ބަލިހާލަތުގެ ސަބަބުން މަރޭ އަށް ޖޮކޮވިޗް މެޗު ދޫކޮށްލަން ޖެހިއްޖެ

May 5, 2022, 2:55 PM
ބަލިހާލަތުގެ ސަބަބުން މަރޭ އަށް ޖޮކޮވިޗް މެޗު ދޫކޮށްލަން ޖެހިއްޖެ

މެޑްރިޑް (މެއި 5) - ސްޕެއިނުގައި މިހާރު ކުރިއަށްދާ މެޑްރިޑް މާސްޓާސް ޓެނިސް މުބާރާތުގެ ގަދަ 16 ބުރުގައި މިއަދު ސާބިއާގެ ނޮވަކް ޖޮކޮވިޗާ ދެކޮޅަށް ކުޅެން އޮތް މެޗަށް އިނގިރޭސި ތަރި އެންޑީ މަރޭ އަށް ހާޒިރުވެވެން ނެތުމުން މެޗު ދޫކޮށްލަން ޖެހިއްޖެ އެވެ.

މަރޭ އަށް މެޗަށް ދެވޭގޮތްނުވީ ބަލި ހާލަތުގެ ސަބަބުން ކަމަށް އޭނާގެ މެނޭޖަރު ވަނީ މުބާރާތް އިންތިޒާމްކުރާ ފަރާތަށް މައުލޫމާތު ދީފަ އެެވެ. ކުރިން ދުނިޔޭގެ އެއް ވަނަ މަގާމަށް ވެސް ޖެހިލި، މަރޭ މި ވަގުތު އޮތީ ރޭންކިން 78 ވަނައިގަ އެވެ. މަރޭ، އަށް މިއަދުގެ މެޗު ނުކުޅެވުމުން، އޮޓޮމެޓިކުން މެޑްރިޑް މާސްޓާސްގެ ކުއާޓާގެ ފައިނަލުގެ ޖާގަ ލިބުނީ ޖޮކޮވިޗަށެެވެ.

ޖޮކޮވިޗް ވަނީ މެޑްރިޑް މާސްޓާސްގެ ތަށި ތިން ފަހަރު އުފުލާލައިފަ އެވެ. މި ފަހަރުގެ މުބާރާތުގެ ކުއާޓާގައި ޖޮކޮވިޗް ކުޅެން ޖެހޭނީ ގަދަ 16 ބުރުގައި ޕޮލެންޑްގެ ހިއުބާޓް ހުކާޒް އާއި ސާބިއާގެ ޑޫސާން ލާޖޮވިޗް ކުޅެގެން މޮޅުވާ ކުޅުންތެރިއަކާ އެވެ.

މީގެ ކުރިން މަރޭ އާއި ޖޮކޮވިޗް ވަނީ އެކި މުބާރާތްތަކުގައި ޖުމްލަ 36 ފަހަރު ވާދަކޮށްފަ އެވެ. މިދިޔަ އަހަރުތަކުގައި އަނިޔާގެ ސަބަބުން މަރޭ އަށް ގިނަ މުބާރާތްތަކެއް ވަނީ ގެއްލިފަ އެވެ. އެހެންވެ، މަޝްހޫރު ކުޅުންތެރިންނާ ދެކޮޅަށް މަރޭ އަށް ކުޅެވިފައިވަނީ މަދު މެޗުތަކެކެވެ.

މަރޭ އާއި ޖޮކޮވިޗް އެންމެ ފަހުން ކުޅެފައިވަނީ 2017 ވަނަ އަހަރު ޖެނުއަރީގައި ދުބާއީގައި ބޭއްވި މުބާރާތެއްގަ އެވެ.

ސްކޮޓްލެންޑަށް އުފަން މަރޭ، 34، އަށް މި ފަހަރުގެ މެޑްރިޑް މާސްޓާސްގައި ވާދަކުރަން ލިބުނީ ވައިލްޑްކާޑް އިންވިޓޭޝަނެކެވެ. ގަދަ 16 ބުރަށް އައުމުގެ ކުރިން މަރޭ ވަނީ ޑޮމިނިކް ތިއެމް އާއި ޑެނިސް ޝަޕޮވަލޯފް ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox