އައްޑޫގައި އޮފީސްތަކަށް ހާއްސަ ފުޓްސަލް މުބާރާތެއް ބާއްވަނީ

Apr 29, 2022, 9:48 AM
ދި ފޭދޫ ސްޕޯޓްސް އިން ބޭއްވި ސްޓްރީޓްސް މުބާރާތެއްގެ ފައިނަލް މެޗަކަށް ފަހު.

ދި ފޭދޫ ސްޕޯޓްސް އިން ބޭއްވި ސްޓްރީޓްސް މުބާރާތެއްގެ ފައިނަލް މެޗަކަށް ފަހު.

އައްޑޫ ސިޓީގައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ އޮފީސްތަކަށް ހާއްސަ ފުޓްސަލް މުބާރާތް، "ދި ފޭދޫ ސްޕޯޓްސް ފުޓްސަލް ކަޕް 2022" އިއުލާނުކޮށްފި އެވެ.

ދި ފޭދޫ ސްޕޯޓްސްގެ ފަރާތުން އިންތިޒާމްކުރާ މި މުބާރާތް ކުރިއަށްދާނީ އައްޑޫ ސިޓީ ފޭދޫ ދަނޑުގަ އެވެ. މުބާރާތް ފަށަން ނިންމާފައިވަނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.

ފޭދޫ ސްޕޯޓްސްގެ ފަރާތުން ބުނީ މުބާރާތް އެހާ ދުރާލާ އިއުލާނުކޮށްފައި މިވަނީ ބައިވެރިވާން އެދޭ ޓީމުތަކުން މައުލޫމާތު އޮޅުންފިލުވައި، މުބާރާތަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމުގެ ކަންކަން ދި ފޭދޫ ސްޕޯޓްސްގެ ފޭސްބުކް ޕޭޖާ ގުޅިގެން ކުރިއަށް ގެންދެވޭނެ އެވެ.

ލިންކް: ދި ފޭދޫ ސްޕޯޓްސް/ ފޭސްބުކް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮފީސްތަކަށް ހުޅުވާލައިގެން މުބާރާތް ބޭއްވެއިރު، އެ ކަމަށް ލިބޭ ތަރުހީބު ވެސް ބޮޑެެވެ. އަދި ރާއްޖޭގެ މަޝްހޫރު ކުންފުނިތަކުގެ ޓީމުތައް މުބާރާތުގައި ބައިވެރިވެ އެވެ. އެ ގޮތުން ދި ފޭދޫ ސްޕޯޓްސް އިން ބާއްވާ މުބާރާތުގައި، ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޓީމުތައް ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

ފުޓްބޯޅައިގެ މަޝްހޫރު ސަރަހައްދެއް ކަމަށްވާ އައްޑޫ ސިޓީ އަކީ އަހަރެއްގެ މައްޗަށް ގިނަ މުބާރާތްތަކެއް ކުރިއަށްދާ ސަރަހައްދެކެވެ. އޭގެ ތެރެއިން ގިނައީ ފުޓްސަލް މުބާރާތްތަކެވެ.

އެ ގޮތުން ފާއިތުވި 10 ވަރަކަށް އަހަރު ފޭދޫ ސްޕޯޓްސް އިން ކުރިއަށް ގެންގޮސްފައިވާ ސްޓްރީޓްސް ސޮކާ މުބާރާތަކީ ޒުވާނުންގެ މެދުގައި މަގުބޫލު މުބާރާތެކެވެ. ކޮންމެ އަހަރެއްގައި ފޯރިގަދަކޮށް ކުރިއަށްދާ މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބެ އެވެ.

އައްޑޫގައި ސަރުކާރު އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ އޮފީސްތަކަށް ހުޅުވާލައިގެން މި ބާއްވާ ފުޓްސަލް މުބާރާތުގެ ފޯރިގަދަ ކުރުމުގެ ގޮތުން ދި ފޭދޫ ސްޕޯޓްސް ކްލަބުން އަންނަނީ ގިނަ ކަންތައްތަކެއް ރާވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox