މާދަމާއަކީ ރޯދަ މަހުގެ ފަހު ދުވަސް ކަމަށާއި ހޯމަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު އިރުއޮއްސުމުގެ ކުރިން އިސްލާމީ ހުރިހާ ގައުމަކަށް ވެސް ހަނދު ވަނީ އޮއްސިފަ އެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ މިއަދު އިރުއޮއްސުނުއިރު ރާއްޖޭގެ އެއްވެސް ރަށަަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް ޝައްވާލު މަހުގެ ހަނދު ފެންމަތިނުވާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރު ވެފައިވާ ކަމަށެވެ.
އެހެން ކަމުން މާދަމާ އަކީ ރޯދަ މަހުގެ 30 ވަނަ ދުވަސް ކަމަށާއި އީދު ދުވަހަކީ ހޯމަ ދުވަސް ކަމަށް ވަނީ ކަނޑައަޅާފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.












