ނޫސްވެރިކަމުގެ ދުވަހާ ގުޅިގެން ގައުމީ ކެމްޕޭނެއް ބާއްވަނީ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުން--

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުން--

މާދަމާ ފާހަގަ ކުރާ މި އަހަރުގެ ނޫސްވެރިންގެ ދުވަހާ ގުޅުވައިގެން ގައުމީ ކެމްޕޭނެއް ބާއްވަން މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) ނިންމައިފި އެވެ.

މީގެ 29 އަހަރު ކުރިން 1993 ވަނަ އަހަރުން ފެށިގެން ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ ތިން ވަނަ ދުވަހެވެ. އެގޮތުން މިއަދަކީ 31 އަހަރު ފުރޭ ނޫސްވެރިންގެ ދުވަހެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހުގެ ގޮތުގައި މި އަހަރު އދ ގެ ޔުނެސްކޯ ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިޔާރަކީ "ޖާނަލިޒަމް އަންޑަ ޑިޖިޓަލް ސީޖް" އެވެ.

އެމްއެމްސީން ބުނީ މި އަހަރުގެ ނޫސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބްރޮޑްކޮމް ގުޅިގެން ހިންގަން ނިންމާފައިވާ ގައުމީ ކެމްޕޭނުގެ އިތުރުން ގްރޭޑް 11، 12ގެ ދަރިވަރުންނަށް ބަހުސް ކުރުމުގެ މުބާރާތަކާއި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއްވެސް ގެންދާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ގައުމީ ކެމްޕޭން

މި ކެމްޕޭނުގައި ބޭނުން ކުރުމަށް ނިންމާފައި ވަނީ އެމްއެމްސީ އާއި ބްރޮޑްކޮމުން ދޫކުރާ ހާއްސަ ބެޖެއްގެ އިތުރުން ނޫ ކުލަ އެވެ. އެގޮތުން ނޫކުލައިގެ ހެދުމެއް ލުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ފޮޓޯއެއް ނެގުމަށްފަހު މި އަހަރުގެ ނޫސްވެރިންގެ ދުވަހުގެ ޝިޔާރު ކަމުގައިވާ PressFreedomMV# ބޭނުން ކުރުމަށް ވަނީ އެދިފަ އެވެ.

މި ހަރަކާތް މީޑިއާތަކުން މާދަމާ ކުރިއަށް ގެންދާއިރު ސަރުކާރު އިދާރާ ތަކުން ކުރިއަށް ގެންދާނީ މި މަހުގެ 8 ވަނަ ދުވަހު އެވެ.

މި ދުވަހާ ގުޅުވައިގެން ބޭއްވުމަށް ނިންމާފައިވާ ބަހުސް މުބާރާތަކީ ޒުވާނުން ނޫސްވެރިކަމަށް ލޯބި ޖެއްސުމަށާއި ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މުހިންމުކަން ދަރިވަރުންނަށް އަންގައިދިނުމުގެ އިތުރުން އާންމު ރައްޔިތުންނަށް ނޫސްވެރިކަމާ ގުޅޭ މުހިންމު މައުލޫމާތު ބަހުސްގެ ސިފައިގައި ގެނެސްދިނުމަށް ކަމަށް އެމްއެމްސީން ބުނެ އެވެ.

މި ބަހުސް ދައްކާނީ މި މަހުގެ ފަހު ހަފްތާގަ އެވެ.

ނޫސްވެރިންގެ ދުވަހާ ގުޅުވައިގެން ގެންދިއުމަށް ނިންމާފައިވާ ލޭ ހަދިޔާ ކުރުމުގެ ކެމްޕޭނު ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 27 ގައި މޯލްޑިވްސް ބްލަޑް ސާވީސްގަ އެވެ. މި ހަރަކާތުގެ ތެރެއިން ހިލޭ ލޮލުގެ ސްކްރީން ކޮށްދިނުމާއި ހަކުރުބަލީގެ ސްކްރީން ކޮށްދިނުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox