ޗެމްޕިއަންސް ލީގު ފައިނަލުގައި ސަލާހު ބޭނުމީ ރެއާލާ ދެކޮޅަށް ކުޅެން

May 4, 2022, 6:14 AM
ޗެމްޕިއަންސް ލީގު ފައިނަލުގައި ސަލާހު ބޭނުމީ ރެއާލާ ދެކޮޅަށް ކުޅެން

މެޑްރިޑް (މެއި 4) - ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެން ބޭނުންވަނީ ރެއާލް މެޑްރިޑާ ދެކޮޅަށް ކަމަށް ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ބުނެފި އެވެ.

ލިވަޕޫލުން ވަނީ ރޭ ވިޔަރެއާލް ދަނޑުގައި ފަހަތުންއަރައި 3-2 އިން މޮޅުވެ، މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޔަގީންކޮށްފަ އެވެ. ދެ ލެގަށް ބަލާއިރު ލިވަޕޫލަށް ކުރި ލިބުނީ 5-2 ގެ އެގްރިގޭޓުންނެވެ. ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި 10 ވަނަ ފަަހަރަށް (ފަސް އަހަރު ތެރޭ ތިން ވަނަ ފަހަރަށް) ކުޅެން ތައްޔާރުވަމުން އަންނަައިރު، އެ ޓީމާ ދެކޮޅަށް ނުކުންނާނެ ޓީމެއް އެނގޭނީ މިރޭ ރެއާލާއި މެންޗެސްޓާ ސިޓީ ކުޅޭ ދެ ވަނަ ސެމީ ފައިނަލަށް ފަހު އެވެ.

ރޭ ވިޔަރެއާލް މެޗަށް ފަހު ސަލާހު ބުނީ އޭނާ ބޭނުންވަނީ ރެއާލާ ދެކޮޅަށް ކުޅުމަށް ކަމަށެވެ.

"އަހަރެން ބޭނުމީ މެޑްރިޑާ ކުޅެން. ސިޓީ އަކީ ވެސް ވަރުގަދަ ޓީމެއް އެ މީހުންނާ ދެކޮޅަށް މި ސީޒަނުގައި ދެތިން ފަހަރަކު ކުޅެފިން . އަހަރެންގެ އަމިއްލަ ވިސްނުމުގައި ކޮން ޓީމެއް ތޯ އަހައިފިއްޔާ ބުނެވޭނީ މެޑްރިޑޭ،" ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ސަލާހު ބުންޏެވެ.

ރެއާލާއި ލިވަޕޫލް ވަނީ 2018 ވަނަ އަހަރު ޔޫކްރެއިންގެ ކިއޭވްގައި ހޯސްޓްކުރި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބައްދަލުކޮށްފަ އެވެ. އެ ފަހަރު ލިވަޕޫލް ވަނީ 3-1 އިން ބަލިވެފަ އެވެ. އެ މެޗުގައި ސަލާހުގެ އެންމެ ބޮޑު އުސްއައްޔަކީ ރެއާލްގެ އޭރުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އާއި ސަލާހު ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާ އެވެ. ސަލާހުގެ އަތްމައްޗަށް ރާމޯސް ވެއްޓުނުއިރު، އެ އަނިޔާ އަށް ފަހު ސަލާހަށް ނުކުޅެވިގެން ފަހުން ޖެހުނީ ބަދަލުކުރާށެވެ.

2018 ވަނަ އަހަރުގެ ފައިނަލުގައި ސަލާހު (ކ) އަތުން ބޯޅަ ހޯދަން ރާމޮސް މަސައްކަތްކުރަނީ.

ސަލާހުގެ ވިސްނުމަކީ އޭގެ ބަދަލުހިފުންތޯ ސުވާލުކުރުމުން އޭނާ ބުނީ ވިސްނުން ހުރީ ރެއާލް އަތުން މޮޅެއް ހޯދުމަށް ކަމަށެވެ.

"ހަގީގަތުގައި އެ މީހުން އަތުން ފައިނަލުގައި ބަލިވެފައި އޮތީމަ، އަހަރެން ބޭނުމީ އެ މީހުން (ރެއާލް) ބަލިކޮށްފައި ވެސް ކާމިޔާބެއް ހޯދަން،" ސަލާހު، 29، ބުންޏެވެ.

މި ސީޒަނުގައި ސަލާހު ވަނީ ޖުމްލަ 30 ގޯލު ޖަހައި 15 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ސިޓީން ވަނީ މިދިޔަ ހަފްތާގައި އެ ޓީމު ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން 4-3 އިން ރެއާލް ބަލިކޮށްފަ އެވެ. ރެއާލުން މިރޭ އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުން ސިޓީގެ މައްޗަށް ދެ ގޯލުން ކުރި ހޯދައިގެން ނޫން ގޮތަކަށް ފައިނަލުން ޖާގަ ނުލިބޭނެ އެވެ. ރެއާލް އެއް ގޯލުގެ ފަރަގުން މޮޅުވެއްޖެނަމަ މެޗު އިތުރު ވަގުތު ކުޅެންޖެހި، ނަތީޖާއެއް ނުނެރެވިއްޖެނަމަ ޕެނަލްޓީ ޖަހަން ޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox