މާލޭގެ މަގެއްގެ މަތީގައި މަރުވެފައި އޮއްވާ ފެނުނީ 58 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފި އެވެ.
ރޭ އިރާކޮޅުގެ ވަގުތެއްގައި މުރަނގަ މަގު، ބީޖީ ގަރާޖް ސަރަހައްދުގެ މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު މަރުވެފައިވާތީ އެއީ ކާކުކަން ދެނެނުގަނެވިގެން އެ މީހާގެ މައުލޫމާތު ހިއްސާކުރަން ފުލުހުން އިލްތިމާސްކުރި އެވެ.
އައިޖީއެމްއެޗަށް ގެންދިޔަ އެ މީހާއަކީ ކާކުކަން ދެނެގަނެވުނުކަން ހާމަކުރީ ރޭ މެންދަމުގެ ވަގުތެއްގަ އެވެ. ފުލުހުން ބުނީ އެ އާއިލާގެ އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ.
ނަމަވެސް، އެ މީހާގެ ނަމެއް އަދި ކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.












