އިންތިއަށް 'ފަހިވާ ގޮތަށް" ޝަކުވާ ކޮމިޓީން ނިންމި ނިންމުންތައް ބަލައިނުގަނެ ފައްޔާޒުގެ ކެމްޕޭނުން އިސްތިއުނާފަށް

މީގެކުރިން އަތޮޅު ތެރެއަށް ކުރެއްވި ކެމްޕޭން ދަތުރެއް ނިންމާލުމަށްފަހު ފައްޔާޒު މާލެއަށް ވަޑައިގެންނެވުމުން އޭނާގެ ސަޕޯޓަރުން މަރުހަބާ ކިޔަނީ --- ފޮޓޯ: މައުރޫފް ހަލީލް

މީގެކުރިން އަތޮޅު ތެރެއަށް ކުރެއްވި ކެމްޕޭން ދަތުރެއް ނިންމާލުމަށްފަހު ފައްޔާޒު މާލެއަށް ވަޑައިގެންނެވުމުން އޭނާގެ ސަޕޯޓަރުން މަރުހަބާ ކިޔަނީ --- ފޮޓޯ: މައުރޫފް ހަލީލް

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުގެ ތަސައްވަރު ކިލަނބުކޮށް ވަކި ކެންޑިޑޭޓަށް "ފަހިވާ ގޮތަށް" ޝަކުވާ ކޮމިޓީން ނިންމުންތަކެއް ނިންމާފައިވާތީ އެ ނިންމުންތައް އިސްތިއުނާފް ކުރުމަށް ފައްޔާޒުގެ ކެމްޕޭނުން ނިންމައިފި އެވެ.

ފައްޔާޒާ އިދިކޮޅު ކެންޑިޑޭޓު އިމްތިޔާޒް ފަހުމީއަށް ތާއިދުކުރައްވާ ބައެއް ފަރާތްތަކަށް ދައުލަތުގެ އެކި މުއައްސަސާތަކުގައި ތިބި އެކި ފަރާތްތަކުން އެ މީސްމީހުންގެ މަގާމުގެ ނާޖާއިޒު ނުފޫޒު ބޭނުންކޮށްގެން މުވައްޒަފުންނަށް ބިރު ދައްކަމުން ގެންދާ ކަމަށް ބުނެ އޮތީ ޝަކުވާ ހުށަހަޅާފަ އެވެ.

އިންތިހާބާ ގުޅިގެން ހުށަހަޅާ ޝަކުވާ ބެލުމަށް އެކުލަވާލާފައިވާ ތިން މެމްބަރުންގެ ކޮމިޓީގައި ތިއްބަވަނީ ޑރ. މުސްތަފާ ލުތުފީ އާއި އަލީ ޝިޔާމްގެ އިތުރުން ފަރީޝާ އަބްދުﷲ އެވެ.

ޝަކުވާ ކޮމިޓީން އެ މައްސަލަ ނިންމާފައިވާއިރު ފައްޔާޒުގެ ކެމްޕޭނުން ބުނާ ގޮތުގައި އެއީ އެ ޕާޓީގެ އިންތިހާބާ ބެހޭ ގަވާއިދުގެ 46 ވަނަ މާއްދާ އާ ހިލާފަށް އެކުލަވާފައިވާ ކޮމިޓީއެއް ކަމަށެވެ.

titledesc

އޭގެ އިތުރުން ހަމަ އެ ގަވާއިދުގައި މައްސަލައެއް ހުށަހެޅިއްޖެނަމަ ގިނަވެގެން 48 ގަޑިއިރު ތެރޭ އެ މައްސަލައަކާ މެދު ގޮތެއް ނިންމައި މައްސަލަ ހުށަހެޅި ފަރާތަށް އަންގަވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެހެން ނަމަވެސް، ޝަކުވާ ކޮމިޓީން އެ އަމަލުކޮށްފައި ވަނީ އެ މާއްދާ އާ ހިލާފަށް ކަމަށް ވެސް ފައްޔާޒުގެ ޓީމުން ބުނެފައިވެ އެވެ.

އެމްޑީޕީއަކީ "އަމަލުކުރަންޖެހޭ ގަވައިދުތައް ވަރަށް ސަރީހަކޮށް ލިޔެ އާއްމުކުރެވިފައިވާ ޕާޓީއެއް" ކަމަށް ވެސް ފައްޔާޒުގެ ޓީމުން ނެރުނު ބަޔާނުގައިވެ އެވެ.

"އެހެންކަމުން މި ދެންނެވި ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުން މި ކެމްޕެއިންގެ ކެންޑިޑޭޓުގެ ހައްގުތަކެއް ގެއްލޭ އަދި ވާދަވެރި ކެންޑިޑޭޓަށް ފަހިވާ ގޮތަށް ނިންމާފައިވާ ނިންމުންތައް މި ކެމްޕެއިނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަދި އެ ނިންމުންތައް ބަލައި ނުގަންނަވާހަކަ ދަންނަވަން،" ފައްޔާޒުގެ ކެމްޕޭނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އަދި، އެ ޝަކުވާތަކަކީ އިންތިހާބާ ގުޅޭ ޝަކުވާތަކެއް ކަމަށް ނުދެކޭ ކަމަށް ވެސް ފައްޔާޒުގެ ކެމްޕޭނުން ބުންޏެވެ.

"ޕާޓީގެ ގުނަންތަކުން މި އިންތިހާބަށް ނުފޫޒުފޯރުވާ އިންތިހާބުގެ ކަންކަމުގައި ވަކި ފަރާތަކަށް ފަހިވާގޮތަށް ހިންގާކަން ހާމަވާކަމެކެވެ. މި ކެމްޕެއިންގެ ފަރާތުން ޕާޓީގެ ގަވައިދުތަކާއި އުސޫލުތަކާއި ހިލާފަށް ނިންމާފައިވާ ނިންމުންތައް އިސްތިއުނާފަށް ހުށަހަޅާނެ ވާހަކަ ދެންނެވީމެވެ،" މިއަދު ނެރުނު ބަޔާނުގައި ފައްޔާޒުގެ ކެމްޕޭނުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox