ހުލާސާކޮށް އިއްޔެ: ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޕާޓީގެ ނިންމުން ގަބޫލުކުރައްވަން ނަޝީދު ތައްޔާރު!

May 1, 2022, 1:38 AM
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކު ނެރުމަށްޓަކައި ޕާޓީން ނިންމާ ކޮންމެ ނިންމުމަކަށް އިހުތިރާމް ކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އެވެ.

ވެރިކަމުގައި މިހާރު ހުންނެވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2023 ގެ އިންތިހާބުގައި، އަދި އެމްޑީޕީން ޕްރައިމަރީއެއް ބާއްވާނަމަ އެ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ރަސްމީ ގޮތެއްގައި ހާމަކުރައްވާފައެއް ނެތެވެ. ނަމަވެސް ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.

އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަޝްހޫރު ދޫރުދަރުޝަން ޗެނަލަށް ނަޝީދު ދެއްވި އިންޓަވިއު ބްރޯޑްކާސްޓުކުރީ އިއްޔެ އެވެ. ސައުވީސް މިނެޓުގެ އެ އިންޓަވިއުގައި ނަޝީދު ވަނީ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާ ކުރައްވައިފަ އެވެ.

Advertisement

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކޮންގްރެސްގައި ގޮތެއް ނިންމުމަށް އެމަނިކުފާނު ހުށަހަޅުއްވާފައިވަނީ 2023ގައި ރިޔާސީ އިންތިހާބު ބޭއްވުމުގެ ބަދަލުގައި ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބޭއްވުމަށެވެ. އަދި ނިޒާމު ބަދަލުކުރަން ރައްޔިތުން ބޭނުންވާނަމަ، 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ބަރުލަމާނީ ނިޒާމަށް ސަރުކާރު އެކުލަވާލާނީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަކީ ޕާޓީގެ [އެމްޑީޕީ] މީހެއް. އެ ނިންމުންވާނީ އެމްޑީޕީގެ ނިންމުމަކަށް. ރިޔާސީ ކެންޑިޑޭޓާމެދު ޕާޓީން ނިންމާ ނިންމުމަކަށް އަޅުގަނޑު އިހުތިރާމްކޮށް ބޯލަނބާނަން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ އިސްވެ އޮތް ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު ކޯޅުން އުފެދި މުޅި ޕާޓީވެސް ދެ ފެކްޝަނަކަށް ބެހިފައިވާ ތަން ފެންނައިރު، އެ ދެ އެކުވެރިންގެ މެދުގައި އޮތް "މައްސަލަ"، "ކޯޅުމެއް"ގެ ގޮތުގައި ސިފަކުރައްވަން އިއްޔެގެ އިންޓަވިއުގައި ނަޝީދު ބޭނުންފުޅެއް ނުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނެކޭ އެއް ފަދައިން ރައީސް ސޯލިހު ވެސް ބޭނުންފުޅުވަނީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ޔަގީންކުރައްވާ ކަމަށެވެ. އެހެންކަމުން، ދެ ރައީސުންގެ މެދުގައި އަދިވެސް ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭ ވަރުގެ މައްސަލައެއް ނެތް ކަމުގެ ޔަގީންކަން ނަޝީދު ދެއްވި އެވެ.

"އަޅުގަނޑުމެނަށް ވާހަކަ ދެއްކޭނެ. މިއުޅެނީ ސިޔާސަތުތައް ފަދަ ހިޔާލުތަފާތުވުން ތަކެއް،" އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގާއި ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން މިސާލެއްގެ ގޮތުގައި ނަންގަވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ވާހަކައިގެ އިތުރަށް ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ ވާދަވެރި އިންތިހާބާ ގުޅޭ ގޮތުން ވެސް ނަޝީދު ވާހަކަ ދެއްކެވީ އިއްޔެގެ އިންޓަވިއުގަ އެވެ. ފާޅުގައި ވަކި ކެންޑިޑޭޓަކަށް ތާއިދު ކުރައްވާކަން ހާމަ ނުކުރިޔަސް، އެމަނިކުފާނު ވެސް އަދި ރައީސް ސޯލިހު ވެސް އިންތިހާބުގައި ބޭނުންވާ ގޮތް ވަރަށް ސާފު ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ތާއީދު މާފަންނު އިތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އަށް އޮތްއިރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުގެ ފަހަތުގައި ހުންނެވީ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ދެ ބޭފުޅުން ވެސް ގެންދަވަނީ ތާއިދު ކުރައްވާ ކެންޑިޑޭޓަށް ވޯޓު ހޯދުމަށް މަސައްކަތް ކުރައްވަމުންނެވެ.

ނަޝީދު އިއްޔެ ވިދާޅުވީ ޗެއާޕާސަންގެ މަގާމު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މާ ފުރިހަމައަށް އަދާކުރެއްވޭނެ ކަމަށެވެ.

ޗެއާޕާސަންގެ އިންތިހާބުގެ ފޯރިއާއި ވާދަވެރިކަން ބޮޑުވެފައިވާއިރު، ނަޝީދު އިއްޔެ ވިދާޅުވީ ވާދަވެރިކަމަކީ މާބޮޑު މައްސަލައެއް ނޫން ކަމަށެވެ.

"ކޮންމެ ރަށެއް މިވަނީ ރީނދޫ ވެފައި. ފެންނަނީ އަޅުގަނޑުމެންގެ [އެމްޑީޕީ] ލޯގޯ. އަޅުގަނޑުމެންގެ އަޑުތައް. އަޅުގަނޑުމެންގެ މީހުން. ރަނގަޅު ދެ ކެންޑިޑޭޓުން އެބަ ވާދަކުރޭ. އެކަމަކު ހަގީގީ ކުލައަކީ ރީނދޫ،" ނަޝީދު އިއްޔެ ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މަސައްކަތްތެރިން ދުވަސް ފާހަގަކުރަން މޭ 1 ގައި މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) ބާއްވަން ނިންމާފައި އޮތް މުޒަހަރާ މާލޭގެ މަގުތަކަށް ނުކުމެ ނުބޭއްވޭނެ ކަމަށާއި، ބޭއްވޭނީ ކާނިވާ ސަރަހައްދުގައި ކަމަށް ފުލުހުން އެންގީ އިއްޔެ އެވެ. ނަމަވެސް، އެ ޔޫނިއަންއިން ބުނީ ކުރިން ވެސް ރާވާފައިވާ ގޮތަށް މުޒާހަރާ ކުރިޔަށް ގެންދާނީ ރަސްފަންނުން ފެށިގެން ކާނިވާ ސަރަހައްދަށެވެ.
  • ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާފައި ގޮތްތައް މިއަދު އިއުލާނުކުރާއިރު، އެކަމާ ގުޅޭ ގޮތުން ރައީސް ސޯލިހު ވީޑިއޯ މެސެޖެއް ދެއްވާނެ އެވެ. އެ ވީޑިއޯ މެސެޖް ބްރޯޑްކާސްޓް ކުރާނީ މިއަދު 1:30 ގައި ކަމަށް ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
  • ރާއްޖެ އެތެރެކުރާ ޑީސަލާއި ޕެޓްރޯލް ފަދަ ތެލުގެ ފެންވަރު ވަޒަން ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ހިމެނޭ ގައިޑްލައިނެއް ތައްޔާރު ކުރުމުގައި އެހީތެރިވެދޭނެ ކޮންސަލްޓެންޓެއް ހޯދަން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އިއުލާނުކޮށްފައިވާކަން ނޫހުގައި ޝާއިޢުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އަޅުގަނޑަކީ ޕާޓީގެ [އެމްޑީޕީ] މީހެއް. އެ ނިންމުންވާނީ އެމްޑީޕީގެ ނިންމުމަކަށް. ރިޔާސީ ކެންޑިޑޭޓާމެދު ޕާޓީން ނިންމާ ނިންމުމަކަށް އަޅުގަނޑު އިހުތިރާމްކޮށް ބޯލަނބާނަން،" ނަޝީދު

ދުވަހުގެ ފޮޓޯ

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި ވެޓްރަންސް ލީގުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދި ހުޅުމާލެ ވެޓްރަންސްގެ ކުޅުންތެރިން ތަށި އުފުލާލަނީ. އިއްޔެ ހަވީރު ބޭއްވި ފައިނަލް މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސްއާ ބައްދަލުކޮށް ހުޅުމާލެ ވެޓްރަންސް މޮޅުވީ 1-0 އިން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި ވެޓްރަންސް ލީގުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދި ހުޅުމާލެ ވެޓްރަންސްގެ ކުޅުންތެރިން ތަށި އުފުލާލަނީ. އިއްޔެ ހަވީރު ބޭއްވި ފައިނަލް މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސްއާ ބައްދަލުކޮށް ހުޅުމާލެ ވެޓްރަންސް މޮޅުވީ 1-0 އިން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި ވެޓްރަންސް ލީގުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދި ހުޅުމާލެ ވެޓްރަންސްގެ ކުޅުންތެރިން ތަށި އުފުލާލަނީ. އިއްޔެ ހަވީރު ބޭއްވި ފައިނަލް މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސްއާ ބައްދަލުކޮށް ހުޅުމާލެ ވެޓްރަންސް މޮޅުވީ 1-0 އިން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދިރާސާތަކުން ކިޔާލުމަށް

"މޯލްޑިވްސް ހިއުމަން ޑިވެލޮޕްމެންޓް ރިޕޯޓް 2014"

ރާއްޖޭގެ އިންސާނީ ތަރައްގީއާ ބެހޭ ގޮތުން ޔޫއެންޑީޕީން ތައްޔާރުކުރި "މޯލްޑިވްސް ހިއުމަން ޑިވެލޮޕްމެންޓް ރިޕޯޓް 2014" ގައި އެކި ދާއިރާތަކުން ރާއްޖެ ހޯދާފައިވާ ކާމިޔާބީ އާއި ކުރިއެރުމާއި، ރަނގަޅު ކުރަން ޖެހޭ ކަންކަން ފާހަގަކޮށްފައިވެ އެވެ. މިއީ ޔޫއެންޑީޕީން އެކުލަވާލި މީގެ ދެ ވަނަ ރިޕޯޓެވެ. ފުރަތަމަ ރިޕޯޓް ނެރުނީ 2001 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox