މެޗަށް ފަހު އޭނާ އަށް ރޮވުނެވެ.

މޮރީނިއޯ އަކީ ޔުއެފާ ކަޕް (ޔޫރޮޕާ ލީގު)، ޗެމްޕިއަންސް ލީގު އަދި ކޮންފަރެންސް ލީގުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ކޯޗެވެ. އަދި މޮރީނިއޯ އަކީ އަކީ ތަފާތު ހަތަރު ކްލަބެއް ޔޫރަޕްގެ ފައިނަލަށް ގެންގޮސްދިން ފުރަތަމަ ކޯޗެވެ. މޮރީނިއޯ ވަނީ މީގެ ކުރިން ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ކޮންފަރެންސް ލީގަކީ ޔުއެފާ އިން މި ސީޒަނުގައި މުޅިން އަލަށް ފެށި ކްލަބް ފުޓްބޯޅަ މުބާރާތެކެވެ. އެއީ ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި ކުޅެވޭ ތިން ވަނަ ފަންތީގެ މުބާރާތެވެ.

ނެދަލެންޑްސްގެ ފެޔަނޫޑާއި ރޯމާ ކުޅޭ ކޮންފަރެންސް ލީގު ފައިނަލް އޮންނާނީ މި މަހު 25 ވަނަ ދުވަހު އަލްބޭނިއާގެ ޓިރާނާގަ އެވެ. މިއީ 1991 ވަނަ އަހަރުގެ ފަހުން ރޯމާ ކުޅޭ ފުރަތަމަ ޔޫރަޕްގެ ފައިނަލެވެ. އެ ފަހަރު ރޯމާ ކުޅުނީ ޔުއެފާ ކަޕްގެ ފައިނަލުގަ އެވެ. އިންޓަ މިލާން އަތުން ރޯމާ ބަލިވީ 2-1 އިންނެވެ.

ރޭ ލެސްޓާ އަތުން 1-0 އިން ރޯމާ މޮޅުވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ބުނީ މެޗުގެ ފަހު ކަށިގަނޑަށް ފަހު އޭނާ އަށް ރޮވުނީ އެއީ ވަރަށް ޖަޒުބާތީ ވަގުތުކޮޅެއްގެ ގޮތުގައި އިހުސާސްވުމުން ކަމަށެވެ.

އަދި ކޮންފަރެންސް ލީގަކީ މި ވަގުތު ރޯމާ އަށް "ޗެމްޕިއަންސް ލީގު" ކަމަށް މޮރީނިއޯ ބުންޏެވެ.

"ރޯމާގެ ކޯޗުކަމާ ހަވާލުވެފައި އަހަންނަށް އިހުސާސް ކުރެވުނު މި ސިޓީގެ ހާއްސަކަން. އެކަމަކު، މިއީ މާ ބައިވަރު ޔޫރަޕްގެ ފައިނަލުތަކެއް ކާމިޔާބީތަކެއް ހޯދާފައިވާ ކްލަބެއް ނޫން ވީމަ ހާއްސަ ކަމެއް ކޮށްދެން އަހަރެން ބޭނުންވި. މިއީ އެ ފަދަ ކަމެއް ކުރެވުނު ވަގުތު," ރޮވުނު ސަބަބަށް އިޝާރާތްކޮށް މޮރީނިއޯ ބުންޏެވެ.

ރޭގެ މެޗަށް ފަހު މޮރީނިއޯ.

"ތެދެއް، އަހަރެންގެ ކެރިއަރުގައި މި އަށް ވުރެ ހާއްސަ ކާމިޔާބީ ހޯދިފައިވާނެ. އެކަމަކު، މީހުންގެ ހިތްހަމަޖެހުމަށް ބަލާއިރު، މިއީ އަހަންނަށް ކޮށްދެވުނު ބޮޑު ކަމެއްގެ ގޮތުގައި ދެކެނީ، މިއީ ރޯމްގެ މީހުން އުފާކުރާނެ ކަމެއް،"

އެންމެ ފަހުން މޮރީނިއޯ ކޯޗުކޮށްދިން ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން އޭނާ ވަކިކުރީ އިނގިރޭސި ލީގު ކަޕް ބޯމަތިވެފައި އޮއްވަ އެވެ. މޮރީނިއޯ ބުނީ ފައިނަލެއްގެ ކުރިން ވަޒީފާ ގެއްލުމުގެ ހަނދާން އަބަދުވެސް ހުންނާނެ ކަމަށާއި ވިސްނުމަކީ ރޯމާ ގޮވައިގެން ކޮންފަރެންސް ލީގު ފައިނަލުގައި ސަޕޯޓަރުން ގަޔާވާނެ ކުޅުމެއް ދެއްކުން ކަމަށެވެ.

މޮރީނިއޯ ވަނީ ޕޯޓޯ އަށް ޔުއެފާ ކަޕާއި ޗެމްޕިއަންސް ލީގު، އިންޓަ މިލާނަށް ޗެމްޕިއަންސް ލީގު އަދި މެންޗެސްޓާ ޔުނައިޓެޑަށް ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. ރޯމާގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވީ މިދިޔަ އަހަރުގެ މެއި މަހު ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox